Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

މިއީ ޑިމޮކްރަސީގެ ރިވެތި މިސާލު ދައްކަވައި، އިސްތިއުފާ ދެއްވަންވީ ވަގުތު!

ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީ ތަކުގައި ވެސް، ރައްޔިތުންގެ އިތުބާރު ނެތްކަން ޔަޤީންވުމާ އެކު ވެރިން ދެއްވަނީ އިސްތިއުފާ. ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ވޯޓަކުން ކަށަވަރު ވެއްޖެ ނަމަ، ރައްޔިތުންގެ ބަސް ޤަބޫލު ކުރުމަށް ފަހު ވެރިން ފަހަތަށް ޖެހިވަޑައިގަންނަވާ. ފަހަރުގައި މަގާމު ދޫކޮށްލުމަކީ ހިތްދަތި ކަމަކަށް ވިޔަސް، އެއީ ޑިމޮކްރަސީގެ ރިވެތި މިސާލެއް. އެއީ ޑިމޮކްރަސީގެ ހަމަތަކާއި، މިންތަކުގެ ތެރޭގައި އޮންނަ ކަމެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 އެޕްރީލު 2026 | އާދީއްތަ 11:24
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު | ރާއްޖެ އެމްވީ

ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީ ތަކުގައި ވެސް، ރައްޔިތުންގެ އިތުބާރު ނެތްކަން ޔަޤީންވުމާ އެކު ވެރިން ދެއްވަނީ އިސްތިއުފާ އެވެ. ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ވޯޓަކުން ކަށަވަރު ވެއްޖެ ނަމަ، ރައްޔިތުންގެ ބަސް ޤަބޫލު ކުރުމަށް ފަހު ވެރިން ފަހަތަށް ޖެހިވަޑައިގަންނަވަ އެވެ. ފަހަރުގައި މަގާމު ދޫކޮށްލުމަކީ ހިތްދަތި ކަމަކަށް ވިޔަސް، އެއީ ޑިމޮކްރަސީގެ ރިވެތި މިސާލެކެވެ. އެއީ ޑިމޮކްރަސީގެ ހަމަތަކާއި، މިންތަކުގެ ތެރޭގައި އޮންނަ ކަމެކެވެ.

ދައްކަން މި އުޅެނީ ހޮނިހިރު ދުވަހު ރާއްޖޭގައި ކުރިއަށް ދިޔަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވާހަކަ އެވެ. މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި، އެމަނިކުފާނުގެ ސަރުކާރުން ބޭނުން ވެގެން ނެގި ވޯޓެވެ. ޤާނޫނު އަސާސީ އަށް އިސްލާޙު ގެނެސް، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮލުމަށް ހުށަހެޅި ޚިޔާލެވެ. ޤަނޫނު އަސާސީ އަށް އެ ބަދަލު ގެނެވެނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށްވުމާ އެކު، ރައްޔިތުންގެ ކިބައިން އެ ވޯޓަށް އެހީ އެވެ.

މި އިންތިޚާބުގައި ރައީސް ޑޮކްޓަރު މުޢިއްޒު ހުންނެވީ ވަކި ސްޓޭންޑެއް ނަންގަވައިގެންނެވެ. އެއީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށެވެ. އެކަން ކުރަން ޖެހޭ ސަބަބު ތަކާއި، އެމަނިކުފާނު އެކަން ކުރަން ބޭނުންފުޅުވާ ސަބަބުތައް ރައީސް މުޢިއްޒު ގެންދެވީ އެތައް ޖަލްސާގައި ވިދާޅުވަމުންނެވެ. ފާޅުގައި ނިކުންނަވައި އެކަމަށް ކެމްޕެއިން ކުރައްވައި، ދައުލަތުގެ ވަސީލަތްތައް ފާޅުގައި ބޭނުން ކުރެއްވި އެވެ. ފާޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، އެ ބަދަލު ގެންނަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާއި، ރައްޔިތުން އެކަމަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ސީދާ ރައީސް ބޭނުންފުޅު ވެގެން ހުންނެވި ބަދަލެއްގެ ނަތީޖާ ނިކުތީ ދިމާ އިދިކޮޅަށެވެ. ގާތް ގަނޑަކަށް ވޯޓުލީ މީހުގެ 70 އިންސައްތަ މީހުން ވަނީ އެ ބަދަލު ގެނައުމާ ދެކޮޅަށް ވޯޓު ދީފަ އެވެ. ދެ އިންތިޚާބު އެއްކުރަން ދިވެހި ރައްޔިތުންގެ ތެރެއިން ވޯޓުގައި ބައިވެރިވި ބޮޑު އިންސައްތައެއް ވަނީ ނޫނެކޭ ބުނެފަ އެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ 70 އިންސައްތަ އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓާ އެކު ފާސް ކުރި އިސްލާޙެކެވެ. މިކަމަށް ރައްޔިތުންގެ ޚިޔާލަށް އެހުމުން، 70 އިންސައްތަ އަށް ވުރެ ގިނަ ރައްޔިތުން އެކަމަށް ނޫނެކޭ ބުނެއްޖެ އެވެ. މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. 

ރައްޔިތުންގެ މެސެޖު ސާފެވެ. ރައްޔިތުންގެ މެސެޖު ފާޅުގައި އެ އޮތީ ފެންނާށެވެ. ރައްޔިތުން ސަރުކާރަށް އަދި ޚުދު ރައީސް މުޢިއްޒު އަށް އެ ދިނީ "ހޫނު" މެސެޖެކެވެ. މި އިންތިޚާބުގެ ނަތީޖާ އިން ދައްކުވައި ދެނީ ދިވެހި ރައްޔިތުންގެ މެދުގައި ރައީސް މުޢިއްޒު އަށް ތާއީދު ނެތް ކަމެވެ. ސަބަބަކީ ސީދާ އެމަނިކުފާނު ހުށަހެޅުއްވި ހުށަހެޅުމަކަށް ރައްޔިތުންގެ މިހާ ބޮޑު އިންސަައްތަ އަކުން ނޫނެކޭ ބުނީމަ އެވެ. އެހެންވީމާ، މިއީ ޑިމޮކްރަސީގެ ރިވެތި މިސާލު ދައްކަވައި އިސްތިއުފާ ދެއްވަންވީ ވަގުތެވެ. ރައްޔިތުންގެ ވިންދާއި އިޙުސާސް ޤަބޫލުކޮށް، ޤައުމުގެ ހިންގުން ދޫކޮށްލަންވީ ވަގުތެވެ.

މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީ ތަކުގައި ވެސް އަޅުގަނޑުމެންނަށް ފެންނަން އޮތް މިސާލެކެވެ. އެގޮތުން 2016 ވަނަ އަހަރުގެ ތެރޭގައި، ޔޫރަޕިއަން ޔޫނިއަންގައި އިނގިރޭސިވިލާތް ދެމި އޮންނާނީތޯ، ނުވަތަ ނޫންތޯ ބެލުމަށް ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި އޭރުގެ ބޮޑު ވަޒީރު ޑޭވިޑް ކެމެރޫންގެ ސަރުކާރު ބަލިވުމާ އެކު، ރައްޔިތުންގެ އެ ނިންމުން ޤަބޫލު ކުރައްވައި ބޮޑު ވަޒީރުގެ މަގާމުން ކެމެރޫން އިސްތިއުފާ ދެއްވީ އެވެ. 

މީގެ އިތުރުން 2016 ވަނަ އަހަރު އިޓަލީގެ ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އޭރުގެ ބޮޑު ވަޒީރު މަތެއޯ ރެންޒީ ހުށަހެޅުއްވި އިސްލާޙު ތަކަށް އެ ޤައުމުގެ ރައްޔިތުން ނޫނެކޭ ބުނުމާ އެކު، ނަތީޖާ ޤަބޫލު ކުރައްވައި ރެންޒީ ވަނީ ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ހަމަ އެއާ އެކު، 2014 ވަނަ އަހަރުސްކޮޓްލެންޑަކީ މިނިވަން ވަކި ޤައުމެއްގެ ގޮތުގައި އޮންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނުމާ އެކު، ސްކޮޓްލެންޑުގެ ފަސްޓް މިނިސްޓަރު އެލެކްސް ސަލްމޮންޑް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ހަމަ އެހެންމެ، 2005 ވަނަ އަހަރު ފްރާންސްގައި ނެގުނު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ބަލިވެ ވަޑައިގަތުމާ އެކު، ފްރާންސްގެ އޭރުުގެ ބޮޑު ވަޒީރު ޖީން ޕިއޭރް ރަފަރިން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. މީގެ އިތުރުން ވެސް މިކަހަލަ ކިތަންމެ މިސާލެއް އަޅުގަނޑުމެންނަށް ފެންނަން އެބަ ހުއްޓެވެ.

އެހެންކަމުން، ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ހޮނިހިރު ދުވަހު ނެގުނު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ރައީސް މުޢިއްޒު އާއި ސަރުކާރު ބަލިވެފައިވާއިރު، އެ ނަތީޖާ ޤަބޫލުކޮށް ރައީސް މުޢިއްޒު އިސްތިއުފާ ދެއްވުމަކީ ކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ ބައެއް ސީޔާސީ ލީޑަރުންނާއި، އާންމު ރައްޔިތުން ވެސް އަންނަނީ ރައީސް މުޢިއްޒުގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ.

މަގޭ ރިޕޯޓްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުފެންނަ ނުފެންނަ ވޯޓުޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނޫނެކޭ ބުނަންވީ ކީއްވެ؟

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނޫނެކޭ ބުނަންވީ ކީއްވެ؟

03 އެޕްރީލު 2026
ހޮނިހިރު ދުވަހު ބައްވާ ތިން އިންތިހާބަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފި

ހޮނިހިރު ދުވަހު ބައްވާ ތިން އިންތިހާބަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފި

03 އެޕްރީލު 2026
މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

02 އެޕްރީލު 2026
އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ހުރިހާ ރައީސުން ވެސް، ދެ އިންތިޚާބު އެއްކޮށްލަން ނޫނެކޭ ވިދާޅުވެއްޖެ

އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ހުރިހާ ރައީސުން ވެސް، ދެ އިންތިޚާބު އެއްކޮށްލަން ނޫނެކޭ ވިދާޅުވެއްޖެ

01 އެޕްރީލު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

31 މާރިޗު 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު