Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލުގެ ދަތިކަން

މާލެއިން ރަށްރަށަށް ދަތުރުކޮށްދޭ އަގު ދެގުނައަށް، ސައީދު ވިދާޅުވީ ރައީސްގެ ދުރުވިސްނުންފުޅާއެކު ހައްލު ހޯދަމުންދާކަމަށް!

22 މާރިޗު 2026 | އާދީއްތަ 05:45

އެސްޓީއޯއިން ސަޕްލަޔަރުންނާއިއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީޚުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތައް ލިބޭނެކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 މާރިޗު 2026 | އާދީއްތަ 05:45
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު | ރައީސް އޮފީސް

 

މާލެއިން ރަށްރަށަށް ކުރާ ދަތުރުތަކުގެ އަގު ދެގުނައަށް އަރާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅާއެކު ތެލުގެ ދަތިކަމަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Advertisement - newsAdvertisement

މާލެއިން ރަށްރަށަށް ދަތުރުކުރާ ބޯޓުފަހަރާއި ލޯންޗުފަހަރުގެ އަގުތައް ވަނީ ދެގުނައަށް ބޮޑުކޮށްފައެވެ. އެގޮތުން ރާއްޖެއެމްވީއާ ވާހަކަދެއްކި ފަރާތްތަކުން ބުނި ގޮތުގައި ތެލުގެ ދަތިކަމުގެ ސަބަބުން ބައެއް ރަށްރަށުގައި އަގުތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ވަކިން ޚާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ ދަތިކަން އެކި ޤައުމުތަކަށްވެސް ކުރިމަތިވަމުންދާއިރު، އެ ޙާލަތަށް ރިއާޔަތްކޮށް އޮޑިދޯނިފަހަރުތަކުންވެސް ވަނީ އަގުތައް މަތިކޮށްފައެވެ. އެގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ކާށިދޫގެ ދަތުރުކުރާ ލޯންޗެއްގެ ވެރިފަރާތުން ބުނީ، ކުރިން ދަތުރުކޮށްދެނީ 300 ރުފިޔާއަށް ކަމަށާއި، މިހާރު އެ އަގު 600 ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

މީގެ އިތުރުން، މެދު ރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް ބަލާއިރުވެސް، ކުރިން 450ށް ދަތުރުކޮށްދޭ ބައެއް ލޯންޗުތަކުން މިހާރު ވަނީ 900ށް އަގުބޮޑުކޮށްފައެވެ.

ތެލުގެ ދަތިކަން ބޮޑުވެ ޚިދުމަތްތަކުގެ އަގަށް މިފަދަ ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ، މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރުން ތެޔޮ ސަޕްލައި ކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މި ޙާލަތުގެ އަސަރު ދިވެހި ޤައުމާއި ރައްޔިތުންނަށް ކުރާވަރު ވީހާވެސް ކުޑަ ކުރެއްވުމަށްޓަކައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި އެސްޓީއޯއިން މިހާރު ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނެ ގޮތުގެމަތީން ދަމަހައްޓަމުންނެވެ. އެގޮތުން އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލާ ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުންކަމަށްވެސް ސައީދު ފާހަގަ ކުރެއްވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި މި ހަފުތާވެސް މިހާރު ވަނީ ތެލުގެ އައު ދެޝިޕްމެންޓެއް ރާއްޖެ ގެނެސްފައެވެ. އަދި އެސްޓީއޯއިން ސަޕްލަޔަރުންނާއިއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީޚުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ، އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.

ވުޒާރާ ސައީދުތެލުގެ ދަތިކަންމެދުއިރުމަތީ ސުލްހަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 މާރިޗު 2026

އިރާނުން ތަންތަނަށް ޙަމަލާދީފިއޭ ކިޔަމުންދަނީ ޤައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް އެމެރިކާއިން ހިންގާ ޕްރޮޕަގެންޑާގެ ދަށުން: ސްޓޭޓް މިނިސްޓަރ ސިއްދީޤު

21 މާރިޗު 2026
އިރާނުން ތަންތަނަށް ޙަމަލާދީފިއޭ ކިޔަމުންދަނީ ޤައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް އެމެރިކާއިން ހިންގާ ޕްރޮޕަގެންޑާގެ ދަށުން: ސްޓޭޓް މިނިސްޓަރ ސިއްދީޤު
21 މާރިޗު 2026

މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ ސްޓޭޓް މިނިސްޓަރު ސިއްދީޤު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ!

21 މާރިޗު 2026
މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ ސްޓޭޓް މިނިސްޓަރު ސިއްދީޤު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ!
19 މާރިޗު 2026

މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާ ގުޅިގެން ހިންދެމިނުލެވޭ، މި ނޫން ރާއްޖެއެއް ރައްޔިތުންނަށް އެމްޑީޕީން ހޯދައިދޭނެ: ޝިފާޒު

19 މާރިޗު 2026
މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާ ގުޅިގެން ހިންދެމިނުލެވޭ، މި ނޫން ރާއްޖެއެއް ރައްޔިތުންނަށް އެމްޑީޕީން ހޯދައިދޭނެ: ޝިފާޒު
15 މާރިޗު 2026

"އަރަބި ޤައުމުތަކުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން"

15 މާރިޗު 2026
"އަރަބި ޤައުމުތަކުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން"
14 މާރިޗު 2026

ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި މިވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

14 މާރިޗު 2026
ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި މިވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
14 މާރިޗު 2026

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

14 މާރިޗު 2026
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި
13 މާރިޗު 2026

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

13 މާރިޗު 2026
ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ
02 މާރިޗު 2026

ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނާންނާނެ، އެކަން އޮތީ ހަމަޖެހިފައި: ރައީސް މުއިއްޒު

02 މާރިޗު 2026
ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނާންނާނެ، އެކަން އޮތީ ހަމަޖެހިފައި: ރައީސް މުއިއްޒު
25 ސެޕްޓެމްބަރު 2025

ރައީސް ވިދާޅުވީމާ އިސްލާމީ މަރުކަޒަކަށް!

25 ސެޕްޓެމްބަރު 2025
ރައީސް ވިދާޅުވީމާ އިސްލާމީ މަރުކަޒަކަށް!
16 އެޕްރީލު 2025

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

16 އެޕްރީލު 2025
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް