Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަމަނަވެށި

42 އަހަރު ވަންދެން ރަނގަޅު ޚިދުމަތެއް ކޮށްދިން ދަމަނަވެށި ބުރާސްފަތި ދުވަހު ބަންދު ކުރަނީ!

މާލޭގައި ހުންނަ ދަމަނަވެށި މި ހަފުތާގެ ބުރާސްފަތި ދުވަހު ބަންދުކުރުމަށް ނިންމައި، އެތަނުގެ މުވައްޒަފުން ވަގުތީގޮތުން އެހެން މަރުކަޒުތަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައި. މި މަރާމާތަށްފަހު ޖުލައި 26 ގައި އެތަން އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ "އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރު" ގެ ނަމުގައި. ދަމަނަވެށި ބަންދުކުރި ނަމަވެސް، އާންމުންނަށް ދެމުންދާ ސިއްހީ ޚިދުމަތްތަކަށް ބުރޫނާރާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް މުވައްޒަފުން އެދިފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 18 މެއި 2026 | ހޯމަ 10:03
މާލޭގައި ހުންނަ ދަމަނަވެށި. ކުޑަކުދިންނާއި، ބޮޑެތި މީހުން ކޮންމެ ދުވަހަކު ވެސް މިތަނުން ޚިދުމަތް ހޯދާ.

މާލޭގައި ހުންނަ ދަމަނަވެށި. ކުޑަކުދިންނާއި، ބޮޑެތި މީހުން ކޮންމެ ދުވަހަކު ވެސް މިތަނުން ޚިދުމަތް ހޯދާ. | ސޯޝަލް މީޑިއާ

42 އަހަރު ވަންދެން ރަނގަޅު ޚިދުމަތެއް ކޮށްދިން ދަމަނަވެށި ބުރާސްފަތި ދުވަހު ބަންދު ކުރަން ނިންމައިފި އެވެ. 

އާދިއްތަ ދުވަހު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް، ހެލްތް މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ދަމަނަވެށީގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި ދަމަނަވެށި ބަންދު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ދަމަނަވެށީގެ މުވައްޒަފަކު ބުނީ، މިއަންނަ ބުރާސްފަތި ދުވަހު ދަމަނަވެށި ބަންދު ކުރުމަށް ނިންމާފައިވާ ކަމަށާއި، މާރާމާތަށްފަހު ޖުލައި 26 ގައި އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރުގެ ނަމުގައި ހުޅުވަން ނިންމާފައިވާ ކަމަށެވެ.

ބައެއް ކަންބޮޑުވުންތައް ހުރިކަން ފާހަގަކޮށް އޭނާ ބުނީ، ދަމަނަވެއްޓަކީ ޒަމާނުއްސުރެ ރައްޔިތުންނާ ސީދާ ގުޅޭ ސިއްހީ ޚިދުމަތްތައް ދެމުންދާ ކަމަށާއި،  ވެކްސިންގެ ޚިދުމަތްތައް ވަރަށް ރަނގަޅަށް ދެމުން ގެންދާ ކަމަށެވެ. ވަރަށް ގިނަ ރައްޔިތުންގެ އިތުބާރާއި، ލޯބި ލިބިފައިވާއިރު، ކުރިއަށް އޮތީ ޕީކް ދުވަސްކޮޅެއް ކަމަށާއި، ހައްޖުގެ އަޅުކަމަށްފަހު ވަރަށް ގިނަ މީހުން ވެކްސިން ޖެހުމަށް އަންނާނެ ކަމަށެވެ. 

މީގެ އިތުރުން މި ބައްދަލުވުމުގައި މުވައްޒަފުން ވަނީ މިހާރު ވެސް ކޮންމެ ދުވަހަކު އެތަނުން 100ށް ވުރެ މީހުން ޚިދުމަތް ހޯދާ ކަމަށާއި، ޚިދުމަަތްތަކަށް ބުރޫނާރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އަލުން އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރު ނަމުގައި ދަމަނަވެށި ހުޅުވާއިރު، އެ ޚިދުމަތްތައް ފުރިހަމައަށް ގާއިމް ވެފައި ހުންނަން ޖެހޭ ކަމަށް މުވައްޒަފުން ބުނެފައިވެ އެވެ. 

ބުރާސްފަތި ދުވަހު ދަމަނަވެށި ބަންދުކުރާއިރު، މިތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ބަދަލު ކުރަނީ ހުޅުމާލޭގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރާއި، މާލޭގެ މާފަންނުގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރަށެވެ. އަދި މަސައްކަތްތަކަށް ދަތިނުވާނެ ގޮތަށް އެމުވައްޒަފަކު ބޭނުންވާ ސެންޓަރެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށާއި، ދަމަނަވެށި އަލުން ހުޅުވުމަށްފަހު މުވައްޒަފުންނަށް މިތަނަށް ބަދަލުވެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ބުނެފައިވެ އެވެ. 

ދަމަނަވެށިމާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ

އިތުރަށް ކިޔާލަން

06 މެއި 2026

ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި

06 މެއި 2026
ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި
25 އެޕްރީލު 2026

ތިން މީހެއްގެ ގަޔަށް ކުނި ލޭ އެޅުނު މައްސަލައިގައި މުވައްޒަފަކު ސަސްޕެންޑްކޮށްފި

25 އެޕްރީލު 2026
ތިން މީހެއްގެ ގަޔަށް ކުނި ލޭ އެޅުނު މައްސަލައިގައި މުވައްޒަފަކު ސަސްޕެންޑްކޮށްފި
22 އެޕްރީލު 2026

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު ބަންދުކުރީ ފަނިފަކުސާގެ މައްސަލަ ބޮޑުވެ، ޚިދުމަތް ހޯދި ކުދީންތަކަކަށް ސިއްހީ ގޮތުން މައްސަލަތަކެއް ކުރިމަތިވެގެން!

22 އެޕްރީލު 2026
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު ބަންދުކުރީ ފަނިފަކުސާގެ މައްސަލަ ބޮޑުވެ، ޚިދުމަތް ހޯދި ކުދީންތަކަކަށް ސިއްހީ ގޮތުން މައްސަލަތަކެއް ކުރިމަތިވެގެން!
11 މާރިޗު 2026

މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"

11 މާރިޗު 2026
މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"
29 ޖެނުއަރީ 2026

ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

29 ޖެނުއަރީ 2026
ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު