Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޝާ ޑޮކިއުމެންޓްރީ

ރައީސް މުއިއްޒުއާ ބެހޭ ގޮތުން ގިނަގިނައިން ޑޮކިއުމަންޓްރީތައް ހަދައިގެން ނެރުމަށް އެމަނިކުފާނު ގޮވާލައްވައިފި

ރައީސް މުއިއްޒާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ހަގީގަތާ ޚިލާފު ޑޮކިއުމަންޓްރީތައް ހަދާތީ އެކަމާ އުފާކުރައްވާ ކަމަށާއި، އެފަދަ އަމަލުތަކުގެ ސަބަބުން ކެތްތެރިވުމުގެ ސަވާބު ލިބޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި. ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެމަނިކުފާނާ ބެހޭގޮތުން ގިނަގިނައިން ޑޮކިއުމަންޓްރީތައް ނެރުމަށް ގޮވާލައްވައި، ތެދުވެރިކަމާއެކު ހަދާ އެއްޗަކުން އަބުރު ކަތިނުލެވޭނެ ކަމަށް ވިދާޅުވެފައިވޭ. ނަމަވެސް، "އަދަދު" ނޫހުން ނެރުނު ޑޮކިއުމަންޓްރީއަކާ ގުޅިގެން ކޯޓު އަމުރެއް ނެރެ، ދެ ނޫސްވެރިއަކު ޖަލަށްލާފައިވާކަން ފާހަގަކުރެވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 މެއި 2026 | ހުކުރު 10:36
ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ޕީއެންސީ

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބެހޭ ގޮތުން ގިނަގިނައިން ޑޮކިއުމަންޓްރީތައް ހަދައިގެން ނެރުމަށް އެމަނިކުފާނު ގޮވާލައްވައިފި އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ 28 މާޗް 2026 ގައި އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީއަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ، ވާދަވެރިން ޑޮކިއުމަންޓްރީތައް ހަދާތީ އެކަމާ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށާއި އެކަމަށް މާތް ﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ. އަދި އެމީހަކާ ބެހޭ ގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރައި އެމީހެއްގެ އަގު ވައްޓާލައި، އަބުރު ކަތިލެވިގެން ދާއިރު، ކެތްތެރިކަން އިސް ކުރުމުން އެތައް ގުނައަކުން ސަވާބު ލިބޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެހެންކަމުން ގިނަގިނައިން ޑޮކިއުމަންޓްރީތައް ހެދުމަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ. އަދި ވިދާޅުވީ ތެދުވެރިކަމާއެކު ހަދާ ޑޮކިއުމަންޓްރީއަކުން އަބުރު ކަތިނުލެވޭނެ ކަމަށެވެ. 

އަޅުގަނޑު އަމަލުކުރަމުންދާ ގޮތް އަޅުގަނޑު އުޅޭގޮތް އަޅުގަނޑު ދައްކާ ވާހަކަ އަޅުގަނޑަށް އެނގޭ. އެއީ އެހެން މީހަކު ވާހަކައެއް ބުނެގެންނެއް ބަދަލުވާނެ ވާހަކައެއް ނޫން. އަޅުގަނޑާ ގުޅޭގޮތުން ކިތަންމެ ބައިވަރު ދޮގު ވާހަކަތައް ހެދިދާނެ. ކިތަންމެ ބައިވަރު ޑޮކިއުމަންޓްރީތައް ވެސް ހެދިދާނެ. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އުފާވޭ އެކަހަލަ ކަންތައް ކުރާތީ. ހަމަ ﷲ އަށް ހަމްދުކުރަން. އަލްހަމްދު ލިއްލާހް. އެއީ ދީނުގައި އޮންނަނީ ވަރަށް މަތިވެރި އިސްކަމެއް ދީފައި އެމީހަކާ ބެހޭ ގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާ އެ މީހެއްގެ އަގު ވައްޓާލާ އެމީހާގެ އަބުރު ކަތިލެވިގެންދާއިރުގަ ކެތްތެރިކަން އިސްކުރުމަށް ވަރަށް މަތިވެރި އިސްކަމެއް ދެއްވާ ވަރަށް ސަވާބު ލިބިގެންވާ ކަމެއް އެއީ. އެހެންވީމަ އަޅުގަނޑު އުފާކުރަން އަލްހަމްދު ލިއްލާހް. އަޅުގަނޑު އެދެނީ ގިނަގިނައިން ޑޮކިއުމަންޓްރީތައް ހަދައިގެން ނެރެން. އަޅުގަނޑާ ބެހޭ ގޮތުން ތެދު ބަހުން ޑޮކިއުމަންޓްރީތައް ހަދައިގެން އަޅުގަނޑުގެ އަބުރު ކަތިލާކަށް ނުނެރެވޭނެ ޔަގީނުން ވެސް.  
ރައީސް ޑރ.މުހައްމަދު މުއިއްޒު

ގިނަގިނައިން ޑޮކިއުމަންޓްރީތައް ހަދައިގެން ނެރުމަށް ރައީސް މުއިއްޒު ގޮވާލެއްވިއިރު، އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ކްރިމިނަލް ކޯޓުން 10 މެއި 2026  ގައި ވަނީ އަމުރެއް ނެރިފަ އެވެ. އަދި މި އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި އަދަދުގެ ދެ ނޫސްވެރިން ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން 12 މެއި 2026 ގައި ޖަލަށް ވަނީ ލާފަ އެވެ. 

ޕީއެންސީލީވާން އަލީ ނާސިރުމުހައްމަދު ޝަހުޒާންއައިޝާ ޑޮކިއުމެންޓްރީ

އިތުރަށް ކިޔާލަން

15 މެއި 2026

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ

15 މެއި 2026
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ
15 މެއި 2026

އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު

15 މެއި 2026
އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު
15 މެއި 2026

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

15 މެއި 2026
ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ
14 މެއި 2026

ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!

14 މެއި 2026
ބޭރުގެ ނޫސް ޗެނަލްތަކުން ގެގް އޯޑަރާ ޚިލާފު ކޮންޓެންޓު ދެއްކިޔަސް، އެ ކޮންޓެންޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް، ފިޔަވަޅު އަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް!
14 މެއި 2026

މީދޫ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގެ ނިންމުމާއެކު އެމްޑީއޭއާއި ޕީއެންސީ ކެންޑިޑޭޓާ ވޯޓު އެއްވަރުވެއްޖެ!

14 މެއި 2026
 މީދޫ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގެ ނިންމުމާއެކު އެމްޑީއޭއާއި ޕީއެންސީ ކެންޑިޑޭޓާ ވޯޓު އެއްވަރުވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު