Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އީދު ޕްލޭން ފަށައިފި

އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ސަރުކާރުން އިސްކަން ދިނީ "އީދު ޕްލޭނަށް"

ގައުމުގެ އިގްތިސާދީ އަދި މާލީ ހާލަތު ގޯސްވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، މިފަދަ ޕްލޭނަކަށް އިސްކަންދިނުމުން އާންމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 5 ޖޫން 2026 | ހުކުރު 09:07
އަޟްހާ އީދާ ގުޅިގެން ކޮންމެ އަހަރަކު ވެސް ކުޅުދުއްފުށިން ނެރޭ ''މަށިމާލި ޕެރޭޑުން'' ވަނީ ކަރަންޓު ރަހަލާ މަސްދަޅު ފެނިފައި

އަޟްހާ އީދާ ގުޅިގެން ކޮންމެ އަހަރަކު ވެސް ކުޅުދުއްފުށިން ނެރޭ ''މަށިމާލި ޕެރޭޑުން'' ވަނީ ކަރަންޓު ރަހަލާ މަސްދަޅު ފެނިފައި | ސޯޝަލް މީޑިއާ

ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ، މުހިންމު ދާއިރާތަކުން ހަރުދަނާ ސިޔާސަތުތަކެއް ފެންނަން ނެތް ކަމަށް ބުނެ އާންމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، އަންނަ އަހަރުން ފެށިގެން އީދު ފާހަގަކުރުމަށް ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފެށުމަކީ އަޖައިބު ހައިރާން ވާ ވާރުގެ ކަމެކެވެ. ސަރުކާރުގެ މި ނިންމުމާ އެކު ގިނަ ބަޔަކު ދަނީ، ގައުމުގެ އެންމެ މުހިންމު ކަންކަން ދޫކޮށްލުމަށް ފަހު، ސަރުކާރަށް އެންމެ އަވަސްކަމަކަށް ފެނުނީ އީދު ޕްލޭންތޯ ސުވާލު އުފައްދަމުންނެވެ. އެ އަޑު ވެސް ސަރުކާރަށް ފަހަރުގައި ނީވިދާނެ އެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ ކީކޭތޯ ބަލާލަމާ ހެއްޔެވެ. އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ފިތުރު އީދާއި އަޟްހާ އީދު މާލެ އާއި އަތޮޅުތަކުގައި ފާހަގަކުރުމާ ބެހޭ ގޮތުން ހާއްސަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ޕްލޭން އެކުލަވާލުމަށްޓަކައި އެ މިނިސްޓްރީގެ ތެރޭގައި ހާއްސަ ކޮމިޓީއެއް ވެސް މިހާރު ވަނީ އުފައްދާފައެވެ. މި ޕްލޭންގެ ދަށުން ކައުންސިލްތަކާ އެކު މަޝްވަރާކޮށްގެން، އަތޮޅުތަކުގައި ހަރަކާތްތެރިވާ އިސްލާމީ ހިދުމަތް ދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ވަކިން ހާއްސަކޮށް ސިޓީތަކުގައި އީދު ފާހަގަކުރުމުގައި މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދާނެއެވެ. އަދި މި މަސައްކަތުގައި ސަގާފަތާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ނަމަވެސް، މިއީ އީދު ފާހަގަކުރުމަށް ގަވައިދުތަކެއް ހެދުން ނޫން ކަމަށް ސަރުކާރުން ބުނެ އެވެ. މިއީ ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން ހިންގާނެ ހަރަކާތްތަކެއްގެ ޕްލޭނެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަގީގަތަކީ އިސްލާމިކް މިނިސްޓްރީން މިފަދަ ޕްލޭނެއް ހަދާކަން އިއުލާންކޮށްފައި މި ވަނީ، ނިމިދިޔަ ބޮޑު އީދުގައި ކުޅުދުއްފުށީ ސިޓީގައި ބޭއްވި ޕެރޭޑާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އެކަން ތުރާލަކަށް ވެގެން އުޅެނިކޮށެވެ. އެހެންކަމުން، މިއީ އީދު ފާހަގަކުރުމުގެ ތެރެއިން ފެންނަ ބައެއް ކަންކަން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި  ސިފަކުރާނެ ޖާގަ ކިތަންމެހާ ވެސް ބޮޑެވެ.

ސަރުކާރުގެ ހަރުދަނާ ޕްލޭނެއް ނެތުމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައި މިފަދަ ކަމެއް އިއުލާން ކުރުމުން ސަރުކާރުގެ ޕްރައޯރިޓީ ހުރި ގޮތާއި މެދު އިންތިހާ ސުވާލު އުފެދެ އެވެ. ހާއްސަކޮށް، އިސްލާހީ ފިޔަވަޅުތަކުގެ ނަމުގައި ފަށާފައިވާ ކަންކަން ތަންފީޒު ނުކުރެވި، ފަތުރުވެރިކަމުގެ ދާއިރާއަށް މިލިއަނުން ގެއްލުންވާނެ ކަމަށް ލަފާކުރެވޭތީ އެ ދާއިރާ ސަލާމަތް ކުރާނެ ޕްލޭނަކަށް އިންޑަސްޓްރީގެ މީހުން ދަނީ އާދޭސްކުރަމުން ދާއިރު އެ އަޑު ނީވި މިފަދަ ޕްލޭންތައް މެކުހަށް ޖެހުމަކީ ސަރުކާރުގެ ސީރިއަސްކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

މިހާ ބޮޑެތި މައްސަލަތައް ގައުމުގައި ހުރި އިރު، ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް އީދު ފާހަގަކުރާނެ ގޮތުގެ ޕްލޭނަކަށް ދިނުމަކީ ގިނަ ބަޔަކު ހައިރާންވާ ކަމެކެވެ. އިދިކޮޅު މެމްބަރުން ވެސް ފާހަގަކުރާ ގޮތުގައި، ސަރުކާރުން އިސްކަންދޭންވީ ރައްޔިތުންގެ ޖީބަށް ތަދުވެ، ގައުމުގެ މާލީ ހާލަތު ދަށަށް ދާތީ އެކަންކަން ހައްލުކުރާނެ ޕްލޭނެއް އެކުލަވާލުމަށެވެ. ނަމަވެސް މިހާތަނަށް ފެންނަމުންދަނީ އަސާސީ މައްސަލަތަކަށްވުރެ ބޮޑަށް، ސަރުކާރުގެ ސިޔާސީ މަގްސަދުތައް ހާސިލްވާނެ ފަދަ ކަންކަމަށް ޕްލޭންތައް ހަދަމުންދާ މަންޒަރެވެ.

އިސްލާމިކް މިނިސްޓްރީފިޠުރު ޢީދުއަޟްހާ އީދުކުޅުދުއްފުށިމާލެ

އިތުރަށް ކިޔާލަން

04 ޖޫން 2026

ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވާލަނީ

04 ޖޫން 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވާލަނީ
04 ޖޫން 2026

ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟

04 ޖޫން 2026
ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟
02 ޖޫން 2026

ބަލި ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބޭ ފަރުވާއަށް ވެސް ބޭރަށް ދާން އާސަންދަ ދޭން ނިންމައިފި

02 ޖޫން 2026
ބަލި ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބޭ ފަރުވާއަށް ވެސް ބޭރަށް ދާން އާސަންދަ ދޭން ނިންމައިފި
02 ޖޫން 2026

2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު

02 ޖޫން 2026
2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު
02 ޖޫން 2026

14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!

02 ޖޫން 2026
14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު