Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި

ކޯރަމް ހަމަނުވުމުގެ ސަބަބުން ބުދަ ދުވަހުގެ މަޖިލިސް ޖަލްސާ ކުރިއަށް ނުގެންދެވި ކެންސަލްކޮށްފައިވާއިރު، މިއީ މި ދައުރުގައި ޖަލްސާތައް މެދުކެނޑުނު ފުރަތަމަ ފަހަރެއް ނޫން. ޖަލްސާ ފެށުމަށް ދެ ފަހަރެއްގެ މަތިން ވަގުތު އިތުރުކޮށް ރަނގަބީލު ޖެހި ނަމަވެސް، ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުނުވުމުން ޖަލްސާ ބޭއްވޭގޮތް ވަނީ ނުވެފަ. މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ ގިނަ ދުވަސްތަކެއް ވަންދެން ޖަލްސާތައް މެދުކެނޑިފައިވާކަން ފާހަގަކުރެވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 13 މެއި 2026 | ބުދަ 05:45
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާގެ

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާގެ | ރާއްޖެއެމްވީ

ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން، ޖަލްސާ ނުބޭއްވި ކެންސަލް ކޮށްލައިފި އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްލާފައިވާއިރު ޖަލްސާ ފެށުމަށް ރިޔާސަތުން ނިންމާފައި ވަނީ ހެނދުނު 10:00 ގަ އެވެ. 

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަނީ ހެނދުނު 09:00 ގަ އެވެ. ބުދަ ދުވަހު 9 ޖެހި އިރު ކޯރަމް ހަމަވެފައި ނުވާ ކަމަށާއި ކޯރަމް ބެލް ޖެހުމަށް ފަހު ވެސް ކޯރަމް ހަމަވެފައި ނުވާތީ ބުދަ ދުވަހުގެ ޖަލްސާ 10:00 ފެށުމަށް ނިންމާފައިވާ ކަން ރިޔާސަތުގައި އިންނަވާ، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އިއުލާނު ކުރައްވާފަ އެވެ.

ނަމަވެސް 10:00 އިރު ވެސް ކޯރަމް ހަމަވެފަ އެއް ނުވެ އެވެ. އޭގެ ފަހުން ކޯރަމް ރަނގަބީލު ޖެހުމަށްފަހު ވެސް ކޯރަމް ހަމަވެފައި ނުވާތީ ޖަލްސާ ކެންސަލް ކުރުމަށް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. ދެން ޖަލްސާ އެއް ބާއްވާނީ ބުރާސްފަތި ދުވަހު ކަމަށް ވެސް ނާޒިމް އިއުލާނު ކުރެއްވި އެވެ. 

ބުދަ ދުވަހުގެ ޖަލްސާއަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި ބާއްވާ 19 ވަނަ ޖަލްސާ އެވެ. 

2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ގިނަ ޖަލްސާތަކެއް ވަނީ ކެންސަލް ކޮށްފަ އެވެ. 2 މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު މި އަހަރަށް މަޖިލިސް ހުޅުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ފެށިގެން 3 މަސް ވެފައިވާއިރު ޖަލްސާތައް ނުބާއްވާ ޖަލްސާތައް ކެންސަލް ކުރަމުން ދިއަ ސަބަބު ވެސް ހާމަ ކޮށްފަ އެއް ނުވެ އެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގައި މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށްފަހު، ދެން ޖަލްސާއެއް ބޭއްވީ ގާތްގަނޑަކަށް ތިން ހަފުތާގެ މެދުކެނޑުމަކަށްފަހު މާރިޗު 8 ގަ އެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާތައް އަލުން ފަށާފައި ވަނީ 35 ދުވަހަށް ފަހުގަ އެވެ. 

ޕީއެންސީރައްޔިތުންގެ މަޖިލިސްއަހްމަދު ނާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި

13 މެއި 2026
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި

13 މެއި 2026
މިވަގުތު ވެސް އުވާލި އަތޮޅު ކައުންސިލްތަކުގެ 600 އެއްހާ މުވައްޒަފުން ތިބީ ވާނުވާގައި: ޒިޔާދު

މިވަގުތު ވެސް އުވާލި އަތޮޅު ކައުންސިލްތަކުގެ 600 އެއްހާ މުވައްޒަފުން ތިބީ ވާނުވާގައި: ޒިޔާދު

12 މެއި 2026
އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް

އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް

12 މެއި 2026
އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް

އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް

12 މެއި 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު