Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢީދު ފާހަގަކުރުމުގެ ޕްލޭން

ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވާލަނީ

4 ޖޫން 2026 | ބުރާސްފަތި 14:37

ކުރިއަށް އޮތް ހިޖުރީ އައު އަހަރުން ފެށިގެން ރާއްޖޭގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ޚާއްޞަ ކޮމިޓީއަކުން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި. ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތަކީ އިސްލާމީ އުސޫލުތަކާއި ދިވެހި ސަގާފަތާ އެއްގޮތަށް އީދު ހަރަކާތްތައް ތަރުތީބުކޮށް، އެއްގޮތް އުސޫލުތަކެއްގެ ދަށުން އީދު ފާހަގަކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް މިނިސްތްރީ އިން ބުނޭ. މި ޕްލޭންގެ ސަބަބުން އަތޮޅުތަކާއި ސިޓީތަކުގައި ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާވެ، ދީނީ އަދި އިޖުތިމާއީ ރޫހު އާލާވާނެ ކަމަށް ސަރުކާރުން ބުނޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 4 ޖޫން 2026 | ބުރާސްފަތި 14:37
މި އަހަރުގެ ބޮޑުޢީދު ގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި މަށިމާލި ޕެރޭޑްގެ ތެރެއިން

މި އަހަރުގެ ބޮޑުޢީދު ގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި މަށިމާލި ޕެރޭޑްގެ ތެރެއިން | ރާއްޖެއެމްވީ

ކުރިއަށް އޮތް ހިޖުރީ އައު އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ފިޠުރު ޢީދާއި އަޟްޙާ ޢީދު ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބުރާސްފަތި ދުވަހު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، 1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިސްލާމީ ދެ ޢީދު މާލެއާއި އަތޮޅުތަކުގައި ފާހަގަކުރުމާ ބެހޭ ގޮތުން މިނިސްޓްރީގެ ޚާއްޞަ ކޮމިޓީއަކުން ޕްލޭނެއް އެކުލަވާލަން ފަށާފައިވާ ކަމަށެވެ. މި ޕްލޭނަކީ ހަމައެކަނި ގަވާއިދުތަކެއް ހެދުން ނޫން ކަމަށާއި، މިއީ ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން ޢީދު ދުވަހުގެ މުނާސަބަތުގައި ހިންގާނެ ހަރަކާތްތައް ތަރުތީބުކުރުމަށް އެކުލަވައިލާ އުސޫލެއް ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

މި ޕްލޭންގެ ދަށުން ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށް، ރަށްރަށުގައި ހަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ސިޓީތަކުގައި ޢީދު ފާހަގަކުރުމަށް މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. މި މަސައްކަތަކީ ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން ކުރިއަށްގެންދާ މަސައްކަތަކަށް ވާއިރު، މިކަމުގައި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް ނުވަތަ ސަޤާފަތާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޢީދު ފާހަގަކުރާނެ ގޮތުގެ ޚާއްސަ ޕްލޭނެއްގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މި ފެށީ، ނިމިދިޔަ އަޟްޙާ ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ބައެއް ހަރަކާތްތަކާ ގުޅޭގޮތުން  ބޮޑެތި ބަހުސްތަކެއް ކުރެވި، ބައެއް ފަރާތްތަކުން ނުރުހުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ކުޅުދުއްފުށީގައި ބޭއްވި މަށިމާލި ޕެރޭޑުގައި ސަރުކާރަށް ފާޑުކިޔާ ފުޅަނދުތަކެއް ހިމެނުމުން، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ އެފަދަ ޕެރޭޑުތައް މަނާކުރުމަށް ވެސް ގޮވާލާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި  ޕްލޭންގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޢީދުތައް ފާހަގަކުރުމުގައި އެއްގޮތް އުސޫލުތަކެއް ހިފެހެއްޓި، އިސްލާމީ އަދި ދިވެހި ސަޤާފީ ރީތި އާދަކާދަތައް ދިރުވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

ޑރ މުޙައްމަދު ޝަހީމް އަލީ ސައީދުއިސްލާމިކް މިނިސްޓްރީފިޠުރު ޢީދުއަޟްހާ އީދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

30 މެއި 2026

ޢީދު ފާހަގަކުރުމަށް މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާއަރުވަނީ

30 މެއި 2026
ޢީދު ފާހަގަކުރުމަށް މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާއަރުވަނީ
29 މެއި 2026

ސަރުކާރަށް ހަޖަމްނުވި "މާލި ޕެރޭޑް". ދިފާއަށް ދީނީ ކާޑު

29 މެއި 2026
ސަރުކާރަށް ހަޖަމްނުވި "މާލި ޕެރޭޑް". ދިފާއަށް ދީނީ ކާޑު
28 މެއި 2026

އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެ

28 މެއި 2026
އަޟްޙާ ޢީދުގެ އުފަލުގައި ބާއްވާ "ޢީދު ހަވީރު 1447" މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެ
27 މެއި 2026

ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި

27 މެއި 2026
ކަމަދޫން ކަރަންޓު ކެނޑުނުތާ 5 ގަޑިއިރު ފަހުން އަލުން ދީފި
27 މެއި 2026

ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި

27 މެއި 2026
  ލޯޑު ބޮޑުވެގެން މުޅި ކަމަދޫ އިން ކަރަންޓު ގޮސްފި
27 މެއި 2026

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް
27 މެއި 2026

ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!

27 މެއި 2026
ކަމަދޫ އީދު އުފާ: ރާއްޖެޓީވީ ފޭސްބުކް އަދި ޓިކްޓޮކްއިން ލައިވްކޮށް!
27 މެއި 2026

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް
27 މެއި 2026

އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

27 މެއި 2026
އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި
27 މެއި 2026

މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ

27 މެއި 2026
މައްކާގެ ބިމުގައި އެތައް މިލިއަން މުސްލިމުން އެއްވެ އިބާދަތް ކުރާ މަންޒަރު ޤިޔާމަތް ދުވަހުގެ ހަގީގަތް ހަނދާން ކޮށްދޭ: އީދު ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް