Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕިކަޕް ޖަލްސާ

ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

ސަރުކާރުން އިންތިޚާބުތައް އެއްކޮށްލަން އުޅެނީ ރާއްޖޭގެ ވެރިކަން ހުދުމުހުތާރު ނިޒާމަކަށް ބަދަލުކޮށް، ގިނަ ދުވަހު ވެރިކަމުގައި ތިބުމަށް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ތުހުމަތުކުރައްވާފަ. ތަރައްޤީގެ މަޝްރޫޢުތައް ހުއްޓި އިޤްތިޞާދު ހީނަރުވަމުންދާ ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ރެފްރެންޑަމްގައި ސަރުކާރަށް "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ގޮވާލައްވާފަ. ސިޔާސީ ބޭނުމަށް ވަޒީފާ އިތުރުކުރި ނަމަވެސް، އިންތިޚާބަށްފަހު މުވައްޒަފުން ވަކިކުރަން ފަށާނެ ކަމުގެ އިންޒާރުވެސް އަމީރު ދެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 10:22
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. | ރާއްޖެ އެމްވީ

އިންތިޚާބުތައް އެއްކުރުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަށް ނޫނެކޭ ބުނަން ޖެހެނީ، ރާއްޖޭގެ ވެރިކަން ހުދުމުހުތާރު ނިޒާމަކަށް ފުރޮޅާލައި، ރައީސް ޑރ. މުހައްމަދު މުއިއްޒު 40 އަހަރު ވަންދެން ވެރިކަމުގައި ބަހައްޓަން ރައްޔިތުން ބޭނުންނުވާތީ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އަމީރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މި ސަރުކާރަށް ބޮޑުތަނުން "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައީ ގިނަ ދޮގުތަކާއި ސްކޭމްތައް ހިންގައިގެންކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ، ވެރިކަމަށް ދެ އަހަރާއި ބައި ވެގެންދާއިރު ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްޤީގެ މަޝްރޫޢެއް ނުހިނގާ ކަމަށެވެ. ތުރާކުނުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ބެލި ނަމަވެސް ފެންނަން އޮތީ ހުރިހާ ކަމެއް ހުއްޓިފައި އޮތް މަންޒަރު ކަމަށާއި، އިޤްތިޞާދު އެއްކޮށް ވަޅުޖެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓްވަމުންދާ ކަމަށް އަމީރު ވިދާޅުވި އެވެ.

ސަރުކާރުގެ ޚަރަދުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، މިހާރު ފެންނަނީ ސިޔާސީ ބޭނުމަށް ވަޒީފާތަކަށް މީހުން އިތުރުކޮށް ޕްރޮމޯޝަންތައް ދެމުންދާ މަންޒަރު ކަމަށެވެ. ނަމަވެސް އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހަށްފަހު، ޚަރަދު ކުޑަކުރުމުގެ ނަމުގައި މިހާރު ދެމުންދާ ޕްރޮމޯޝަންތަކާއި މުސާރަތަކަށް ބަދަލު ގެނެސް، ވަޒީފާތަކުން މީހުން ވަކިކުރަން ފަށާނެކަން ޔަޤީންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖެއަށް ރަނގަޅު ގޮތެއް ހޯދެން އޮތީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ވަރުގަދަ މެސެޖެއް ދީގެން ކަމަށް އަމީރު ފާހަގަކުރެއްވި އެވެ.

ދެން އޭގެއިތުރުން ހަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އަނެއް ނުކުތާއަކީ، މި ސަރުކާރު؛ އަޅުގަނޑުމެން ޙަޤީޤަތުގައި ނޫޅެން އެއީ ކޮންމެ އެމް.ޑީ.ޕީ ވެރިކަމުގައި ނެތިގެން، އަޅުގަނޑުމެން ނޫޅެން ކޮންމެހެން މާފަންނު، މުޢިއްޒޭ ކިޔާ މީހަކު ވެރިކަމުގައި ހުރެގެން، އަޅުގަނޑުމެން އަބަދުވެސް ދައްކާ ވާހަކައަކީ، ރާއްޖޭގެ ވެރިކަން ކުރަންޖެހޭނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ރާއްޖޭގެ ހުރިހާ ރަށްތައް ތަރައްޤީވާ ގޮތަށޭ. އަޅުގަނޑު ކުރިން ފާހަގަކުރި ގޮތަށް، މިދިޔަ ދެ އަހަރާއި ބައިގެ ރިޕޯޓު ކާޑު އަޅުގަނޑުމެން ދޭން ނަމަ، ޔޫ ރިޕޯޓު ވެސް މި ސަރުކާރަކަށް ނުލިބޭނެ. އެހެންވީމާ، އަޅުގަނޑުމެން މި ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބޮޑަށް މި ޖެހެނީ. 
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ރާއްޖޭގެ ވެރިކަން ކުރަންޖެހޭނީ އިންސާފުވެރިކަމާއެކު ހުރިހާ ރަށެއް ތަރައްޤީވާނެ ގޮތަށް ކަމަށް ވިދާޅުވަމުން އަމީރު ވިދާޅުވީ، މި ސަރުކާރަކީ ރާއްޖޭގެ ތާރީޚުގައިވެސް ރައްޔިތުން އެންމެ އަވަހަށް ފޫހިވި ސަރުކާރު ކަމަށެވެ. އަދި ސަރުކާރުން ހުރިހާ އިންތިޚާބުތަކެއް އެއްކޮށްލަން އުޅެނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އުސޫލުން، 30 ނުވަތަ 40 އަހަރު ވަންދެން ވެރިކަމުގައި ދެމިތިބުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ އަވަހަށް ރައްޔިތަކު ފޫހިވި، ރައްޔިތަކު ފޫހިވި ރައީސަކު ނޯންނާނެ. މި ރައީސް، ނޫނިއްޔާ މި ސަރުކާރު ނޫނީ. އެހެންވީމާ، އެބަޖެހޭ އެހެން ބުއްދިއެއް ގެންނަން މި ސަރުކާރު ވެރިކަމުގައި އޮންނަން. އެހެންވެގެން ހުރިހާ އިންތިޚާބުތަކެއް އެއްކޮށްލަން މި ޖެހެނީ. ހުރިހާ އިންތިޚާބުތަކެއް އެއްކޮށްލަން މި ޖެހެނީ މި ސަރުކާރު. މި ރާއްޖޭގައި ވެރިކަމުގައި ނޯތު ކޮރެއާ ސްޓައިލްގައި، ކިމްޖޮން އުން ހެދިގެން މި ރާއްޖޭގައި ތިރީސް އަހަރު، ސާޅީސް އަހަރު ވެރިކަން ކުރާނަމޭ ހިތައި އެބަޖެހޭ ހުރިހާ އިންތިޚާބުތަކެއް އެއްކުރަން. އެކަމަކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އެމް.ޑީ.ޕީ ވެސް އަދި މި ސަރުކާރާ، ދެކޮޅު ހުރިހާ ރައްޔިތުން ވެސް އަދި ޚާއްޞަކޮށް ޕީ.އެން.ސީގެ ރައްޔިތުން ވެސް މިތިބީ އެގޮތަކަށް މި ރާއްޖެ ޚުދުމުޚްތާރު ވެރިކަމަކަށް ފުރޮޅާލައި ސާޅީސް އަހަރު، ފަންސާސް އަހަރު މުޢިއްޒު ވެރިކަމުގައި ބަހައްޓާކަށެއް ނޫން.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު އިތުރަށް ވިދާޅުވީ އެމްޑީޕީގެ އިތުރުން ސަރުކާރާ ދެކޮޅު ރައްޔިތުންނާއި، ޕީއެންސީގެ އާންމު މެންބަރުންވެސް ރާއްޖެ ހުދުމުހުތާރު ވެރިކަމަކަށް ފުރޮޅާލައި، ރައީސް މުއިއްޒު އެތައް އަހަރަކު ވެރިކަމުގައި ބަހައްޓަން ބޭނުންނުވާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޑިމޮކްރަސީ ސަލާމަތްކުރުމަށްޓަކައި، އިންތިޚާބުތައް އެއްކުރުމާ ގުޅޭ ރެފްރެންޑަމްގައި ބޮޑުތަނުން "ނޫނެކޭ" ބުނަންޖެހޭ ކަމަށް އަމީރު ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އަމީރު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތަކަކީ އެއްވެސް އަމާޒެއް ނެތް، "ބޮލެއް ނެތް ދޫންޏެއް" ފަދަ ސިޔާސަތުތަކެއް ކަމަށެވެ. އެހެންކަމުން ވިސްނުމެއް ނެތް މިފަދަ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނެ، ރާއްޖޭގެ މުސްތަޤްބަލު ސަލާމަތްކުރަން ޖެހޭ ކަމަށް ވިދާޅުވެ އަމީރުގެ ވާހަކަ ނިންމާލެއްވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއިބްރާހިމް އަމީރުއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

02 އެޕްރީލު 2026
މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

02 އެޕްރީލު 2026
ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!

ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!

02 އެޕްރީލު 2026
މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

02 އެޕްރީލު 2026
އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

02 އެޕްރީލު 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު