Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"

އެމްޑީޕީ އަކީ ޚިޔާލު ތަފާތުވުން ތަކާއި، ދެބަސްވުން ތަކުން ޙައްލު ހޯދައި، އެއްބަސްވުމަކަށް އަންނަ ޕާޓީ. މިއަދާ ހަމައަށް ފެންނަން އޮތް ހަގީގަތަކީ އެއީ އެވެ. ސިޔާސީ ވާދަވެރިކަމާއި، ލީޑަރުންގެ ވާދަވެރިކަން އެމްޑީޕީގެ ތެރޭގައި އޮތެއް ކަމަކު، އެމްޑީޕީ އިން އަބަދު ވެސް ދެބަސްވުމުން އެއްބަސްވުމަކަށް އާދޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 10:52
އެމްޑީޕީ އިން 2022 ވަނަ އަހަރު ބޭއްވި ކޮންގްރެސްގައި ކުރީގެ ރައީސް ސޯލިޙު އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު.

އެމްޑީޕީ އިން 2022 ވަނަ އަހަރު ބޭއްވި ކޮންގްރެސްގައި ކުރީގެ ރައީސް ސޯލިޙު އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު. | އެމްޑީޕީ

ރާއްޖޭގެ ސިޔާސީ މައިދާނުގައި ބަދަލު ނުވެ އޮތް ހަމައެކަނި ފިކުރަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެވެ. ގިނަ ޕާޓީ ތަކެއް އެކުލެވޭ ސިޔާސީ ނިޒާމަކަށް ރާއްޖެ ފުރޮޅާލި ފަހުން، ސިޔާސީ އެތައް ޕާޓީ ތަކެއް ވުޖޫދުވެ، ވުޖޫދުން ފޮހެވިގެން ގޮސްފި އެވެ. ނަމަވެސް، އެއް ވިސްނުމެއްގައި، އަދި އެއް ފިކުރެއްގައި މިއަދާ ހަމައަށް އޮތް ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ އެވެ.

އެމްޑީޕީ އަކީ ޚިޔާލު ތަފާތުވުން ތަކާއި، ދެބަސްވުން ތަކުން ޙައްލު ހޯދައި، އެއްބަސްވުމަކަށް އަންނަ ޕާޓީ އެކެވެ. މިއަދާ ހަމައަށް ފެންނަން އޮތް ހަގީގަތަކީ އެއީ އެވެ. ސިޔާސީ ވާދަވެރިކަމާއި، ލީޑަރުންގެ ވާދަވެރިކަން އެމްޑީޕީގެ ތެރޭގައި އޮތެއް ކަމަކު، އެމްޑީޕީ އިން އަބަދު ވެސް ދެބަސްވުމުން އެއްބަސްވުމަކަށް އާދެވެ. އެމްޑީޕީ އާއެކު ވުޖޫދުވެގެން އައި ޕާޓީތައް މިއަދު ސިޔާސީ މައިދާނުން ގެއްލިގެން ދިޔައިރު ވެސް، ބަދަލުވުމެއް ނެތި އެމްޑީޕީ އޮތް ސަބަބަކީ އެއީ އެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ފަހު، ދެން އުފެދުނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ. މި ދެ ޕާޓީ ވެސް ވުޖޫދުން ފޮހެވިގެން ދާން ޖެހުނީ، އިސް ލީޑަރުންގެ ދެ މެދުގައި އުފެދުނު ނުތަނަވަސްކަމުގެ ތެރެއިންނެވެ. އެ ފިކުރުގެ ތިން ވަނަ ޕާޓީ އަކަށް މިއަދު އެ އޮތީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެެންސީ) އެވެ. މިއީ ފާއިތުވި 19 ވަރަަކަށް އަހަރުގެ ތެރޭގައި އެއް ފިކުރަކުން އުފެދުނު ތިން ވަނަ ޕާޓީ އެވެ.

މިއަދު ވެސް އެމްޑީޕީގެ އެތެރޭގައި ދެބަސްވުންތައް އޮވެ އެވެ. ލީޑަރުންގެ ޚިޔާލު ތަފާތުވުންތަކާއި، އާންމު މެމްބަރުންގެ ދެބަސްވުންތައް ވެސް އޮވެ އެވެ. އެކަމަކު، މިއަދު އެންމެނަށް ވެސް ޔަގީންވާ ކަމަކީ، އެމްޑީޕީ އިން، ދެބަަސްވުން ތަަކަށް ހައްލު ހޯދާނެ އެވެ. އެއްބަސްވުމަކަށް އަންނާނެ އެވެ. ލީޑަރުން އެކައްޗެއް ކިޔައި، އާންމު މެމްބަރުން އެއް ކުރުވާނެ އެވެ. އެމްޑީޕީ ދެމި އޮތީ އެ އުސޫލުގެ ތެރޭގަ އެވެ. 

އެކަމާ އެންމެ ގުޅުން ހުރި ވާހަކައެއް ވިދާޅުވެފައިި އޮތީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙު އެވެ. 2018 ވަނަ އަހަރު ވެރި ކަމުގެ ހުވާ ކުރެއްވުމަށް އޮތް ޖަލްސާ އާއި، 2022 ވަނަ އަހަރު އޮތް އެމްޑީޕީގެ ކޮންގްރެސްގައި ވެސް ރައީސް ސޯލިޙު ވިދާޅުވީ އެ ވާހަކަ އެވެ. އޭގެ ފަހުން، މިއަދު އެމްޑީޕީގެ މެމްބަރުން ވެސް ބުނަމުން އެ އަންނަނީ އެ ވާހަކަ އެވެ. 

" ކޮންމެ ފަދަ ހޫނެއް ވިޔަސް، މެންދުރުގެ އަވިގަދަ ވަގުތުގާ

            ކޮންމެ މެންދުރަކަށް ފަހުން، ފިނިކަން ހަވީރުގެ އަންނަނީ "

އެމްޑީޕީގެ އެެތެރޭގައި ދެބަސްވުމެއް އުފެދޭ ކޮންމެ ފަހަރަކު، އެންމެ ބޮޑު އުފާވެރި ކަމެއް ފެންނަނީ، އެމްޑީޕީއާ އިދިކޮޅު ޕާޓީ ތަކުގެ ކިބައިންނެވެ. އެއީ އެމްޑީޕީގެ ސަފުތައް ރޫޅި، އެމްޑީޕީ ރޫޅިގެން ދާން އެވެރިން އެދޭލެއް ބޮޑު ކަމުންނެވެ. އެކަމަކު، ހަގީގަތަކީ އިއްޔެ ވެސް، އަދި މިއަދު ވެސް އެކަން އެހެން ނުވުމެވެ. ކުރިން ވެސް މި ބުނިހެން، އެމްޑީޕީ އެއް ގަލަކަށް އަރާތީ އެވެ.

މިއަދު އަނެއްކާ ވެސް އެމްޑީޕީ ފެންނަނީ ވަރުގަދަ ކޮށެވެ. އެމްޑީޕީ އިން އަނެއްކާ ވެސް ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލު ކޮށްލައި، ލީޑަރުންގެ އެންމެ ފުރިހަމަ ނަމޫނާ ދައްކައިފި އެވެ. އެމްޑީޕީގެ އިސް ލީޑަރުން ހައްލު ހޯދައިފި އެވެ. އެއް ގަަލަކަށް އަރައިފި އެވެ. ޚިޔާލު ތަފާތުވުން ތަކުން ދުރުވެ، އެއް ޚިޔާލަަކަށް އަތުވެއްޖެ އެވެ. މަޤުސަދު ވަރަށް ސާފެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދިވެހި ރައްޔިތުންނަށް ހެޔޮ ވެރި ކަމެއް ކޮށްދިނުމެވެ. 

އާދެ، ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނާނެ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްކުރީގެ ރައީސް، މުހައްމަދު ނަޝީދުމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ޑިމޮކްރަސީގެ ރިވެތި މިސާލު ދައްކަވައި، އިސްތިއުފާ ދެއްވަންވީ ވަގުތު!

މިއީ ޑިމޮކްރަސީގެ ރިވެތި މިސާލު ދައްކަވައި، އިސްތިއުފާ ދެއްވަންވީ ވަގުތު!

05 އެޕްރީލު 2026
މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

02 އެޕްރީލު 2026
އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ހުރިހާ ރައީސުން ވެސް، ދެ އިންތިޚާބު އެއްކޮށްލަން ނޫނެކޭ ވިދާޅުވެއްޖެ

އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ހުރިހާ ރައީސުން ވެސް، ދެ އިންތިޚާބު އެއްކޮށްލަން ނޫނެކޭ ވިދާޅުވެއްޖެ

01 އެޕްރީލު 2026
މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު

މިފަހަރު ވާނެ އެމްޑީޕީ އަށް ކުޅި ދައްކާލަން: މިނިސްޓަރު ސަޢީދު

28 މާރިޗު 2026
ސަލްމާގެ ބަޔާނަކީ ދިވެހި ރައްޔިތުންގެ ބަހެއް ނޫން، އެއީ ދިވެހިންގެ ސްޓޭންޑެއް ވެސް ނޫން!

ސަލްމާގެ ބަޔާނަކީ ދިވެހި ރައްޔިތުންގެ ބަހެއް ނޫން، އެއީ ދިވެހިންގެ ސްޓޭންޑެއް ވެސް ނޫން!

26 މާރިޗު 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު