Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް

ހަނގުރާމައާ ގުޅިގެން ދިމާވާ ދަތިތަކުން އަރައިގަތުމަށް ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދޭނީ

30 މާރިޗު 2026 | ހޯމަ 06:52

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެ ދާއިރާގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލުން ވަނީ ނިންމާފައި. އެގޮތުން ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ހިންގުމަށް އަންނަ ބަދަލުތައް ބަލައި، ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް މަގުފަހިވާނެ މާލީ ހައްލުތަކެއް ހޯދައިދިނުމަށް ސްޓޭކްހޯލްޑަރުންނާއެކު ބޭންކުން ދަނީ މަޝްވަރާ ކުރަމުން. ބީއެމްއެލްގެ އަމާޒަކީ މި ދަނޑިވަޅުގައި ވިޔަފާރިތަކަށް އެހީތެރިވެ، ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުން.

އަމްނާ އިމާދު
އަމްނާ އިމާދު | 30 މާރިޗު 2026 | ހޯމަ 06:52
ހުޅުމާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް.

ހުޅުމާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް.

މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފި އެވެ. 

ހޯމަ ދުވަހު ބީއެމްއެލުން ބުނީ، ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ސިނާއަތުގެ މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށް އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ހިނގަމުންދާ ކަމަށް ބީއެމްއެލުން ބުންޏެވެ. 

ބީއެމްއެލުން ކުރިއަށް އޮތް ތަނުގައިވެސް ހާލަތު ބަދަލުވަމުން އަންނަ ގޮތް ގާތުން ބަލަމުންދާކަން ފާހަގަކޮށް އެ ބޭންކުން ބުނީ، މި ސިނާއަތުގެ ވިޔަފާރިތަކުން ބޭނުންވާ ހާލަތްތަކުގައި، އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ދެމެހެއްޓެނި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ބޭންކުން ފޯރުކޮށްދޭނެ ކަމަށެވެ. 

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތާއެކު ސާބިތުވެ ތިބުމަށް ކަމަށާއި، ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާއެކު ހުޅުވާލެވިފައިވާ މަޝްވަރާތައް ބޭއްވުމުގެ ސަބަބުން، ވިޔަފާރިތައް ހިންގުމަށް އެހީތެރިވެދޭނެ، އަދި މިހާރުގެ ހާލަތުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ، މާލީ ހައްލުތަކެއް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބި، މުޅި ސިނާއަތުގެ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވާ ކަމަށެވެ. 

ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށާއި، އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާއިރު، ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށެވެ.

ފަތުރުވެރިކަންބީއެމްއެލްއީރާން-އިޒްރޭލް-އެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 މާރިޗު 2026

ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި

29 މާރިޗު 2026
ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރަށް ދަށަށް ގޮސްފައިވާކަން ފިނޭންސްގެ ހިސާބުތަކުން ދައްކައިފި
26 މާރިޗު 2026

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ލިބޭ ރަނގަޅު ފުރުސަތެއް - އައުޝަން

26 މާރިޗު 2026
ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ލިބޭ ރަނގަޅު ފުރުސަތެއް - އައުޝަން
26 މާރިޗު 2026

ބީއެމްއެލްއިން ހިއްސާތަކަށް ގެންނަ ބަދަލަކީ ހިއްސާގެ ބާޒާރަށް ލިބޭނެ އިތުރު ފުރިހަމަކަމެއް - ސީއެމްޑީއޭގެ ސީއީއޯ

26 މާރިޗު 2026
ބީއެމްއެލްއިން ހިއްސާތަކަށް ގެންނަ ބަދަލަކީ ހިއްސާގެ ބާޒާރަށް ލިބޭނެ އިތުރު ފުރިހަމަކަމެއް - ސީއެމްޑީއޭގެ ސީއީއޯ
26 މާރިޗު 2026

ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން - ސީއީއޯ

26 މާރިޗު 2026
ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން، އަގުބޮޑުކޮށްގެނެއްނޫން - ސީއީއޯ
26 މާރިޗު 2026

ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ

26 މާރިޗު 2026
ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއް ނޫން އެއީ ގައުމީ ތަރައްގީގެ ބައިވެރިއެއް - ބީއެމްއެލް ސީއީއޯ
26 މާރިޗު 2026

ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ އެ ވާހަކަތައް ދައްކައިގެން ނުވާނެ: މިނިސްޓަރު ޝަހީމް

26 މާރިޗު 2026
ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ އެ ވާހަކަތައް ދައްކައިގެން ނުވާނެ: މިނިސްޓަރު ޝަހީމް
26 މާރިޗު 2026

މީޑީއާތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރު ދިފާއު ކޮށް، ކޮންޓްރޯލް ކޮމިޝަނުން ބަޔާނެއް ނެރެފި

26 މާރިޗު 2026
މީޑީއާތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރު ދިފާއު ކޮށް، ކޮންޓްރޯލް ކޮމިޝަނުން ބަޔާނެއް ނެރެފި
25 މާރިޗު 2026

ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް

25 މާރިޗު 2026
ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް
22 މާރިޗު 2026

3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

22 މާރިޗު 2026
3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް
22 މާރިޗު 2026

ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި

22 މާރިޗު 2026
ކައުންސިލް އިންތިޚާބާ ދިމާކޮށް ބީއެމްއެލްއިން ހުޅުމާލޭގައި އިމާރާތްކުރާ 1224 ޔުނިޓުގެ ބިންގާ އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް