Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އދ. މަޖިލިސް

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިންތިޚާބް ކުރުމުގައި ދިވެހި މިޝަން އިން "އަކުން ބަކުން" ކުޅެފި

"ދަ ގްލޯބަލް އޮބްޒަވޭޓަރީ" ގައި އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، މާރިޗު މަހުގެ 11 ވަނަ ދުވަހު އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުން ވަނީ ގަމްބާގެ ނަން ރަސްމީކޮށް ހުށަހަޅާފަ. ނަމަވެސް އޭގެ 14 ދުވަސް ފަހުން، ރާއްޖެއިން ވަނީ ދެ ޖުމްލައިގެ ކުރު ސިޓީއަކުން އެ ނޮމިނޭޝަން އަނބުރާ ގެންގޮސްފަ.

އަލް - ހުރަވީ
އަލް - ހުރަވީ, ރާއްޖެ އެމްވީ | 21 އެޕްރީލު 2026 | އަންގާރަ 12:43
އ.ދ މަޖިލިސް

އ.ދ މަޖިލިސް | އައިޕީއައި ގްލޯބަލް އޮބްޒަރވެޓަރީ

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ޢައްޔަން ކުރުމަށް 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަކުރެއްވުމަށް، ދިވެހިރާއްޖެއިން ހުށަހެޅި އދ. ގެ ކުރީގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ވަރޖީނިއާ ގަމްބާގެ ނަން، އެއްވެސް ސަބަބެއް ބަޔާންކުރުމަކާ ނުލައި ރާއްޖެއިން ކުއްލި ގޮތަކަށް އަނބުރާ ގެންގޮސްފިއެވެ.

"ދަ ގްލޯބަލް އޮބްޒަވޭޓަރީ" ގައި އާންމުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، މާރިޗު މަހުގެ 11 ވަނަ ދުވަހު އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުން ވަނީ ގަމްބާގެ ނަން ރަސްމީކޮށް ހުށަހަޅާފައެވެ. ނަމަވެސް އޭގެ 14 ދުވަސް ފަހުން، ރާއްޖެއިން ވަނީ ދެ ޖުމްލައިގެ ކުރު ސިޓީއަކުން އެ ނޮމިނޭޝަން އަނބުރާ ގެންގޮސްފައެވެ.

Advertisement - newsAdvertisement
ރާއްޖޭގެ UN މިޝަން އިން ފޮނުވި ސިޓީ
ރާއްޖޭގެ UN މިޝަން އިން ފޮނުވި ސިޓީ
ޔުނައިޓެޑް ނޭޝަންސް އޮފީހުން ފޮނުވި ސިޓީ
ޔުނައިޓެޑް ނޭޝަންސް އޮފީހުން ފޮނުވި ސިޓީ

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގަމްބާއާ ރާއްޖެއާ ދެމެދު މީގެ ކުރިން އެއްވެސް ގުޅުމެއް އޮތްކަމެއް އެނގޭކަށް ނެތެވެ. އަދި އޭނާގެ ކެމްޕޭނަށް ޚަރަދުކުރުމަށް ހަމަޖެހިފައި އޮތީ އަމިއްލަ ފައިސާއިންނާއި، ދަރިވަރުންގެ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް އެސޯސިއޭޝަންގެ އެހީގައެވެ.

ސިޔާސީ ބުރަދަނާއި ގައުމުތަކުގެ އެކަށީގެންވާ ތާއީދު ނެތި އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ވާދަކުރާ ކެންޑިޑޭޓުންނަށް ފާޑުކިޔައި ލިޔެފައިވާ މި ރިޕޯޓުގައި، ގަމްބާގެ ކެމްޕޭނަކީ އޭގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލު ކަމުގައި ވަނީ ސިފަކޮށްފައެވެ. އެފަދަ މަގާމަކަށް ވާދަކުރައްވާއިރު، ސަލާމަތީ މަޖިލީހުގެ ނުފޫޒުގަދަ ގައުމުތަކުގެ ތާއީދާއި، ދިގު ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ނޮމިނޭޓްކުރާ ގައުމެއްގައި ހުންނަން ޖެހޭނެކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ގަމްބާގެ އިތުރުން، މިފަހަރުގެ ރޭހުގައި އެކަށީގެންވާ ސިޔާސީ ތާއީދެއް ނެތި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ ތެރޭގައި ޗިލީގެ ކުރީގެ ރައީސް މިޝޭލް ބަޗެލޭ އަދި ސެނެގޯލްގެ ކުރީގެ ރައީސް މެކީ ސޯލް ހިމެނޭކަން ވަނީ ފާހަގަކޮށްފައެވެ. މި ބޭފުޅުންނަށްވެސް އެ ބޭފުޅުންގެ އަމިއްލަ ގައުމުގެ ނުވަތަ ސަރަހައްދުގެ ފުރިހަމަ ތާއީދު ލިބިވަޑައިގެންފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ހޮވުމުގެ މަރުހަލާތައް ކުރިއަށްދާއިރު، އާންމުކޮށް ހުޅުވާލައިގެން ކެންޑިޑޭޓުންނާ ސުވާލުކުރުމުގެ ސެޝަންތައް އޭޕްރީލް 21 އަދި 22 ގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

މަސްދަރު: https://theglobalobservatory.org/2026/04/2026-unsg-race-too-many-candidacies-without-political-backing/

ޔޫއެން ވައިސް ޕްރެޒިޑެންޓްވާޖިނިއާ ގަމްބާޑަބްލިއު މޯލްޑިވްސްމިޝޭލް ބެޗެލެޓްމެކީ ސޯލްދަ ގްލޯބަލް އޮބްޒަވޭޓަރީ

އިތުރަށް ކިޔާލަން

16 އެޕްރީލު 2026

ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

16 އެޕްރީލު 2026
ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
15 މާރިޗު 2026

އދ.ގެ ސެކްރެޓަރީ ޖެނެރަލް މަގާމަށް އާޖެންޓިނާ ސަރުކާރުން ނަމެއް ހުށަހަޅާފައިވަނިކޮށް ރާއްޖެ އިން އެ މަގާމަށް އާޖެންޓިނާގެ އެހެން ފަރާތެއްގެ ނަން ހުށަހަޅައިފި

15 މާރިޗު 2026
އދ.ގެ ސެކްރެޓަރީ ޖެނެރަލް މަގާމަށް އާޖެންޓިނާ ސަރުކާރުން ނަމެއް ހުށަހަޅާފައިވަނިކޮށް ރާއްޖެ އިން އެ މަގާމަށް އާޖެންޓިނާގެ އެހެން ފަރާތެއްގެ ނަން ހުށަހަޅައިފި
20 ފެބުރުއަރީ 2026

ރާއްޖޭގައި ތަރައްގީކުރާ "ޓްރަމްޕް ރިސޯޓް" މަޝްރޫއުގެ އިންވެސްޓަރުންނަށް ބްލޮކްޗެއިން މެދުވެރިކޮށް ޓޯކަން ގަތުމުގެ ފުރުސަތު ހުޅުވާލައިފި

20 ފެބުރުއަރީ 2026
ރާއްޖޭގައި ތަރައްގީކުރާ "ޓްރަމްޕް ރިސޯޓް" މަޝްރޫއުގެ އިންވެސްޓަރުންނަށް ބްލޮކްޗެއިން މެދުވެރިކޮށް ޓޯކަން ގަތުމުގެ ފުރުސަތު ހުޅުވާލައިފި
02 ޖެނުއަރީ 2026

ޑަބްލިއު މޯލްޑިވްސް އިން ރާއްޖޭގެ އެންމެ ބޮޑު އެއް ފަރު އާލާކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފި

02 ޖެނުއަރީ 2026
ޑަބްލިއު މޯލްޑިވްސް އިން ރާއްޖޭގެ އެންމެ ބޮޑު އެއް ފަރު އާލާކުރުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު