Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ މުޒާހަރާ

އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރު

ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާ ފުލުހުން ހުއްޓުވައި، އެކަކު ވަނީ ހައްޔަރުކޮށްފައި. މުޒާހަރާގެ ބައިވެރިން މަޖީދީމަގަށް ނުކުތުމަށް މަސައްކަތް ކުރުމުން ފުލުހުން ވަނީ އިންޒާރެއް ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހައި، މުޒާހަރާގައި ބޭނުންކުރި އަޑުގަދަކުރާ އާއި ސޯފާ އެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ. މި މުޒާހަރާގެ ތެރެއަށް ފުލުހުންގެ ވެހިކަލެއް ބާރު ސްޕީޑުގައި ވައްދާލައި ބިރުދައްކާފައިވާކަން ވެސް ފާހަގަކުރެވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 14 މެއި 2026 | ބުރާސްފަތި 21:12
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ އިން ކުރި މުޒާހަރާގެ ތެރެއިން: ވިލާ ކޮލެޖް ސަރަހައްދުން ބޮޑުތަކުރުފާނު ފުލުހުން ބަންދުކޮށްފަ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ އިން ކުރި މުޒާހަރާގެ ތެރެއިން: ވިލާ ކޮލެޖް ސަރަހައްދުން ބޮޑުތަކުރުފާނު ފުލުހުން ބަންދުކޮށްފަ. | ރާއްޖެ އެމްވީ

ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިންކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު ދޫކޮށްލަން ގޮވާލާ އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އެެއްވެސް އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާ ފަށާފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. އެ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ނިކުމެގެން މަޖީދީ މަގަށް ވަންނަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެކި ފަހަރު މަތިން މުޒާހަރާގެ ބައިވެރިން ހުއްޓުވާފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ބިރު ދެއްކުމުގެ ގޮތުން ފުލުހުންގެ ވެހިކަލެއް ބާރު ސްޕީޑްގައި ދުއްވާފައި އައިސް މުޒާހަރާގެ ތެރެޔަށް ވައްދާލާފައިވާކަން ފާހަގަކުރެވެ އެވެ. މުޒާހަރާގެ ވަކި ހިސާބަކުން ޕީއެންއެފްގެ ސަޕޯޓަރުން ވެސް ވަނީ މުުޒާހަރާގެ ބައިވެރިންނާ ގުޅިފަ އެވެ.

ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީ އިން ކުރި މުޒާހަރާގެ ތެރެއިން.

ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީ އިން ކުރި މުޒާހަރާގެ ތެރެއިން.

މުޒާހަރާގެ ބައިވެރިން މަޖީދީމަގަށް ނިކުންނަން މަސައްކަތް ކުރުމުން، ގިނަ އަދަދެއްގެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ވަށާލާ، އެއްވެސް އިންޒާރެއް ދިނުމެއް ނެތި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހާފަ އެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާއްމު ރައްޔިތުންނަށްވެސް ވަނީ ވަރަށް ބޮޑަށް ޕެޕަރ ސްޕްރޭގެ އަސަރުކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން އޭގެ ފަހުން ވަނީ ބޮޑުތަކުރުފާނު މަގުން ވިލާ ކޮލެޖާ ހަމަޔަށް ހިނގަމުން، ޖަލައްލާފައިވާ ނޫސްވެރިންނާއި ބުދަ ދުވަހުގެ ރޭގެ މުޒާހަރާ އިން ހައްޔަރު ކުރި އެންމެން ދޫކޮށްލުމަށް ގޮވާލާފަ އެވެ. ބޮޑުތަކުރުފާނު މަގު ވިލާ ކޮލެޖް ސަރަހައްދުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް އިތުރަށް ކުރިޔަށް ނުދެވޭ ގޮތަށް ހުރަސް އަޅާފަ އެވެ. އަދި މުޒާހަރާގައި ގެންގުޅުނު އަޑުގަދަކުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އަޑުގަދަކުރާ ހިފައިގެން ހުރި މުހައްމަދު ޝާމިން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ނިމިދިޔަ ބުދަ ދުވަހުގެ ރޭގައި ވެސް އެމްޑީޕީ އިން ވަނީ ޖަލަށްލާފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ މާލޭގެ އެކި ސަރަހައްދުތަކުގައި އަޑު އުފުލާފަ އެވެ. އެ މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމުން 3 މީހަކަށް ވަނީ ބަންދު މުއްދަތު ޖަހާފަ އެވެ. ބުދަ ދުވަހުގެ ރެޔެކޭ އެއްގޮތަށް، ބުރާސްފަތި ދުވަހުގެރޭ ވެސް ފުލުހުން ވަނީ މުޒާހަރާގައި ބޭނުން ކުރި ސޯފާ އެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެމްޑީޕީމުޒާހަރާ-ފުލުހުންޕްރެސް ފްރީޑަމްނޫސްވެރިންގެ ޙައްޤުތައް

އިތުރަށް ކިޔާލަން

14 މެއި 2026

ބަހުގެ އިތުބާރު ހިފަހައްޓާނޭ ކެންޑިޑޭޓަކީ އަޅުގަނޑު: މީކާއިލް

14 މެއި 2026
ބަހުގެ އިތުބާރު ހިފަހައްޓާނޭ ކެންޑިޑޭޓަކީ އަޅުގަނޑު: މީކާއިލް
14 މެއި 2026

ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި
14 މެއި 2026

ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު

14 މެއި 2026
ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ: ކުރީގެ ރައީސް ނަޝީދު
14 މެއި 2026

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!
13 މެއި 2026

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި

13 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި
13 މެއި 2026

2028 ގެ ރިޔާސީ އިންތިހާބަށް އާންމު މެންބަރުން ބޭނުންވަނީ އެއްބައިވަންތަ ޗެއަރޕާސަނެއް: މީކާއިލް

13 މެއި 2026
2028 ގެ ރިޔާސީ އިންތިހާބަށް އާންމު މެންބަރުން ބޭނުންވަނީ އެއްބައިވަންތަ ޗެއަރޕާސަނެއް: މީކާއިލް
13 މެއި 2026

ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް

13 މެއި 2026
ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް
13 މެއި 2026

ޝަރުއީ ދާއިރާ ސިޔާސީވެފައިވާކަން ފާހަގަކޮށް އެމްޖޭއޭއިން ގޮވާލީ ރައީސަށް ކުރެވޭ ތުހުމަތުތަކުގެ މިނިވަން ތަހުގީގެއް ހިންގަން!

13 މެއި 2026
ޝަރުއީ ދާއިރާ ސިޔާސީވެފައިވާކަން ފާހަގަކޮށް އެމްޖޭއޭއިން ގޮވާލީ ރައީސަށް ކުރެވޭ ތުހުމަތުތަކުގެ މިނިވަން ތަހުގީގެއް ހިންގަން!
12 މެއި 2026

ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި

12 މެއި 2026
ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި
12 މެއި 2026

އަދަދުގެ ނޫސްވެރިން ޖަލަށްލުމަކީ ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ލަދުވެތި ބާބެއް: ސޯލިހު

12 މެއި 2026
އަދަދުގެ ނޫސްވެރިން ޖަލަށްލުމަކީ ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ލަދުވެތި ބާބެއް: ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު