Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަޝްރޫޢު މަޑުޖެހުން

މަޝްރޫޢުތައް ހުއްޓިފައި ހުންނަތާ އެތައް ދުވަހެއް! އެކަމަކު އެންމެ ފަހުން ކުށްވެރިވީ ހަނގުރާމައިގެ ހާލަތު!

މެދުއިރުމަތީގެ ހަނގުރާމައާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅިފައިވާ ކަމަށް ބިނާރާ ބެހޭ ވަޒީރު ވިދާޅުވި ނަމަވެސް، ގިނަ މަޝްރޫޢުތަކެއް ހަނގުރާމައިގެ މާ ކުރިން ހުއްޓިފައިވާތީ، ވަޒީރު ދައްކަވާ ވާހަކަތަކާއި މަސައްކަތްތައް ހުއްޓުނު ތާރީޚުތަކާ ދިމާނުވާކަން ފާހަގަކުރެވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 25 އެޕްރީލު 2026 | ހޮނިހިރު 14:28
ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް

ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް | މަޖިލިސް

ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަޝްރޫޢުތައް ހުރީ ހުއްޓިފަ އެވެ. އާ މަޝްރޫޢު އެއް ނުހިނގާ ތަނުގައި ކުރިން ކުރިއަށް ދިޔަ މަޝްރޫޢުތައް ވެސް ހުރީ މަޑުޖެހިފައެވެ. މަޝްރޫޢުތައް ކުރިއަށް ދަނީ އިނގިލިން ގުނާލެވޭހާ މަދުންނެވެ.

ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެއްސެވީ މުޅިން އެހެން ތަސްވީރެކެވެ.  މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު ލިބުމުގައި ގިނަ ހުރަސްތަކެއް ދިމާވަމުންދާ ވާހަކަ ވަޒީރު ވިދާޅުވި އެވެ. އެހެންނަމަވެސް ވަޒީރު ވިދާޅުވީ މިވަގުތު ކުރިއަށްދާ މަޝްރޫޢުތައް އެއްކޮށް ހުއްޓާނުލާ ކުރިއަށް ގެންދަން މަސައްކަތް ކުރައްވާ ކަމަށެވެ. 

ދެން ރައްޔިތުން ވިސްނަންވީ މަޝްރޫޢުތައް ހުއްޓުނީ ހަގީގަތުގައި ވެސް އިންތިޚާބުގެ ސަބަބުން ކަމަށްތޯ އެވެ؟ ހަގީގަތުގައި ވެސް މަސައްކަތްތައް ހުއްޓުނީ ހަނގުރާމައިގެ ސަބަބުން ތަކެތި ނުލިބިގެންތޯ އެވެ؟ ހަނގުރާނމައިގެ ސަބަބުން މަޝްރޫޢުތަކުގެ ޓައިމްލައިން އަށް ބަދަލުގެންނަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވި އިރު ޓައިމްލައިނާއި އެއްގޮތަށް މީގެ ކުރިން ސަރުކާރަށް ކޮށްދެވުނު ކަމެއް ވަޒީރަށް ވިދާޅުވެދެއްވޭނެތޯއެވެ؟

މަޝްރޫޢުތައް މަޑު ޖެހުމުން ވަޒީރުގެ ބަހަނާ އަކީ ނުވަތަ ސަބަބަކީ ތެލުގެ އަގު ދެގުނައަށް ބޮޑުވުމާއި ގުޅިގެން ގިނަ ޢަދަދެއްގެ ތެޔޮ ބޭނުންކޮށްގެން ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭ ވާހަކަ އެވެ. އެގޮތުން ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ މަސައްކަތްތައް މަޑު ޖެހޭނެ ވާހަކަ ވަޒީރު ވިދާޅުވި އެވެ. ކޮންމެހެންވެސް ޚަރަދު ކުޑަކުރަން ޖެހޭ ވާހަކަ ވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު އެ ވިދާޅުވަނީ ތެދެއް ކަމަށް ވާ ނަމަ ހަނގުރާމައިގެ ކުރިން ނިންމާނެ ކަމަށް ބުނި ބިން ހިއްކުމުގެ މަޝްރޫޢޫތައް ނުނިމުނީ ކީއްވެތޯ އެވެ. ރަސްމާލޭގެ މަސައްކަތް ރަނގަޅަށް ކުރިއަށް ނުދިޔައީ ކީއްވެތޯ އެވެ. މަޖިލީސް އިންތިޚާބަށް ފެށި މަސައްކަތްތައް އިންތިޚާބުގެ ކާމިޔާބީ އާއި އެކު ހުއްޓިފައި ހުރީ ވެސް މާފަހުން ދިމާވި ހަނގުރާމައިގެ ހާލަތަކާއި ގުޅިގެންތޯ އެވެ؟

މެދުއިރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ބޮޑުހިލަ ލިބުމުގައި ގިނަ ދަތިތައް ހުރި ކަމަށް ވަޒީރު ވިދާޅުވާ އިރު މެޓީރިއަލްސް ރާއްޖޭގައި ހުރެ، ތަކެތި ހަލާކުވާ އިރު މަސައްކަތްތައް ކުރިއަށް ނުގެންގޮސް ހުރީ ކޮން ސަބަބަކާއި ހުރެތޯ އެވެ؟ ހަނގުރާމަ ފެށުމުގެ އެތައް ދުވަހެއް ކުރިން ފެށިގެން ހުއްޓިފައި ހުރި ކަންކަން މިއަދު ހަނގުރާމައިގެ ސަބަބުން ކުރިއަށް ނުދާކަމަށް ދެއްކުމަކީ އެކަން ނުވާ އަސްލު ސަބަބުގައި މަތި އެޅުމެވެ. ހަނގުރާމަ އާއި ހިސާބަށް ބަރާބަރަށް ކަންކަން ހިނގަމުން އައި ނަމަ އާއްމުން ތި ވާހަކަ ގަބޫލު ވެސް ކުރީސް ކަންނޭނގެ އެވެ. އެކަމަކު މިއަދު ތިކަހަލަ ވާހަކަތައް އާއްމުން ބަލައިގަންނަނީ ކަން ހިނގާ ގޮތް ބެލުމަށް ފަހުގަ އެވެ.

މަޝްރޫޢުތައް ހުއްޓިފައި ހުރި ޓައިމްލައިނަށް ބެލުމުން ވަޒީރު ދައްކަވާ ވާހަކަ ދިމަ އެއް ނުވެ އެވެ. ހާމަ އަށް ފެންނަން ހުންނަ ކަންކަމުގައި މިފަދަ ދޮގުތައް ހެދުމުން މިއަދު ގެއްލެނީ ރައްޔިތުންގެ އިތުބާރެވެ. ވެއްޓެނީ މުޅި ސަރުކާރުގެ އަގެވެ.

ޑރ. އަބްދުﷲ މުއްތަލިބުއިމާރާތްކުރުމާއި ގެދޮރުވެރިކަމުގެ ވަޒީރުމެދުއިރުމަތީ ސުލްހަރަސްމާލެމަޖިލިސް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު އަތޮޅުތަކުގައި އަޅާ 40،000 ހައުސިންގ ޔުނިޓުގެ ވައުދުފުޅެއް ހައުސިންގ މިނިސްޓަރު ހަނދާނެއް ނެތް

ރައީސް މުއިއްޒު އަތޮޅުތަކުގައި އަޅާ 40،000 ހައުސިންގ ޔުނިޓުގެ ވައުދުފުޅެއް ހައުސިންގ މިނިސްޓަރު ހަނދާނެއް ނެތް

23 އެޕްރީލު 2026
މާލޭ ސިޓީ ކައުންސިލުން މުއްތަލިބަށް: މާރުކޭޓު ހުސްކުރަން ސަރުކާރުން އެންގީ ރޯދަ މަހާ ދިމާކޮށް ވިޔަފާރިތަކަށް ދަތިވާނެހެން، އައު ގޮޅިތައް މިދަނީ ހަމަޖައްސަމުން

މާލޭ ސިޓީ ކައުންސިލުން މުއްތަލިބަށް: މާރުކޭޓު ހުސްކުރަން ސަރުކާރުން އެންގީ ރޯދަ މަހާ ދިމާކޮށް ވިޔަފާރިތަކަށް ދަތިވާނެހެން، އައު ގޮޅިތައް މިދަނީ ހަމަޖައްސަމުން

15 އެޕްރީލު 2026
ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު

ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު

15 އެޕްރީލު 2026
ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް

ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް

15 އެޕްރީލު 2026
އިންތިޚާބުގެ ވަގުތު ޖެހެނީ. ސަރުކާރުން ދެއްކި ވާހަކަ ސަރުކާރުގެ އަނގަޔަށް.

އިންތިޚާބުގެ ވަގުތު ޖެހެނީ. ސަރުކާރުން ދެއްކި ވާހަކަ ސަރުކާރުގެ އަނގަޔަށް.

02 އެޕްރީލު 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު