Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިން ރައީސުންގެ ކޮމެޓީ

އުންމީދު ވަރަށް ބޮޑު، ޤައުމުގެ މިސްރާބު ރަނގަޅު ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެ: ތިން ރައީސުންގެ ކޮމެޓީ

ބައްދަލުވުމަަށް ފަހު މީޑިއާ ތަކަށް ދެއްވި ބްރީފިންއެއްގައި ކޮމެޓީގެ ފަރާތުން ފައްޔާޒް ވިދާޅުވީ، ޕާޓީ ތަކަށް އެ މައްސަލަތައް ގެންގޮސްގެން ކުރިއަށް ދާނެ ގޮތަކާ މެދު ވާހަކަ ދެކެވުނު ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2026 | ހޯމަ 09:36
ބައްދަލުވުމަށް ފަހު ތިން ރައީސުންގެ ކޮމެޓީ އިން މީޑިއާ ތަކަށް ދެއްވި ބްރީފިން.

ބައްދަލުވުމަށް ފަހު ތިން ރައީސުންގެ ކޮމެޓީ އިން މީޑިއާ ތަކަށް ދެއްވި ބްރީފިން. | ރާއްޖެ އެމްވީ

ކުރީގެ ތިން ރައީސުން އުފައްދަވާފައިވާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާއިރު، ޤައުމު މިހާރު މިދާ މިސްރާބު ރަނގަޅު ކުރުމަށް އިދިކޮޅު ފަރާތް ތަކަށް ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމަށް އެ ކޮމެޓީ އިން ބުނެފި އެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ފަރާތުން ކަނޑައެޅުއްވި ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ ހޯމަ ދުވަހުގެ މެންދުރު އެވެ. މެންހަޓަންގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ކޮމެޓީގައި ހިމެނޭ ހަ މެމްބަރުން ވެސް ބައިވެރިވެފައި އެވެ.

Advertisement - newsAdvertisement

މި ކޮމެޓީގައި ހިމެނޭ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީބާ ޢަބްދުﷲ އާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙުމަދު ސަލީމް (ސައްލެ) އާއި، އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ) އާއި، ކުރީގެ މިނިސްޓަރު މުޙައްމަދު މަލީޙު އަދި އިސްމާއީލް ޒަރިޔަންދު އެވެ.

ތިން ރައީސުންގެ ކޮމެޓީ އިން ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން.
ތިން ރައީސުންގެ ކޮމެޓީ އިން ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން.

ބައްދަލުވުމަަށް ފަހު މީޑިއާ ތަކަށް ދެއްވި ބްރީފިންއެއްގައި ކޮމެޓީގެ ފަރާތުން ފައްޔާޒް ވިދާޅުވީ، ޕާޓީ ތަކަށް އެ މައްސަލަތައް ގެންގޮސްގެން ކުރިއަށް ދާނެ ގޮތަކާ މެދު ވާހަކަ ދެކެވުނު ކަމަށެވެ. ފައްޔާޒް ވިދާޅުވީ އެ ޙަރަކާތްތައް ކުރިއަށް ދާނެ ގޮތާއި، ދުވަހުން ދުވަހަށް މައުލޫމާތު ހާމަ ކުރުމުގެ އިންތިޒާމެއް ހަމަޖައްސައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އިތުރަށް ފައްޔާޒް ވިދާޅުވީ މި މަސައްކަތުގައި ކޮމެޓީގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. މިހާރު ދިވެހި ރާއްޖެ ދަތުރު ކުރަމުންދާ މިސްރާބުން ރަނގަޅު ކުރުމަށް، އިދިކޮޅު ފަރާތްތަކުން އެކުވެގެން ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ. 

ކުރީގެ ތިން ރައީސުން އެކުވެގެން މަސައްކަތް ކުރަން ނިންމާފައި ވަނީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުގެ ސަބަބުން ރައްޔިތުންގެ މެދުގައި ސަރުކާރާ މެދު އޮތް ނުތަނަވަސްކަން އިތުރުވެފައިވާ ވަގުތެއްގަ އެވެ.

ތިން ރައީސުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ރައީސް މުއިއްޒުގެ ސަރުކާރުން ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރު ކޮށްދޭ އަސާސީ ޙައްޤު ތަކަށް ފާޅުގައި އަރައިގެންފައިވާ ކަމަށާއި، ޝަރުއީ ކޯޓު ތަކަށް ވެސް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާ ތަކުގެ މުސްތަޤިއްލުކަން ގެއްލުވާލާފައިވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ހަމަ އެހެންމެ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމާއި، ނޫސްވެރިން ޖަލަށްވެސް ލަމުންދާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އަދި ރައްޔިތުންގެ އާންމު ޙާލަތު ދަށްވެ، އިޤްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކަށް އުފުލިފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ޙާލަތުގައި ވެސް ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުކަމަށް ބަޔާނުގައިވެ އެވެ.

ތިން ރައީސުންގެ ކޮމެޓީކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްކުރީގެ ރައީސް، މުހައްމަދު ނަޝީދުކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް

އިތުރަށް ކިޔާލަން

17 މެއި 2026

ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައި، ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު

17 މެއި 2026
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައި، ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު
16 މެއި 2026

ކުރީގެ ތިން ރައީސުންނާއި ގިނަ އަދެއްގެ އާއްމު ރައްޔިތުން ކުރި މުޒާހަރާ އަށް ފުލުހުން ހުރަސް އަޅާ ގިނަ ބަޔަކު ހައްޔަރުކޮށްފި

16 މެއި 2026
 ކުރީގެ ތިން ރައީސުންނާއި ގިނަ އަދެއްގެ އާއްމު ރައްޔިތުން ކުރި މުޒާހަރާ އަށް ފުލުހުން ހުރަސް އަޅާ ގިނަ ބަޔަކު ހައްޔަރުކޮށްފި
14 މެއި 2026

ރައީސް ނަޝީދާއި ރައީސް ޞޯލިޙް އަދި ރައީސް ޔާމީން ހުކުރު ދުވަހު ބައްދަލު ކުރައްވަނީ

14 މެއި 2026
ރައީސް ނަޝީދާއި ރައީސް ޞޯލިޙް އަދި ރައީސް ޔާމީން ހުކުރު ދުވަހު ބައްދަލު ކުރައްވަނީ
09 މެއި 2026

ޗާގޯސް މައްސަލައިގަ މޮރިޝަސް އޮތީ ސުލްހަވެރި ހައްލެއް ހޯދަން ރާއްޖެ އާއި މަޝްވަރާ ކުރަން ތައްޔާރަށް: ރައީސް ނަޝީދު

09 މެއި 2026
ޗާގޯސް މައްސަލައިގަ މޮރިޝަސް އޮތީ ސުލްހަވެރި ހައްލެއް ހޯދަން ރާއްޖެ އާއި މަޝްވަރާ ކުރަން ތައްޔާރަށް: ރައީސް ނަޝީދު
09 މެއި 2026

ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު

09 މެއި 2026
ރައީސް ސޯލިހާ ބައްދަލެއް ނުވޭ، ވާހަކަ ދެކެވުނީ ފޯނުން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު