Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

ރައްޔިތުން ވޯޓު ދިނުމުގެ ކުރިން މިކަންކަމާ މެދު ވިސްނާލަން މުހިންމު. ދެ ވަނަ ފުރުސަތެއް ނެތްއިރު، މިއީ ސަރުކާރުގެ މުޑުދާރު އަމަލު ތަކަށް ނޫނެކޭ ބުނަން ލިބޭނެ ރަނުގެ ފުރުސަތެއް. އަނިޔާވެރިކަމާއި، ހުދުމުހުތާރު ވެރިންގެ ކުރިމަތީގައި އޮތީ ކުޑަ ކަކޫ ނުޖެހުން. އެވެރިންގެ ކުރިމަތީގައި ރައްޔިތުންގެ ހަގީގީ ބާރު ދައްކާލަން ޖެހޭނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 08:41
އިންތިޚާބު އެއްކުރަން ނޫނެކޭ ޖަހާފައިވާ ޕޯސްޓަރެއް ހިފައިގެން މީހަކު

އިންތިޚާބު އެއްކުރަން ނޫނެކޭ ޖަހާފައިވާ ޕޯސްޓަރެއް ހިފައިގެން މީހަކު | ރާއްޖެ އެމްވީ

އިންތިޚާބަށް އެންމެ ދުވަހަަކަށް ވެއްޖެ އެވެ. ވަރަށް ވަގުތ ކުޑަ ތަންވެއްޖެ އެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ކުރިން ރައްޔިތުން ކޮންމެހެން ވެސް ވިސްނާލަން ޖެހޭ ބައެއް ކަންކަން އެބަ ހުއްޓެވެ. ދިމާލަށް ފެންނަން ހުރި ކަންކަމާއި، ވަށަ ވަށައިގެން މި ހިނގާ ކަންތައްތަކާ މެދު ވިސްނާލުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެކެވެ. 

ހޮނިހިރު ދުވަހު މި އޮންނަނީ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ. ވޯޓުލާން މަރުކަޒަށް ވަނުމާ އެކު، ތިން ކަރުދާސް ކޮޅެއް އަތަށް އަރާނެ އެވެ. ފާހަގަ ޖެހުމުގެ ކުރިން ވިސްނާލަން މުހިންމު އެތައް ކަމެއް އެބަ އޮތެވެ.

ފުރަތަމަ ކަމަކަށް، މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ކޮރަޕްޓް އިންތިޚާބެވެ. ސަރުކާރުން ފާޅުގައި އިންތިޚާބަށް ނުފޫޒު ފޯރުވުމާއި، ސަރުކާރުން ބޭނުންވާ ނަތީޖާ ނެރުމަށް އެތައް ކަމެއް އެ ދަނީ ކުރަމުންނެވެ. ލައްކަ އިން ލައްކަ އިން ނަގުދު ފައިސާ ބެހުމާއި، ކުލިތައް މަައާފު ކުރުމާއި، ޖޫރިމަނާ މައާފު ކުރުމާއި، މުސާރަ ބޮޑު ކުރުމާއި، އިންތިހާ އަށް ވަޒީފާ އަށް މީހުން ނެގުމާއި، ޕްރޮމޯޝަންތައް ގަނޑުކޮށް ދިނުމާއި، މަޝްރޫއުތަކުގައި ސޮއި ކުރުމާއި، މަޝްރޫއުތައް ފެށުމާއި ދެން ވެސް ހުރި ކަންކަން އެ ހިނގަނީ ފަތު އަޑު ކިޔައިފަ އެވެ.

މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ނުވެ އޮތް އެތައް ކަމެއް، މިދިޔަ މާޗު މަސް ފެށުނު ފަހުން ވެސް ވެއްޖެ އެވެ. ލިސްޓު ކިޔަން ވެއްޖެ ނަމަ، މިރެޔަށް ނުވެސް ފުދޭނެ އެވެ. ފުލުހުންގެ މުސާރަ ބޮޑު ކޮށްފި އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދީފި އެވެ. މިއީ އިންތިޚާބަށް ކުޑަ ތަންވެފައި ވަނިކޮށް، ސަރުކާރުން ފާޅުގައި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަންކަމެވެ.

ސަރުކާރުގެ ވަސީލަތްތަކާއި، ސަރުކާރުގެ ފުރިހަމަ އަތް އޮތީ އިންތިޚާބުގެ ނުފޫޒުގަ އެވެ. ސަރުކާރުގެ ވަފުދުތައް ރަށް ރަށަށް ވަޑައިގެން، ވަޒީފާތައް އެ ބަހާލަނީ ސުމާރެއް ނެތި އެވެ. ފެނަކަ އާއި، އެމްޓީސީސީ އާއި، އާރުޑީސީ އާއި، މިފްކޯ އިން ފެށިގެން ގޮސް، ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ބަހަމުން އެ ދަނީ ހާހުންނެވެ. އެއް ހަފުތާގެ ތެރޭގައި އެމްޓީސީސީ އަށް 1000 މުވައްޒަފުން ނަގަން ވެސް އިއުލާން ކޮށްފި އެވެ. 

ދެން އޮތީ ބިރު ދެއްކުމެވެ. ކުންފުނި ތަކުގެ މުވައްޒަފުންނަށް އިންތިހާ އަށް ބިރު ދައްކަމުން އެ ދަނީ، ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ލުމަށެވެ. އެ ނޫން ނަމަ، ވަޒީފާ އިން ވަކި ކުރާނެ ކަމުގެ އިންޒާރާއި ބިރު ދައްކައިގެންނެވެ. ކުންފުނި ތަކުގެ މުވައްޒަފުން ލައްވާ ހުވާ ވެސް ކުރުވަނީ އެވެ. ވޯޓުލަން މަރުކަޒަށް ވަނުމަށް ފަހު، ލޮލަށް ނުފެންނަ ކަމަށާއި، އަތް ތުރު ތުރުލާ ވަރުން ފާހަގަ ނުޖެހޭނެ ކަމަށް ބުނަން އެ އަންގަނީ އަތާއި، ފަޔާއި އަދި ދެ ލޯ ސަލާމަތުން ތިބި މުވައްޒަފުންނަށެވެ. މިއީ ބިރުވެރިކަމާއި، ޖައްބާރު ކަމުގެ ވެސް އިންތިހާ އެވެ.

ރަށް ރަށުގައި ތިބި ކުންފުނި ތަކުގެ މުވައްޒަފުން ކުއްލި އަކަށް އެހެން ރަށަކަށް އެ ފޮނުވާލަނީ އަނގަ ބަހުން އަންގައިގެންނެވެ. ވޯޓުލުމުގެ ހައްގުން މަހުރޫމު ކުރުމަށެވެ. ސަރުކާރުގެ ކެންޑިޑޭޓާއި، ސަރުކާރުން ބޭނުންވާ ގޮތަށް ފާހަގަ ނުޖަހާނެ ކަމަށް ހީވާ ކޮންމެ މުވައްޒަފަކަށް މި ބިރު ދައްކަމުން ދަނީ ފާޅުގަ އެވެ. ވޯޓަށް ނުފޫޒު ފޮރުވުމާއި، ސަރުކާރުން ބޭނުންވާ ނަތީޖާ ނެރުމަށް އެ ދަނީ ކޮންމެ ކަމެއް ކުރަން ޖެހުނަސް، އެކަމެއް ކުރަމުންނެވެ. 

ރައްޔިތުން ވޯޓު ދިނުމުގެ ކުރިން މިކަންކަމާ މެދު ވިސްނާލަން މުހިންމެވެ. ދެ ވަނަ ފުރުސަތެއް ނެތްއިރު، މިއީ ސަރުކާރުގެ މުޑުދާރު އަމަލު ތަކަށް ނޫނެކޭ ބުނަން ލިބޭނެ ރަނުގެ ފުރުސަތެކެވެ. އަނިޔާވެރިކަމާއި، ހުދުމުހުތާރު ވެރިންގެ ކުރިމަތީގައި އޮތީ ކުޑަ ކަކޫ ނުޖެހުމެވެ. އެވެރިންގެ ކުރިމަތީގައި ރައްޔިތުންގެ ހަގީގީ ބާރު ދައްކާލަން ޖެހޭނެ އެވެ. އެ ފުރުސަތު އޮތީ ހޮނިހިރު ދުވަހު ނަގާ ވޯޓުންނެވެ. ފާޅުގައި ސަރުކާރަކަށް ނޫނެކޭ ބުނެގެންނެވެ. 

އެ ދުވަހު ސަރުކާރަށް ބުނެވޭ ނުނެކޭ އަކީ، ދިވެހި ރާއްޖޭގެ ޑިމޮކްރަސީ އާއި، މި ރާއްޖޭގައި މި އޮތް ވެރިކަމުގެ ނިޒާމުގެ ހައްގުގައި ބުނެވޭ ނޫނެކޭ އެކެވެ. އެއީ އެތައް ބަޔަކު ޤުރުބާން ވެގެން، އެތައް ބަޔަކު ޖަލަށް ގޮސްގެން، އެތައް އަނިޔާ އަކާއި، އެތައް ހިތްދަތި ދުވަސް ތަކެއްގެ ތެރެެއިން ހޯދި ހައްގުތަކާއި، މިނިވަންކަމާއި، ޑިމޮކްރަސީ ސަލާމަތް ކުރުމަށް ބުނެވޭ ނޫނެކޭ އެވެ. މި ވޯޓުގައި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދިމާލަށް ނޫނެކޭ ބުނާށެވެ.

މަގޭ ރިޕޯޓްލޯކަލް ކައުންސިލް އިންތިޚާބު 2026ފެންނަ ނުފެންނަ ވޯޓުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށް ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!

ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށް ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!

02 އެޕްރީލު 2026
މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

02 އެޕްރީލު 2026
އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

02 އެޕްރީލު 2026
އިންތިޚާބާއި ދިމާކޮށް 2000 ހައުސިންގ ޔުނިޓުގެ ނަމުގައި ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ކަޑައެއް ޖަހައިފި

އިންތިޚާބާއި ދިމާކޮށް 2000 ހައުސިންގ ޔުނިޓުގެ ނަމުގައި ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ކަޑައެއް ޖަހައިފި

02 އެޕްރީލު 2026
އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި

އޭސީސީގެ ރައީސް ޝާމިލް އިސްތިއުފާއަށް ގޮވާލައި، އެކޮމިޝަންގެ ތެރޭގައި އެމްޑީޕީން މުޒާހަރާ ކޮށްފި

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު