Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޖަަރުމަނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ޓްރަމްޕް ނިންމުނުން، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ކަންބޮޑުވެއްޖެ

މިސިސިިޕީ އަށް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ރޮޖާސް ވިކާ އާއި، އަލަބާމާ އަށް ނިސްބަތްވާ ރިޕްރެޒެންޓޭޓިވް މައިކް ރޮޖާސް ގުޅިގެން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ޖަރުމަނުގައި ތިބި އެމެރިކާގެ ސިފައިން ބޭލުމަށް ނިންމި ނިންމުމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް. ވިކާ އާއި ރޮޖާސް އަކީ ސެނެޓާއި ހައުސް އާމްޑް ސާވިސަސް ކޮމެޓީ ތަކުގެ ރައީސުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މެއި 2026 | އާދީއްތަ 10:09
އެމެރިކާގެ ސެނެޓަރު ރޮޖާ ވިކާ.

އެމެރިކާގެ ސެނެޓަރު ރޮޖާ ވިކާ. | ރޮއިޓާސް

ނޭޓޯ އިއްތިހާދުގެ މެމްބަރު ޤައުމެއް ކަމަށްވާ ޖަރުމަނުގައި ތިބި އެމެރިކާގެ 5000 ސިފައިން ބޭލުމަށް އެމެރިކާގެ ޕެންޓަގަން އިން ނިންމުމާ ގުޅިގެން، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ އިސް ދެ މެމްބަަރަކު ކަންބޮޑުވުން ފާޅު ކޮށްފި އެވެ. 

މިސިސިިޕީ އަށް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ރޮޖާ ވިކާ އާއި، އަލަބާމާ އަށް ނިސްބަތްވާ ރިޕްރެޒެންޓޭޓިވް މައިކް ރޮޖާސް ގުޅިގެން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ޖަރުމަނުގައި ތިބި އެމެރިކާގެ ސިފައިން ބޭލުމަށް ނިންމި ނިންމުމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ވިކާ އާއި ރޮޖާސް އަކީ ސެނެޓާއި ހައުސް އާމްޑް ސާވިސަސް ކޮމެޓީ ތަކުގެ ރައީސުންނެވެ. 

މި ބަޔާން ނެރެފައި ވަނީ ޕެންޓަންގަން އިން ސިފައިން ބޭލުމުގެ ނިންމުން އިއުލާންކޮށް، ދެން އަންނަ ހަ މަހުން ނުވަތަ ބާރަ މަހުގެ ތެރޭގައި އެކަން ނިންމާލެވޭނެ ކަމަށް ބުނިތާ އެއް ދުވަސް ފަހުންނެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަފުތާގެ ކުރި ކޮޅު ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިޝް މާޒްއާ ދެކޮޅަށް ވާހަކަ ދައްކަވާފައި ވަނީ އެ ޤައުމުން ސިފައިން ބާލާނެ ކަމަށް އިންޒާރު ދެއްވަމުންނެވެ. ޖަރުމަނުގެ ޗާންސެލަރ މާޒް ވިދާޅުވެފައި ވަނީ، ދެ މަސް ދުވަހަށް ދެމިގެންދާ ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގައި އީރާން އިން އެމެރިކާ ލަދުގަންނަވާލި ކަމަށާއި، އެމެރިކާގެ މިސްރާބު ސާފު ނުވާ ކަމަށެވެ. 

ވިކާ އާއި ރޮޖާސް ވިދާޅުވީ، ޔޫރަޕުގައި އެމެރިކާ ސިފައިންގެ  ބަދަލުތައް ކޮންގްރެސް އާއި، އެމެރިކާގެ އިއްތިހާދީ ޤައުމުތަކާ ގުޅިގެން ބަލައި، ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ވިދާޅުވީ، އެ ނިންމުމާއި، އެމެރިކާގެ ރައްކާތެރިކަމާއި، އެޓްލާންޓިކް ސަރަހައްދުގެ ސަލާމަތަށް އޮތް އަސަރުތަކާ ބެހޭ ގޮތުން ކުރިއަށް އޮތް ދުވަސްތަކާއި، ހަފުތާ ތަކުގައި ޑިޕާޓްމަންޓް އިން އެ ކޮމެޓީތަކާ މަޝްވަރާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ނޭޓޯ އިއްތިހާދުގެ މެމްބަރު ޤައުމު ތަކުން ދިފާއީ ޚަރަދުތައް ޖީޑީޕީގެ ފަހެއް އިންސައްތަ އަށް އިތުރު ކުރި ނަމަވެސް، ދާދި ފަހުން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އަށް ރަނގަޅު މެސެޖެއް ނުދެވޭނެ ކަމަށާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ ޤާބިލުކަން އުފެއްދުމަށް ވަގުތު ބޭނުންވާނެ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވެފައިވެ އެވެ.

މަސްދަރު: ރޮއިޓާސް

އެމެރިކާއެމެރިކާ-ޖަރުމަންރޮޖާ ވިކާމައިކް ރޮޖާސް

އިތުރަށް ކިޔާލަން

03 މެއި 2026

އެމެރިކާގެ ތުހުމަތުތަކާ ގުޅިގެން، މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގެ ގަވަރުނަރު ވަގުތީ ގޮތުން މަގާމުން ދުރަށް ޖެހިލައިފި

03 މެއި 2026
އެމެރިކާގެ ތުހުމަތުތަކާ ގުޅިގެން، މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގެ ގަވަރުނަރު ވަގުތީ ގޮތުން މަގާމުން ދުރަށް ޖެހިލައިފި
03 މެއި 2026

ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 5000 އަށްވުރެ ކުޑަ ކުރާނަން: ޓްރަމްޕް

03 މެއި 2026
ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 5000 އަށްވުރެ ކުޑަ ކުރާނަން: ޓްރަމްޕް
02 މެއި 2026

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

02 މެއި 2026
މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
02 މެއި 2026

ޖަރުމަނުގައި ތިބި 5،000 އެމެރިކާ ސިފައިން ބޭލުމަށް އަމުރުކޮށްފި

02 މެއި 2026
ޖަރުމަނުގައި ތިބި 5،000 އެމެރިކާ ސިފައިން ބޭލުމަށް އަމުރުކޮށްފި
29 އެޕްރީލު 2026

ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ

29 އެޕްރީލު 2026
ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު