Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނގަ ބަންދު ކުރުމުގެ އަމުރު

ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު

11 މެއި 2026 | ހޯމަ 17:09

"އަދަދު" ނޫހުގެ "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅޭ ވާހަކަތައް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ. އެމަނިކުފާނު ވިދާޅުވީ ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން މުޠުލަޤު ސިފައެއްގައި ހަނިކުރާނަމަ، އެފަދަ "ގޭގް އޯޑަރ" ތަކަކީ ދިމިޤްރާޠީ އުޞޫލުތަކާ ޚިލާފު އަމުރުތަކެއް ކަމަށް. އަދި ޝަރީޢަތްތައް ސިއްރުކުރަންވާނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިޘްނާ ޙާލަތްތަކުގެ ޙުދޫދުގެ ތެރެއިން އެކަނި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް | 11 މެއި 2026 | ހޯމަ 17:09
ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ.

ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ. | ރާއްޖެ އެމްވީ

ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ. 

ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިފަދައިން ވިދާޅުވީ  އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދަޢުވާ ކުރެވިފައިވާ ހާދިސާއާ (އައިޝާ ޑޮކިއުމެންޓްރީ) ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީޢަތަށް ހުށަހެޅިފައި މިވާ ޑޮކިއުމަންޓަރީ އާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކުރުމާއި ގުޅިގެންނެވެ. 

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މިބާވަތުގެ މައްސަލަތަކަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތާއި ގުޅުންހުރި މަޢުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގާ ކަމަށެވެ. 

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންވެގެންވާ ޢާންމުކޮށް ހުޅުވައިލައިގެން ޝަރީޢަތް ހިންގުމުގެ ޢާލަމީ މަބްދައަކީ ޖިނާއީ އިޖްރާއާތުގައި އިސްތިޤުރާރުވެފައިވާ އަޞްލީ ޤާޢިދާއަކަށް ވާއިރު، އިސްތިޘްނާއީ ގޮތަކަށް މި ދުސްތޫރީ އަޞްލީ ޤާޢިދާއަށް ޢަމަލުކުރުން ޤައިދުކޮށް، ހަނިކުރެވޭނީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިމިޤްރާޠީ އުޞޫލުތަކާ ޚިލާފުނުވާނޭ ގޮތެއްގެމަތިން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ޙުދޫދުގެ ތެރޭގައި، އެ ސަބަބުތަކުން ޙާޞިލުކުރަން ބޭނުންވާ ޢާންމު މަޞްލަޙަތަށް ރިޢާޔަތްކޮށް އެކަންޏެވެ.

އެހެންކަމުން، އިސްތިޘްނާއާ ގުޅިގެން ޖިނާއީ ޝަރީޢަތްތަކާއި ޖިނާއީ ތަޙުޤީޤުތަކަށް ހުށަހެޅޭ ބަޔާންތަކާއި، އޭގައި ދެކެވޭ ވާހަކަތަށް ޢާންމު ނުކުރުމަށް ނުވަތަ ޝާއިޢު ނުކުރުމަށް އަންގައި ނެރޭ ކޯޓު އަމުރަކީ ނުވަތަ "ގޭގް އޯޑަރ" އަކީ ވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ މިނިވަންކަން މުޠުލަޤު ސިފައެއްގައި ޤައިދުކޮށް ނިގުޅައިގަނެވޭނޭ އަމުރަކަށް ވަންޏާ، އެ ވާނީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާ ޚިލާފު އަމުރަކަށެވެ.

އަޙްމަދު ޢަބްދުﷲ ދީދީއައިޝާ ޑޮކިއުމެންޓްރީކްރިމިނަލް ކޯޓްއަނގަ ބަންދުކުރުމަށް ނެރޭ އަމުރުޤާނޫނުއަސާސީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 މެއި 2026

ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް

11 މެއި 2026
ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް
11 މެއި 2026

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

11 މެއި 2026
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް
11 މެއި 2026

އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ނެރުނު އަމުރަށް އެއްވެސް ރައްޔިތަކު އެއްޗެއް ބުނެގެން ނުވާނެ: ރައީސް މުއިއްޒު

11 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ނެރުނު އަމުރަށް އެއްވެސް ރައްޔިތަކު އެއްޗެއް ބުނެގެން ނުވާނެ: ރައީސް މުއިއްޒު
11 މެއި 2026

މި ސަރުކާރުގެ ދާޚިލީ ވަޒީރު ވިދާޅުވީ ކޯޓު އަމުރާ ޚިލާފުވި ކަމަށް ނިންމަން ޖެހޭނީ ކޯޓުން ކަމަށް

11 މެއި 2026
މި ސަރުކާރުގެ ދާޚިލީ ވަޒީރު ވިދާޅުވީ ކޯޓު އަމުރާ ޚިލާފުވި ކަމަށް ނިންމަން ޖެހޭނީ ކޯޓުން ކަމަށް
11 މެއި 2026

އަދަދުގެ ނޫސްވެރިޔާ ކޯޓުއަމުރާ ޚިލާފުވި ކަމަށް ރައީސް ކަނޑައަޅުއްވައި، ދާޚިލީ ވަޒީރުގެ ހާޒިރުގައި ނޫސްވެރިންގެ ބައްދަލުވުމުންވެސް ނެރެލައިފި

11 މެއި 2026
އަދަދުގެ ނޫސްވެރިޔާ ކޯޓުއަމުރާ ޚިލާފުވި ކަމަށް ރައީސް ކަނޑައަޅުއްވައި، ދާޚިލީ ވަޒީރުގެ ހާޒިރުގައި ނޫސްވެރިންގެ ބައްދަލުވުމުންވެސް ނެރެލައިފި
11 މެއި 2026

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަންގައިފި

11 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަންގައިފި
11 މެއި 2026

މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް

11 މެއި 2026
މި ސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ބާތިލްކޮށް، އުފައްދާފައިވާ ބޭކާރު ކުންފުނިތައް އުވާލަން ޖެހޭ: ފައިސަލް
11 މެއި 2026

މެއި 6 ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ތަހުމީނާއި ހައިޝަމްގެ ޑީއެންއޭ މި މައްސަލައިގައި ގޮއްވާލާފައިވާ ބޮމުގެ ބައިތަކުން ފެނިފައިވޭ: ހެކިވެރިޔާ

11 މެއި 2026
މެއި 6 ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ތަހުމީނާއި ހައިޝަމްގެ ޑީއެންއޭ މި މައްސަލައިގައި ގޮއްވާލާފައިވާ ބޮމުގެ ބައިތަކުން ފެނިފައިވޭ: ހެކިވެރިޔާ
11 މެއި 2026

ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟

11 މެއި 2026
ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟
10 މެއި 2026

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި

10 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް