Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ޔޫނިއަންތަކުން މުއްތޮލިބަށް: "ބޮޑެތި ވާހަކަ ނުދައްކަވާ! ވައުދުވީ ރައީސް މުއިއްޒު، މުއްތޮލިބެއް ނޫން"

ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދުމުގައި ސަރުކާރުން ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ކުރަމުންދާކަމަށް ބުނެ ހިޔާ އަދި ފަހި ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި. ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތަކާ އެއްގޮތަށް ކުރީ ސަރުކާރުގެ ފްލެޓް ލިސްޓަށް އިހުތިރާމްކުރުމަށް ގޮވާލައި، ދައުރުގެ ބޮޑުބައި ފާއިތުވީއިރުވެސް އަމަލީ މަސައްކަތެއް ނުފެންނާތީ އެ ޖަމިއްޔާތަކުން ވަނީ ފާޑުކިޔާފައި. ސަރުކާރުގެ ސްޓޭންޑް ތަކުރާރުކޮށް ބަދަލުވަމުންދާއިރު، ޝަރުތު ހަމަނުވާ ފަރާތްތަކުގެ ތަފްސީލު ހާމަނުކުރާތީ ރައްޔިތުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 މެއި 2026 | އަންގާރަ 03:57
ފަލަސުރުޙީ ޕްރޮގްރާމްގައި ޔޫނިއަންތަކުގެ ތަރުޖަމާނު ސަބާޙް ރަޝީދުގެ އިތުރުން، ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވަނީ ބައިވެރިވެވަޑައިގެންފައި

ފަލަސުރުޙީ ޕްރޮގްރާމްގައި ޔޫނިއަންތަކުގެ ތަރުޖަމާނު ސަބާޙް ރަޝީދުގެ އިތުރުން، ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވަނީ ބައިވެރިވެވަޑައިގެންފައި | ރާއްޖެ އެމްވީ

ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންނެވީ މިއަދުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ކަމަށާއި، އެހެންކަމުން އެ ވައުދުތައް ނުފުއްދުމަށް ވަޒީރު އަބްދުﷲ މުއްތޮލިބަށް ބަހަނާއެއް ނުދެއްކޭނެކަމަށް ހިޔާ ޔޫނިއަންއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޔޫނިއަންތަކުގެ ތަރުޖަމާނު ސަބާޙް ރަޝީދުގެ އިތުރުން، ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވަނީ ބައިވެރިވެވަޑައިގެން ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

Advertisement - newsAdvertisement

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސަބާޙް ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީވެސް ބޯހިޔާވަހިކަމާ ގުޅޭގޮތުން ބޮޑެތި ވައުދުތަކެއް ވަމުން ކަމަށާއި، އެމީހަކަށް ލިބިފައި އޮތް ތަނަކުން ގޯއްޗާއި ފްލެޓު ދެއްވާނެ ކަމުގެ ވައުދަކީ އޭގެ ތެރެއިން އެއް ވައުދު ކަމަށެވެ.

ސަބާޙް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވަޒީރުވެސް މަޖިލީހުގައި މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގެންދަވަނީ ޒިންމާދާރުކަން ކުޑަކޮށެވެ. އެގޮތުން ލިސްޓެއް އަދި އޮތަކަސް އެ ލިސްޓަށް ފްލެޓު ދޫކުރެވޭކަށް ނޯންނާނެކަމަށް ވަޒީރު ވިދާޅުވެފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ރައްޔިތުންނަށް ވައުދުވީ ވަޒީރެއް ނޫން ކަމަށާއި، ވައުދުވީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ވައުދު ފުއްދިފައިވަނީ ކިހާ މިންވަރަކަށްތޯ އަޅުގަނޑުމެން މިއަދު ސުވާލު އުފައްދަން އެބަޖެހޭ، އަޅުގަނޑު ދަންނަވަން އޮތީ މުއްތޮލިބޭ ބޮޑެތި ވާހަކަ ނުދައްކާށޭ، މުއްތޮލިބެއް ނޫނޭ ރައްޔިތުން ގާތަށް ވައުދުތަކެއް ހިފައިގެން ވަޑައިގެންނެވީ، މިއަދުގެ ރާއްޖޭގެ ރައީސް މުއިއްޒުއޭ، ރައްޔިތުން ގާތުގައި ވައުދުވި އެ ލިސްޓަށް އޯނަރ ކުރައްވާނަމޭ.
ޔޫނިއަންތަކުގެ ތަރުޖަމާނު ސަބާޙް ރަޝީދު

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބްރާހިމް ނޫރައްދީން ވިދާޅުވީ، ދައުރު ދެބައިވެގެން ދިޔައިރުވެސް ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށާއި، ވީއިރު ދައުރުގައި ބާކީ އޮތް ދުވަސްތަކުގައިވެސް އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަމެއް ނެތް ކަމަށެވެ. އަދި އެކަމުގައި އުއްމީދެއް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެހާވެސް ނުފުއްދޭ ވަރުގެ ބިޔަ މަޝްރޫއެއްގެ ވާހަކަ އެ ދެއްކެވީ، ދައުރު ދެބައިވެގެން ދިޔައިރު އެއިން ބޯހިޔާވަހިކަމެއް ފެންނަން ނެތީމަ އަޅުގަނޑުމެންނަށް ނޭނގޭ ދެން އެ އަޅާނީ ކޮން ތާކުކަމެއް.
ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން 

ފްލެޓާ ގުޅޭގޮތުން އެކި ގޮތަށް ސަރުކާރުގެ ސްޓޭންޑު ބަދަލުވަމުން އައިސްފައިވާއިރު، އެންމެ ފަހުން ސަރުކާރުން ބުނެފައިވަނީ  ސަރުކާރުން ނިންމާފައިވަނީ މިދިޔަ ސަރުކާރުގައި ދޫކުރި ލިސްޓާ އެއްގޮތަށް ފްލެޓުތައް ޙަވާލު ކުރުމަށް ކަމަށާއި، އޭގެ ތެރެއިން އުނިވެގެންދާނީ ހަމައެކަނި ޝަރުތު ހަމަނުވާ ފަރާތްތައް އެކަނި ކަމަށެވެ.

އެހެންނަމަވެސް، ޝަރުތު ހަމަނުވެގެން  މިހާތަނަށް ފްލެޓު ލިސްޓުން އުނިވެފައިވަނީ ކިހާ މީހުންނެއްތޯ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް މިއަދާ ހަމައަށްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

 ޝަރުތު ހަމަނުވެގެން ބަޔަކު ކެންސަލްވިނަމަވެސް، މި ސަރުކާރުން އެ ލިސްޓަށް ބަދަލެއް ނުގެންނާތީ އައު ލިސްޓެއް އިއުލާނު ކުރާކަށް ނުޖެހޭނެކަމަށްވެސް މި ސަރުކާރުން ގެންދަނީ ބުނަމުންނެވެ.

ފަހި ޔޫނިއަންފަލަސުރުހީބޯހިޔާވަހިކަން ޕްރޮގްރާމްހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް

ވެރިކަމުގައި ހުރުމުގެ މައިގަނޑު އުންސުރަކީ ރައްޔިތުންގެ ތާއީދު، އެކަން ރައީސް މުއިއްޒުގެ މިހާރު ފުރިހަމަ ނުވޭ: ސަލީމް

09 އެޕްރީލު 2026
މުއައްސަސާތަކާއި، ޖުޑީޝިއަރީ ގައި ތިއްބެވި ބޭފުޅުން މިހާރު ރައީސް މުއިއްޒު ދެކެ ޖެހިލުންވާކަށް ނުޖެހޭނެ، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް: ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް

މުއައްސަސާތަކާއި، ޖުޑީޝިއަރީ ގައި ތިއްބެވި ބޭފުޅުން މިހާރު ރައީސް މުއިއްޒު ދެކެ ޖެހިލުންވާކަށް ނުޖެހޭނެ، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް: ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް

09 އެޕްރީލު 2026
 ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން

ރައްޔިތުންނަށް ބޭނުންޖެހިފަ ހުރި ކިތަންމެ ކަމެއްގައި ރައީސް މުއިއްޒު ގެންދަވަނީ އޮޅުވާލަމުން: އިހުސާން

11 މާރިޗު 2026
ރައީސް ވިދާޅުވީ ކޮށްދޭނަމޭ، ވަޒީރު ވިދާޅުވީ ކޮށްދެވޭކަށް ނެތޭ!

ރައީސް ވިދާޅުވީ ކޮށްދޭނަމޭ، ވަޒީރު ވިދާޅުވީ ކޮށްދެވޭކަށް ނެތޭ!

10 މާރިޗު 2026
ފަހި ދިރިއުޅުމުގެ ފްލެޓްތަކުގައި ކުނި މެނޭޖް ނުކުރެވި، ކުނިތަކުގައި ފުޅަ އަޅަން ވަނީ ދޫކޮށްލާފައި: ނޫރައްދީން

ފަހި ދިރިއުޅުމުގެ ފްލެޓްތަކުގައި ކުނި މެނޭޖް ނުކުރެވި، ކުނިތަކުގައި ފުޅަ އަޅަން ވަނީ ދޫކޮށްލާފައި: ނޫރައްދީން

27 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު