Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢީދު ހަވާއެރުވުން

ޢީދު ފާހަގަކުރުމަށް މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާއަރުވަނީ

މިރޭ 21:45 އާއި 22:15 އާ ދެމެދު ވިލިމާލެ ބޭރުން ފަސް މިނެޓުގެ ވަގުތަކަށް ހަވާ އެރުވުމަށް އެމްއެންޑީއެފުން ވަނީ ނިންމާފަ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް ޢީދުގެ މުނާސަބަތުގައި ސަގާފީ އަދި ޒަމާނީ ގިނަ ހަރަކާތްތަކެއް އަންނަނީ ފޯރިއާއެކު ކުރިއަށްގެންދަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 30 މެއި 2026 | ހޮނިހިރު 07:36
އަޟްޙާ ޢީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ވިލިމާލެއާ ދިމާ ބޭރުން  ހަވާއެރުވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ  21:45 އާއި 22:15 އާ ދެމެދުގެ ވަގުތެއްގައި

އަޟްޙާ ޢީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ވިލިމާލެއާ ދިމާ ބޭރުން ހަވާއެރުވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 21:45 އާއި 22:15 އާ ދެމެދުގެ ވަގުތެއްގައި | ރާއްޖެއެމްވީ

މިއަހަރުގެ އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން، ހޮނިހިރު ދުވަހުގެރޭ ވިލިމާލެއާ ދިމާ ބޭރުން ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހަވާ އެރުވުން ކުރިއަށްދާނީ މިރޭ (ހޮނިހިރު ދުވަހުގެ ރޭ) 21:45 އާއި 22:15 އާ ދެމެދުގެ ވަގުތެއްގަ އެވެ. މި ހަރަކާތް ގާތްގަނޑަކަށް 5 މިނެޓުގެ ވަގުތަކަށް ދެމިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެ އެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަންނަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. އެގޮތުން މާލެ ސަރަޙައްދުގައި ސަލާމަތީ ބާރުތަކާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެން އާންމުންނަށް، ޚާއްޞަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފަ އެވެ.

މާލޭގެ ޖުމްހޫރީ މައިދާން ސަރަޙައްދާއި ސަލްޓަން ޕާކުގައި ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވާ ފައެވެ. ޢީދު ދުވަހާއި ޢީދާ ގުޅިގެން ބަންދުވި ތިން ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގައި، އެމްއެންޑީއެފާއި ފުލުހުންގެ ސްޓޯލްތަކުން ތަފާތު ކުޅިވަރުތައް ވަނީ ދައްކާލާފަ އެވެ.

މީގެ އިތުރުން ހުޅުމާލޭގެ ދެ ސަރަޙައްދެއްގައިވެސް ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތައް ގުޅިގެން ވަނީ ކުޑަކުދިންގެ ހަވީރުތައް ބާއްވާ ފައެވެ. އެގޮތުން ހުޅުމާލެ ހިޔާ ސަރަޙައްދުގައި އެމްއެންޑީއެފާއި ވެމްކޯ ގުޅިގެން ހަރަކާތްތަކެއް ކުރިއަށްގެންދިޔައިރު، ހުޅުމާލެ ސެންޓްރަލް ޕާކުގައިވެސް ސަރުކާރުގެ ކުންފުނިތަކުން ވަނީ ގިނަ ކުޅިވަރުތަކަކާއެކު ކުޑަކުދިންގެ ހަވީރެއް އިންތިޒާމުކޮށްފަ އެވެ.

މިއަހަރުގެ ޢީދު ފާހަގަކުރުމަށް މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ސަގާފީ އަދި ޒަމާނީ ތަފާތު ކުޅިވަރުތައް އަންނަނީ ފޯރިއާއެކު ބާއްވަމުންނެވެ.

އަޟްހާ އީދުވިލިމާލެ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުހަވާއީ ޝޯ

އިތުރަށް ކިޔާލަން

29 މެއި 2026

ސަރުކާރަށް ހަޖަމްނުވި "މާލި ޕެރޭޑް". ދިފާއަށް ދީނީ ކާޑު

29 މެއި 2026
ސަރުކާރަށް ހަޖަމްނުވި "މާލި ޕެރޭޑް". ދިފާއަށް ދީނީ ކާޑު
28 މެއި 2026

އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެ

28 މެއި 2026
އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެ
27 މެއި 2026

ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި

27 މެއި 2026
ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި
27 މެއި 2026

ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި

27 މެއި 2026
  ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި
27 މެއި 2026

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު