Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޮނޑި ގެއްލުން

ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން

13 މެއި 2026 | ބުދަ 14:24

މިނިވަން މެންބަރުންގެ ގޮތުގައި އިންތިޚާބުވުމަށްފަހު ޕީއެންސީއާ ގުޅިވަޑައިގެންނެވި 9 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅަން ވަނީ ނިންމާފަ. ގާނޫނީ ވަކީލު އަލީ ހުސައިން މި މައްސަލަ ހުށަހަޅުއްވަނީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު 20 ވަނަ މަޖިލީހަށް ތަތުބީގުވާނެ ކަމަށް ކޯޓުން ކުރިން ނިންމާފައިވާތީ. މިހާރު މަޖިލީހުގައި މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވީ އެންމެ ދެ މެންބަރުން ކަމަށްވާއިރު، އަމިއްލަ ގޮތުން ހޮވުނު އެހެން ހުރިހާ މެންބަރުން ވަނީ ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގެންފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 13 މެއި 2026 | ބުދަ 14:24
ގާނޫނީ ވަކީލް އަލީ ހުސެއިން

ގާނޫނީ ވަކީލް އަލީ ހުސެއިން | ރާއްޖެއެމްވީ

މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހު، ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި، ފެށޭ ހަފްތާގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް މީގެ ކުރިން ކުރައްވާފައިވާ އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން އެބަތިބި ކަމަށެވެ. އެ މެންބަރުންނަކީ އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، މަޖިލިސް ފެށުމުގެ ކުރިންނާއި ފަހުން ޕީއެންސީ އަށް ސޮއިކުރެއްވި މެންބަރުންނެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން އަލީ ހުސެއިން ވިދާޅުވީ، މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު މިހާރު ހިނގަމުންދާ މަޖިލީހަށްވެސް ހިނގާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، މިނިވަން މެންބަރުންގެ ގޮތުގައި އިންތިޚާބުވުމަށްފަހު ޕާޓީއަކާ ގުޅުމަކީ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނެސްފައިވާ އިސްލާހު 20 ވަނަ މަޖިލީހަށް ތަތުބީގު ކުރެވޭނެ ކަމަށެވެ. މާނަކުރުމުގެ ހަމަތަކަށް ބަލާއިރު، މަޖިލީހުން ހަދާ ގާނޫނުތަކަކީ ކުރިއަށް އޮތް ތަނަށް ހިނގާނެ އެއްޗެއް ކަމަށާއި، މަދަނީ ގާނޫނުތައް މާޒީއަށް ހިނގައިގެން ނުވާނެ ކަމަށް ބުނާ ހަރުކަށި އުސޫލެއް ނެތް ކަމަށްވެސް އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ގާނޫނުއަސާސީ އަށް ގެނައި 6 ވަނަ އިސްލާހު މިހާރުގެ މަޖިލީހަށް ހިނގާނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި މެންބަރުންގެ ތެރެއިން ޕީއެންސީ އާ ގުޅިވަޑައިގެންނެވި 9 މެންބަރުންނަކީ:

1. ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ

2. ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުއްއަޒީޒު

3. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު

4. ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް

5. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު

6. ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް

7. ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު

8. މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު

9. މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، މިހާރު މަޖިލީހުގައި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވީ އެންމެ ދެ މެންބަރުންނެވެ. އެއީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން އެވެ. މި ދެ މެންބަރުން ފިޔަވައި އަމިއްލަ ގޮތުން ހޮވުނު އެހެން ހުރިހާ މެންބަރުން ވަނީ ރައީސް މުއިއްޒުގެ ޕީއެންސީ އަށް ބަދަލުވެފަ އެވެ.

އަލީ ހުސައިންޕީއެންސީސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލިސްޤާނޫނުއަސާސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

13 މެއި 2026

ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް

13 މެއި 2026
ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް
13 މެއި 2026

ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟

13 މެއި 2026
ޕީއެންސީގެ އެތެރޭގައި މި ހިނގަނީ ކޮން ކަންތައްގަނޑެއް؟
13 މެއި 2026

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

13 މެއި 2026
ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި
13 މެއި 2026

ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!

13 މެއި 2026
ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!
13 މެއި 2026

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި

13 މެއި 2026
ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި
13 މެއި 2026

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި

13 މެއި 2026
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި
13 މެއި 2026

ކޯޓުތަކުގެ ޤާނޫނު އޮތް ގޮތުން ގެގް އޯޑަރ ފަދަ އަމުރުތައް ނެރުމުގެ ބާރު ކްރިމިނަލް ކޯޓަކަށް ނެތް!

13 މެއި 2026
ކޯޓުތަކުގެ ޤާނޫނު އޮތް ގޮތުން ގެގް އޯޑަރ ފަދަ އަމުރުތައް ނެރުމުގެ ބާރު ކްރިމިނަލް ކޯޓަކަށް ނެތް!
12 މެއި 2026

މިވަގުތު ވެސް އުވާލި އަތޮޅު ކައުންސިލްތަކުގެ 600 އެއްހާ މުވައްޒަފުން ތިބީ ވާނުވާގައި: ޒިޔާދު

12 މެއި 2026
މިވަގުތު ވެސް އުވާލި އަތޮޅު ކައުންސިލްތަކުގެ 600 އެއްހާ މުވައްޒަފުން ތިބީ ވާނުވާގައި: ޒިޔާދު
12 މެއި 2026

އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް

12 މެއި 2026
އެލްޖީއޭގެ ބޯޑުގެ ބާރު ކަނޑުވާލާ ބިލު ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީ އަށް
12 މެއި 2026

އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް

12 މެއި 2026
އަތޮޅުތައް ހިންގުން އެލްޖީއޭ އާ ހަވާލު ކުރަން ނިންމުމަށް ފަހު އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލު ކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް