Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލުން

"އަދަދު" ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އދ. ގެ ހިއުމަން ރައިޓްސް ކަމިޝަނަރގެ އޮފީހަށް ހުށަހަޅައިފި

މި މައްސަލައިގައި ބުނެފައިވަނީ ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި، އިންސާފުވެރި ޝަރީއަތެއްގެ ހައްގުން މަހުރޫމްވާ ގޮތަށް ކަމަށް. އަދި ދައުލަތުގެ މުއައްސަސާތަކުން ނޫސްވެރިންނަށް ބިރުދައްކަމުންދާ ކަމަށާއި، ސިޔާސީ ނުފޫޒުގެ ސަބަބުން ރާއްޖޭގެ ކޯޓުތަކުން އިންސާފު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށްވެސް އެ ޝަކުވާގައި ފާހަގަކޮށްފައިވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 16 މެއި 2026 | ހޮނިހިރު 01:26
ޖަލަށްލާފަވާ އަދަދުގެ ދެ ނޫސްވެރިން:  ލީވާން އަލީ ނާސިރާއި، ޝަހުޒާން މުހައްމަދު

ޖަލަށްލާފަވާ އަދަދުގެ ދެ ނޫސްވެރިން: ލީވާން އަލީ ނާސިރާއި، ޝަހުޒާން މުހައްމަދު | އަދަދު

 

"އަދަދު" އޮންލައިންގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށްލީ މައްސަލަ އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރގެ އޮފީހުގެ ސަމާލުކަމަށް ގެނެސްފި އެވެ.

Advertisement - newsAdvertisement

މި މައްސަލަ އދ. އަށް ހުށަހެޅީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ގާނޫނާ ހިލާފަށް ނޫސްވެރިން ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން "އައިޝާ" ގެ ނަމުގައި އެ ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓްރީއަކާ ގުޅިގެން ކަމަށް އދ. އަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. މި ހާދިސާ ފެށުނީ މާޗް 28، 2026 ގައި އެ ޑޮކިއުމަންޓްރީ އާންމުކުރުމާ ގުޅިގެންނެވެ.

ޑޮކިއުމަންޓްރީ އާންމުކުރިތާ މަހެއްހާ ދުވަސް ފަހުން، އޭޕްރިލް 28 ގައި ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، ނޫސްވެރިން ބޭނުންކުރާ ލެޕްޓޮޕްތަކާއި ސްޓޯރޭޖް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި މެއި 10، 2026 ގައި ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމަންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް އަމުރެއް ނެރެފަ އެވެ.

ނޫސްވެރިޔާ ޝަހުޒާން ހައްޔަރުކުރީ މެއި 11 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސާ ސުވާލުކުރުމުން، ކޯޓު އަމުރާ ހިލާފުވި ކަމަށް ބުނެ 15 ދުވަހުގެ ޖަލު ހުކުމަކާއި 25,000 ރުފިޔާގެ ޖޫރިމަނާއަކާ އެކުގަ އެވެ. ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލީ ކޯޓު އަމުރާ ގުޅޭގޮތުން ލިޔުނު ރިޕޯޓަކުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމުމަށްފަހު އެވެ.

އދ. އަށް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ ވަކީލަކު ހޯދަން ދިނީ އެންމެ ދެ ގަޑިއިރު ކަމަށްވާތީ، މިއީ އިންސާފުވެރި ޝަރީއަތެއްގެ ހައްގުން މަހުރޫމްކުރުން ކަމަށެވެ. މީގެ އިތުރުން، މި އަމަލަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާގެ 19 ވަނަ މާއްދާއާ ހިލާފަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ދައުލަތުގެ އެކި މުއައްސަސާތަކުން ނޫސްވެރިންނަށް ބިރުދައްކަމުންދާ ކަމަށް ތުހުމަތުކުރާއިރު، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ސިޔާސީ ނުފޫޒުގެ ސަބަބުން އިންސާފު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އދ. އަށް ހުށަހެޅި ލިޔުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދަދު އޮންލައިންއދ. ހިއުމަން ރައިޓްސް ކައުންސިލްކްރިމިނަލް ކޯޓްޕްރެސް ފްރީޑަމްނޫސްވެރިން ހައްޔަރުކުރުން

އިތުރަށް ކިޔާލަން

15 މެއި 2026

ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

15 މެއި 2026
ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!
15 މެއި 2026

ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ

15 މެއި 2026
ތިން ރައީސުންގެ ތާރީޚީ މަޝްވަރާތައް ފެށިއްޖެ
15 މެއި 2026

ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިން މާލޭގައި އިހްތިޖާޖު ކޮށްފި

15 މެއި 2026
ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިން މާލޭގައި އިހްތިޖާޖު ކޮށްފި
15 މެއި 2026

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

15 މެއި 2026
ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ
14 މެއި 2026

އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު

14 މެއި 2026
އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު