Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދަމަނަވެށި މަޝްރޫޢު

މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"

ކުޅުދުއްފުށި ސިޓީގައި ދަމަނަވެށި ބިނާކުރުމަށް 23 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކުރި މަޝްރޫޢުއަށް އަހަރެއް ފުރޭއިރުވެސް، އަމަލީ އެއްވެސް މަސައްކަތެއް ނުފެށި, މި މަޝްރޫޢު ހުއްޓިފައިވާ ސަބަބެއް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއްނުވޭ.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ, ރާއްޖެ އެމްވީ | 11 މާރިޗު 2026 | ބުދަ 20:25
ކުޅުދުއްފުށީ ދަމަނަވެށި މަޝްރޫޢު

ކުޅުދުއްފުށީ ދަމަނަވެށި މަޝްރޫޢު | ރާއްޖެއެމްވީ އޭއައި

ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ސިއްޙީ ފަރުވާގެ އައު އުއްމީދުތަކެއް ގެނެސްދިން "ދަމަނަވެށި" މަޝްރޫޢަކީ މިއަދު އެ ސިޓީގެ ރައްޔިތުންގެ މަލާމާތާއި ފާޑުކިޔުން އަމާޒުވެފައިވާ، ހަމައެކަނި ކަރުދާހުގައި އޮތް "ވަހުމަކަށް" ވެއްޖެއެވެ.

ސަރުކާރުން ބޮޑު އިސްތިހާރަކާއެކު، ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ބުނެ އަލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރި މި މަޝްރޫޢުއަށް 12 މާރިޗު 2026 އަށް އެއް އަހަރު ފުރޭއިރު، މި މަޝްރޫޢުއަށް ސަރުކާރުން އަމަލީ އެއްވެސް މަސައްކަތެއް ނުފެށިތާނގައި، މުޅި މަޝްރޫޢު އޮތީ ހުއްޓި، ދިގުލައިގެން ގޮސްފައެވެ.

މިއީ މާލެއިން ބޭރުގައި ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ބިނާކުރާ ފުރަތަމަ ދަމަނަވެށްޓެވެ. މާލޭގެ ދަމަނަވެށިން ލިބޭ ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް، ދެ ފަންގިފިލާއަށް އިމާރާތް ކުރަން ހަމަޖެހިފައިވާ މި މަޝްރޫޢުއަށް 23,113,061.08 (ތޭވީސް މިލިއަން އެއްލައްކަ ތޭރަހާސް ފަސްދޮޅަސް އެއް ރުފިޔާ އަށް ލާރި) ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

ނަމަވެސް، މަސައްކަތުގެ ބިން އާރުޑީސީއާ ހަވާލުކުރި ފަހުން، އެ ބިމުގައި ކުރެވުނު ކަމެއް، ފެނުނު މީހަކު ނެތެވެ. ބިން ހަވާލުކުރި ދުވަހު ޖެހި ބޯޑު ފިޔަވައި، އެތަނުން ފެންނަން އޮތީ ކުރީ ސަރުކާރުން ނޯތް ކޯސްޓު ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްގެން އެޅި ފައުންޑޭޝަން އެވެ.

ކުޅުދުއްފުށީ ދަމަނަވެށި މަޝްރޫޢު
ކުޅުދުއްފުށީ ދަމަނަވެށި މަޝްރޫޢު

މި މަޝްރޫޢު ހުއްޓިފައި އޮތް ސަބަބެއް އޮޅުންފިލުވުމަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށާއި އާރުޑީސީއަށް ގުޅުމަށް "ރާއްޖެ އެމްވީ" އިން ކުރި މަސައްކަތް އަދި ވަނީ ނާކާމިޔާބުވެފައެވެ. އަދި ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިކަމާ ގުޅޭގޮތުން ޖަވާބެއް ދޭން ބޭނުމެއް ނުވެއެވެ. މިއީ މި ސަރުކާރުގެ ހާމަކަން ބޮޑު, ދެ ފުށް ފެންނަ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ކަންކަން ހާމަކުރާ މިންވަރު ބާވައެވެ؟ ނުވަތަ މަސައްކަތް ނުކުރެވި އޮތް އޮތުން ފޮރުވުމަށް ޖަހާ ސަކަރާތެއް ބާވައެވެ؟

ކުޅުދުއްފުށީގެ ތަރައްޤީގެ މަޝްރޫޢުތައް މިހާލަތަށް ގޮސްފައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން މިހާރު ދަނީ އަނެއްކާވެސް އައު "ކުލަ ހުވަފެންތަކެއް" ދައްކަމުންނެވެ. އެގޮތުން، ކޭއާރުއެޗް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ އައު އިމާރާތުގެ މަސައްކަތްވެސް މިއަދު ވަނީ ސަރުކާރު ކުންފުންޏަކާ ހަވާލުކޮށްފައެވެ. ނަމަވެސް، ކުރިން ފެށި ދަމަނަވެށީގެ މަސައްކަތް ނުނިމި، އާރުޑީސީ ފަދަ ކުންފުނިތަކަށް ހަވާލުކުރާ މަސައްކަތްތައް "ފުނިޖެހެމުން" ދާއިރު، މިއީ ހަމައެކަނި އިންތިޚާބަށް އަމާޒުކޮށްގެން ޖަހާ ސިޔާސީ މަޅިއެއް ބާއެވެ؟

ކޭއާރުއެޗު ޓާޝިއަރީ ފެންވަރަށް ތަރައްޤީކުރުމަށް އިތުރުކުރެވޭ އައު އިމާރާތް މިއަދު އެމްޓީސީސީއާއި ހަވާލުކުރުން
ކޭއާރުއެޗު ޓާޝިއަރީ ފެންވަރަށް ތަރައްޤީކުރުމަށް އިތުރުކުރެވޭ އައު އިމާރާތް މިއަދު އެމްޓީސީސީއާއި ހަވާލުކުރުން

ކުޅުދުއްފުށީގެ ރައްޔިތުން މިއަދު ތިބީ ސުވާލު މާކެއްގެ ތެރޭގައެވެ. ދޮޅު އަހަރުން ނިންމަން ބުނި ދަމަނަވެށި އެއް އަހަރު ވީއިރުވެސް މަސައްކަތް ފެށިގެން ނުދާއިރު، މިއަދު އިޢުލާންކުރި ޓާޝަރީ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ނިމޭނީ ކޮން ޒަމާނަކުން ބާވައެވެ؟ މި ސަރުކާރުގެ ތަރައްޤީގެ ދުވެއްޔަކީ ހަމައެކަނި "އިޢުލާން ކުރުމާއި ސޮއިކުރުން" ހެއްޔެވެ؟ ސަރުކާރުން ހަވާލުކުރާ މިފަދަ މަޝްރޫޢުގެ  މަސައްކަތްތައް މިހާރު ވެފައިވަނީ، ސަރުކާރުން ރައްޔިތުންނަށް ދެއްކި "އިބިލީހު ކައިވެންޏަކަށެވެ".

ކުޅުދުއްފުށިދަމަނަވެށިރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

އެމްޑީޕީ ޕިކަޕް ޖަލްސާ: އެމްޑީޕީ އިން މަސައްކަތްކުރަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރަށް

11 މާރިޗު 2026
މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

މި އިންތިޚާބު ވާނީ ވޯޓުލުމުގެ އަަސާސީ ހައްގު ލިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު އެންމެ ބޮޑަށް ހަނިކުރި އިންތިޚާބަށް، ސައްހަ ކަމާ މެދު ސުވާލު އުފެދޭ: އެމްޑީޕީ

11 މާރިޗު 2026
ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ގަޑުބަޑުކޮށް، ވޯޓުން ވައްކަން ކޮށް، ވޯޓު އޮޅުވާލުމުގެ ޖާގަ އެބަ އޮތް: އެމްޑީޕީ

11 މާރިޗު 2026
ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ފައިނަލް ލިސްޓް: އެ ހައްގު ލިބެނީ 294،876 މީހުންނަށް

ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ފައިނަލް ލިސްޓް: އެ ހައްގު ލިބެނީ 294،876 މީހުންނަށް

11 މާރިޗު 2026
މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު