Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުޒާހަރާ

ކުރީގެ ތިން ރައީސުންނާއި ގިނަ އަދެއްގެ އާއްމު ރައްޔިތުން ކުރި މުޒާހަރާ އަށް ފުލުހުން ހުރަސް އަޅާ ގިނަ ބަޔަކު ހައްޔަރުކޮށްފި

ރަސްފަންނު ސަރަހައްދަށް އެއްވުމަށް ކުރި މަސައްކަތަށް ފުލުހުން ހުރަސްއެޅި ނަމަވެސް، ބައިވެރިން ވަނީ ބޮޑުތަކުރުފާނު މަގުގައި އަޑުއުފުލައި އިހުތިޖާޖުކޮށްފަ. ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި ބޭއްވި މި ހަރަކާތްތަކަށް ސަރުކާރުން ހުރަސްއަޅަމުންދާކަން ފާހަގަކުރެވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 16 މެއި 2026 | ހޮނިހިރު 01:26
Your browser does not support the video tag.
0:00 / 0:00

ހުކުރު ދުވަހުގެރޭ ކުރިޔަށްދިޔަ މުޒާހަރާގެ ތެރެއިން | ރާއްޖެ އެމްވީ

 

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަށް ފަހު، ސަޕޯޓަރުންނާ އެކު ކުރިއަށް ގެންދިޔަ މުޒާހަރާއަށް ފުލުހުން ހުރަސްއަޅައި ބައެއް މީހުން ހައްޔަރުކޮށްފި އެވެ.

މި މުޒާހަރާއަކީ ޖަލަށްލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ވެސްޓް ޕާކް ސަރަހައްދުން ފެށި މި ހިނގާލުމުގެ ބައިވެރިން ރަސްފަންނާ ދިމާލަށް ދިޔުމަށް މަސައްކަތް ކުރުމުން، ރަޔަޓް ގިއަރުގައި ތިބި ފުލުހުން ވަނީ ޝީލްޑް ބޭނުންކޮށްގެން ތިން ރައީސުންނާއި ސަޕޯޓަރުން ކުރިޔަށް ދިޔުމަށް ހުރަސްއަޅާފަ އެވެ. ގާނޫނަށް ގެނެސްފައިވާ ބަދަލުތަކުގެ ދަށުން ރަސްފަންނަކީ ހުއްދަ ހޯދުމަކާ ނުލާ މުޒާހަރާ ކުރެވޭ ސަރަހައްދަކަށް ވީނަމަވެސް، ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގު ދެ ފަޅިން ބަންދުކޮށް މުޒާހަރާ ކުރިއަށް ގެންދިޔުމަށް ހުރަސްއަޅާފަ އެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުތަކުރުފާނު މަގުން އެކުވެނި ކްރިކެޓް ދަނޑާ ހަމައަށް ގޮސް، ޖަލަށްލާފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލާފަ އެވެ. ފުލުހުން މުޒާހަރާ ރޫޅާލުމުގެ ތެރޭގައި މަދުވެގެން 5 މީހަކު ހައްޔަރުކޮށް، މުޒާހަރާގައި ބޭނުންކުރި ލައުޑްސްޕީކަރުތައް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މި މުޒާހަރާގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު މިނިވަން ކުރުމަށެވެ. މީގެ ކުރިން ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގެ ތެރެއިން ވެސް ފުލުހުން ވަނީ އިންޒާރަކާ ނުލާ ޕެޕަރ ސްޕްރޭ ބޭނުންކޮށް މީހަކު ހައްޔަރުކޮށްފަ އެވެ.

ހުކުރު ދުވަހުގެ ހަވީރު ގިނަ އަދަދެއްގެ ނޫސްވެރިން ވެސް ވަނީ، ޖަލަށް ލާފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އިހުތިޖާޖު ކޮށްފަ އެވެ. މި އިހުތިޖާޖަށް ވެސް ސަރުކާރުުން އަންގައިގެން ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްނޫސްވެރިންގެ އިހުތިޖާޖުމުޒާހަރާ-ފުލުހުން

އިތުރަށް ކިޔާލަން

15 މެއި 2026

ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

15 މެއި 2026
ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!
15 މެއި 2026

ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!

15 މެއި 2026
ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ!
15 މެއި 2026

ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިން މާލޭގައި އިހްތިޖާޖު ކޮށްފި

15 މެއި 2026
ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ، ގިނަ އަދަދެއްގެ ނޫސްވެރިން މާލޭގައި އިހްތިޖާޖު ކޮށްފި
14 މެއި 2026

އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު

14 މެއި 2026
އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު
14 މެއި 2026

ރައީސް ނަޝީދާއި ރައީސް ޞޯލިޙް އަދި ރައީސް ޔާމީން ހުކުރު ދުވަހު ބައްދަލު ކުރައްވަނީ

14 މެއި 2026
ރައީސް ނަޝީދާއި ރައީސް ޞޯލިޙް އަދި ރައީސް ޔާމީން ހުކުރު ދުވަހު ބައްދަލު ކުރައްވަނީ
11 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

11 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު
10 މެއި 2026

ރާއްޖެ އަކީ 30 އިންސައްތަ އަަށް ވުރެ ތާއީދު ދަށްކޮށް އޮތް ރައީސް މުއިއްޒުގެ ގައުމެއް ނޫން: ކުރީގެ ރައީސް ނަޝީދު

10 މެއި 2026
ރާއްޖެ އަކީ 30 އިންސައްތަ އަަށް ވުރެ ތާއީދު ދަށްކޮށް އޮތް ރައީސް މުއިއްޒުގެ ގައުމެއް ނޫން: ކުރީގެ ރައީސް ނަޝީދު
09 މެއި 2026

ޖޫން މަހު ހަމަވާ 50 މިލިއަން ޑޮލަރުގެ ބޮންޑަށް، އިންޑިއާ އަށް ދައްކަންޖެހޭ ފައިސާ ރިޒާވްގައި ނެތް: ރައީސް ނަޝީދު

09 މެއި 2026
ޖޫން މަހު ހަމަވާ 50 މިލިއަން ޑޮލަރުގެ ބޮންޑަށް، އިންޑިއާ އަށް ދައްކަންޖެހޭ ފައިސާ ރިޒާވްގައި ނެތް: ރައީސް ނަޝީދު
09 މެއި 2026

ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު

09 މެއި 2026
ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު
07 މެއި 2026

"ސަރުކާރުން ފުލުހުންގެ މުއައްސަސާ ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސަން

07 މެއި 2026
"ސަރުކާރުން ފުލުހުންގެ މުއައްސަސާ ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު