Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަނގަ ބަންދުކުރުމަށް ނެރޭ އަމުރު

ދޫ ބަންދު ކުރުމަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކުރެވުނު ކަމެއް ނޫން: ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

އަދަދު ނޫހުގެ ދެ ނޫސްވެރިން ހައްޔަރުކުރި މައްސަލަ ކުށްވެރިކުރައްވައި، މިއީ ނޫސްވެރިންނާއި ރައްޔިތުންނަށް ބިރުދެއްކުމަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ ސިފަ ކުރައްވާފައި. ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓުމަށް "ގެގް އޯޑަރު" ފަދަ ވަސީލަތްތައް ބޭނުންކުރި ނަމަވެސް، ރައްޔިތުންގެ ދޫ ބަންދުނުކުރެވޭނެ ކަމަށާއި ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތައް ދިފާއުކުރުމުގައި ދިވެހިން ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި. އަދި ދައުލަތުގެ ބާރު ބޭނުންކޮށްގެން ދޭ އިންޒާރުތަކަށް ނޫސްވެރިން ބޯނުލަނބާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 މެއި 2026 | ބުދަ 06:20
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

އިންސާނުންގެ ދޫ ބަންދު ކުރުމަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކުރެވުނު ކަމެއް ނޫން ކަމަށާއި، ރާއްޖޭގައި ވެސް މިކަން ނުކުރެވޭނެ ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިބްރާހިމް ރަޝީދު ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 12 މެއި 2026 ވަނަ ދުވަހު އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު ޖަލަށްލީ މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެ އެވެ. އަދި މިއީ ރައްޔިތުންނާއި، ނޫސްވެރިންނަށް ބިރު ދެއްކުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. 

Advertisement - newsAdvertisement

އިބްރާހިމް ރަޝީދު ވިދާޅުވީ، އިންސާނުންގެ ދޫ ބަންދު ނުކުރެވޭނެ ކަމަށާއި، މިއީ އެއްވެސް ޒަމާނެއްގައި އެއްވެސް ވެރިއަކަށް ކާމިޔާބު ކަމާއެކު ކުރެވުނު މަސައްކަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ގަލަމުގެ މިނިވަންކަމާއި، ފިކުރު ކުރުމުގެ މިނިވަންކަން ނުހިފެހެއްޓޭނެ ކަމަށެވެ. 

ފިކުރުކުރުމެއްގެ މިނިވަންކަމަކީ އެއްވެސް ނުދެވޭ އެއްޗެއް އިންސާނުންނަށް، އެހެން އިންސާނަކަށް. އޭނަ ބުއްދިން އޭނަ ޚިޔާލަށް އަންނަ ޝުއޫރުތައް ފާޅުކުރެވޭނެ. ދެން އަޅުގަނޑު މި އޮތީ ގާނޫނުއަސާސީން ވަރަށް ބޮޑަށް އަސާސީ ހައްގު ބާބުގައި، ދުލުގެ މިނިވަންކަން، ޚިޔާލު ފާޅުކުރުމުގެ، ޝައޫރުތައް ފާޅުކުރެވި، އިހުތިޖާޖުކުރުމާ، އެކި ކަންކަމުގައި ވާހަކަދެއްކުމާ ބަހުސްކުރެވުނު ވަރަށް ފުޅާ ދާއިރާއެއްގައިދޭނެ. އޮއްވައި ތި ފާހަގަކުރެވުނީ، މިއަދު އެ ދިޔައީ ކަންތައްތަކުން ރައްޔިތުންނަށް ބިރުދައްކައިގެން. ބިރު އެ ބާރެއްގެ ގޮތުގައި. ބިރެއް ނުގަންނާނެ މީހާ ރައްޔިތުންނެއް. ޖެހިލުންވެސް ނުވާނެ މީހާ ރައްޔިތުންނެއް. އެއަށްވުރެ މާ އެހެން މަރުހަލާއެއްގައި ދިވެހިރާއްޖޭގެ ރައްޔިތުން މި އޮތީ ޑިމޮކްރަސީ މިގައުމަށް ގެނެސްފައި. މި ގާނޫނުއަސާސީ ހޯދާފައި. ރާއްޖޭގައި ތިބި ހުރިހާ ރައްޔިތުންވެސް ޖަލަށް ދާން ތައްޔާރަށް ތިބޭނީ މިކަހަލަ ކަމެއް ވެއްޖެ.
މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

ޝަރީއަތުގައި ހިނގަމުންދާ ކަމަކާ ގުޅިގެން ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ނެރޭ އަމުރު (ގެގް އޯޑަރ) އަށް އިޝާރާތް ކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ މިއީ ކޮވިޑް-19 ނޫން ކަމަށާއި، މި ވަބާ މުޅި ގައުމުގައި ފެތުރުނު ގޮތަށް މިފަދަ އޯޑަރެއް ނުފެތުރޭނެ ކަމަށެވެ. މިއީ ރައްޔިތުން ބަލައިގަންނާނެ ގެގް އޯޑަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއީ އެމެރިކާ ތެރެއިން އައި އެއްޗެއް. އެންމެ ހަޅޭލަވަނީ ވެސް މި އެމެރިކާއަށް. އެމެރިކާ ތެރޭގައި، އެމެރިކާ ކޮންގްރެސް ތެރޭގައި ކުރީގައި ހަމަ އެގޮތަށް ރައްޔިތުން ޚިޔާލު ފާޅުކުރަނީ. އެންމެން ހައްގުުތަކަށް ގޮވަނީ. އެހެންވީމާ، ހައްގުތަކަށް ނުގޮވޭ ގޮތަށް، ހައުސް އޮފް ރެޕްރެޒެންޓަރުންނާއި އެ މީހުންގެ ލޮބީ ވެސް ނުކުރެވޭ ގޮތަށް ވަކި ކަންތައްތަކަކަށް އުފެއްދި އެއްޗެއް މި އެއްޗަކީ. ދެން މީތި ނަގައިގެން ހިރަފުސް ފޮޅާލައިގެން އަނެއްކާ އެކި ނަންނަމުގައި ދެން އުޅޭނެ ފާޑުފާޑުގެ ލޯޔަރުންނޭ ކިޔާފައި. މި މީހުން ގެންގުޅޭ އެކަމަށް ވަގަށް ގެޔަށް ވެސް ވަންނަ ލޯއެރުން އުޅޭނެ. ތަށިބަރި ހިފައިގެން އެއްދުވަސް މުލިއާގެ ތެރެއިން ނުކުންނަނިކޮށް ފެނުނެއްނު. އޭގެ ލޯޔަރެއް. ކޮންމެ ވެރިކަމެއްގައި ވެސް އުޅޭނެ އެކަހަލަ ލޯޔަރުން. މި މީހުން ތަންތާގައި ހުންނަ މިކަހަލަ އެތިއެތިކޮޅު ނަގައިގެން ގިގް އޯޑާ މިހާރު ކިޔަނީ. ދިވެހިރާއްޖޭގެ ރައްޔިތުން ދަންނަ އެއްޗެއް ނޫން. މިހާރު އެހެން ވެރިކަންތައް ވެސް މައުމޫނުގެ ވެރިކަން ވެސް، ވަޙީދުވެރިކަން ވެސް، ފެނިއްޖެ. ދެން ހުރި މީހެއްގެ ވެރިކަން ޔާމީނު. މި ގިގް އޯޑަރެއްގެ ވާހަކައެއް ނުދައްކާ އެއްވެސް ރައްޔިތެއް. އާއްމުވެގެންވާ ގިގެއް އޯޑަރެއް ނެރެގެން މިހާރު މިއަދު އެ އޯޑަރުގެ ދަށުން އަޅުގަނޑު ހައިރާންވޭ.
މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު

އިބްރާހިމް ރަޝީދު ވިދާޅުވީ މުޅި ގައުމު ކަންބޮޑުވެފައިވާ މައްސަލައަކާ ގުޅޭގޮތުން ނޫސްވެރިންނަށް ސުވާލު ކުރެވޭނެ ކަމަށާއި، އަދަދުގެ ނޫސްވެރިޔާ ވެސް ކުރީ އެފަދަ ސުވާލެއް ކަމަށެވެ. އަދި ވިދާޅުވީ މިއަދު އާރާބާރުގެ ބޭނުންކޮށް ރައްޔިތުންނާއި، ނޫސްވެރިންނަށް އިންޒާރު ދިން ނަމަވެސް އެ އިންޒާރުތަކަށް ބޯނުލަވާނެ ކަމަށެވެ.

އިބްރާހިމް ރަޝީދުމުހައްމަދު ޝަހުޒާންލީވާން އަލީ ނާސިރުއަދަދުއަނގަ ބަންދުކުރުމަށް ނެރޭ އަމުރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި

ޝަހުޒާނާއި ލީވާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށް އެމްޑީޕީއިން ގޮވާލައިފި

12 މެއި 2026
ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު

ނޫސްވެރިންނަށް ކުރި ޖަލު ހުކުމަކީ ބިރުވެރި އިންޒާރެއް: ޝާހިދު

12 މެއި 2026
ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ޖަލަށްލާފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ރާއްޖެޓީވީން ގޮވާލައިފި

ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ޖަލަށްލާފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ރާއްޖެޓީވީން ގޮވާލައިފި

12 މެއި 2026
އަދަދެއް ނުހުއްޓުވޭނެ، ސަރުކާރު ޖަވާބުދާރީކުރާނަން، ޖަލުން ނުކުންނަނީ ގަލަން ހިފައިގެން: ފިޔާޒު

އަދަދެއް ނުހުއްޓުވޭނެ، ސަރުކާރު ޖަވާބުދާރީކުރާނަން، ޖަލުން ނުކުންނަނީ ގަލަން ހިފައިގެން: ފިޔާޒު

12 މެއި 2026
ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

12 މެއި 2026

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު