Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިޤްތިސާދީ ޙާލަތު

އިޤްތިސާދީ ޙާލަތަށް ތައްޔާރުވުމަށް ރާއްޖެއިން އިތުރު ޤައުމުތަކާ ގުޅުން ބަދަހި ކުރަނީ، ކެމްބޯޑިއާ އަދި އެފްރިކާގެ ޤައުމުތައް ހިމެނޭ

24 މާރިޗު 2026 | އަންގާރަ 07:27

ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންވެސް އެކި އެހީތައް ލިބޭނެ ކަމަށް ސައީދު ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 މާރިޗު 2026 | އަންގާރަ 07:27
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު. | ރައީސް އޮފީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިޤްތިސާދީ ގޮތުން ކުރިމަތިވެދާނެ ޙާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން އިތުރު ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުން އިތުރު މާކެޓުތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންވެސް އެކި އެހީތައް ލިބޭނެ ކަމަށެވެ.

Advertisement - newsAdvertisement

ސައީދު ވިދާޅުވި ގޮތުގައި ވިޔަފާރިއާ ގުޅުންހުރި ކަންކަމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ ރަނގަޅު ގުޅުމެކެވެ. އެގޮތުން ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެމުންދާކަން ސައީދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ޗައިނާއިން ހުރިހާ ބާވަތެއްގެ މުދާވެސް ލިބޭނެކަމަށް ސައީދު ވިދާޅުވިއެވެ.

ޗައިނާއެއްކޮށް އޮތީ ވަރުގަދަ ގުޅުމެއް. ހާއްސަކޮށް ކޮމާޝިއަލް ސެކްޓަރުގައި ވަރަށް ބޮޑު އަންޑަސްޓޭންޑިންއެއް އޮވޭ. ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް ވާހަކަދެކެވެމުން ދަނީ. މުދާ ލިބުމުގައި އިންތިޒާމެއް ހަމަޖައްސަންވެއްޖިއްޔާ ލިބޭނެ. އެއީ ވަކި ކަހަލަ މުދަލެއް ނޫން. ހުރިހާ ބާވަތެއްގެ މުދާ ވެސް.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު

މީގެ އިތުރުން، މެލޭޝިޔާ އިންޑޮނޭޝިއާ ތައިލެންޑް އަދި ކެމްބޯޑިއާ ހިސާބުގައިވެސް ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެކަމަށްޓަކައި ޚާރިޖީ ވުޒާރާ މެދުވެރިކޮށް ކުރަންޖެހޭ މަޝްވަރާތައް ކުރަމުންދާކަމަށެވެ.

ހަމައެއާއެކު، އެފްރިކާގެ ބައެއް ޤައުމުތަކާއެކުވެސް ވިޔަފާރީގެ މަޝްވަރާތައް ކުރުމަށް މަސައްކަތްތައް ކުރަމުންދާކަން ސައީދު ފާހަގަ ކުރެއްވިއެވެ.

 

ވުޒާރާ ސައީދުހަނގުރާމަމެދުއިރުމަތީ ސުލްހަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2026

މާލެއިން ރަށްރަށަށް ދަތުރުކޮށްދޭ އަގު ދެގުނައަށް، ސައީދު ވިދާޅުވީ ރައީސްގެ ދުރުވިސްނުންފުޅާއެކު ހައްލު ހޯދަމުންދާކަމަށް!

22 މާރިޗު 2026
މާލެއިން ރަށްރަށަށް ދަތުރުކޮށްދޭ އަގު ދެގުނައަށް، ސައީދު ވިދާޅުވީ ރައީސްގެ ދުރުވިސްނުންފުޅާއެކު ހައްލު ހޯދަމުންދާކަމަށް!
21 މާރިޗު 2026

އިރާނުން ތަންތަނަށް ޙަމަލާދީފިއޭ ކިޔަމުންދަނީ ޤައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް އެމެރިކާއިން ހިންގާ ޕްރޮޕަގެންޑާގެ ދަށުން: ސްޓޭޓް މިނިސްޓަރ ސިއްދީޤު

21 މާރިޗު 2026
އިރާނުން ތަންތަނަށް ޙަމަލާދީފިއޭ ކިޔަމުންދަނީ ޤައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް އެމެރިކާއިން ހިންގާ ޕްރޮޕަގެންޑާގެ ދަށުން: ސްޓޭޓް މިނިސްޓަރ ސިއްދީޤު
21 މާރިޗު 2026

މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ ސްޓޭޓް މިނިސްޓަރު ސިއްދީޤު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ!

21 މާރިޗު 2026
މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ ސްޓޭޓް މިނިސްޓަރު ސިއްދީޤު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ!
19 މާރިޗު 2026

މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާ ގުޅިގެން ހިންދެމިނުލެވޭ، މި ނޫން ރާއްޖެއެއް ރައްޔިތުންނަށް އެމްޑީޕީން ހޯދައިދޭނެ: ޝިފާޒު

19 މާރިޗު 2026
މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާ ގުޅިގެން ހިންދެމިނުލެވޭ، މި ނޫން ރާއްޖެއެއް ރައްޔިތުންނަށް އެމްޑީޕީން ހޯދައިދޭނެ: ޝިފާޒު
15 މާރިޗު 2026

"އަރަބި ޤައުމުތަކުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން"

15 މާރިޗު 2026
"އަރަބި ޤައުމުތަކުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން"
14 މާރިޗު 2026

ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި މިވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

14 މާރިޗު 2026
ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި މިވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
13 މާރިޗު 2026

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

13 މާރިޗު 2026
ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ
02 މާރިޗު 2026

ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނާންނާނެ، އެކަން އޮތީ ހަމަޖެހިފައި: ރައީސް މުއިއްޒު

02 މާރިޗު 2026
ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނާންނާނެ، އެކަން އޮތީ ހަމަޖެހިފައި: ރައީސް މުއިއްޒު
25 ސެޕްޓެމްބަރު 2025

ރައީސް ވިދާޅުވީމާ އިސްލާމީ މަރުކަޒަކަށް!

25 ސެޕްޓެމްބަރު 2025
ރައީސް ވިދާޅުވީމާ އިސްލާމީ މަރުކަޒަކަށް!
16 ޖުލައި 2025

ޣައްޒާގައި ކޮންމެ ދުވަހަކު 10 ކުދިންގެ ފައި "ގެއްލޭ"

16 ޖުލައި 2025
ޣައްޒާގައި ކޮންމެ ދުވަހަކު 10 ކުދިންގެ ފައި "ގެއްލޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް