Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުޑަބްލިޔުއެޗްއޯ

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

މި ބޭސްތަކުގައި ހުއްދަކުރެވިފައިވާ މިންވަރަށްވުރެ 500 ގުނަ އިތުރަށް ނުރައްކާތެރި ޑައިއެތިލީން ގްލައިކޯލް އެކުލެވިގެންވާކަން ފާހަގަކޮށް، ބޭސް ފެނިއްޖެނަމަ ޑަބްލިޔުއެޗްއޯއަށް އެންގުމަށް އެދިފައިވެއެވެ.

ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2025 | ބުދަ 15:35
އިންޑިއާ ގެ ޖައްމޫ އެންޑް ކަޝްމީރުގެ ސްރީނަގަރުގައި ހުންނަ ފާމަސީއެއް ގައި ކޯފް ސިރަޕްތަކެއް އަތުރަނީ.

އިންޑިއާ ގެ ޖައްމޫ އެންޑް ކަޝްމީރުގެ ސްރީނަގަރުގައި ހުންނަ ފާމަސީއެއް ގައި ކޯފް ސިރަޕްތަކެއް އަތުރަނީ.

އިންޑިޔާގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިންޒާރެއް ނެރެފިއެވެ.

ހޯމަ ދުވަހު ނެރުނު އިންޒާރު ގައި މި ބާވަތުގެ ބޭސްތައް ޤައުމުތަކުން ފެނިއްޖެނަމަ އެކަން އެ ޖަމްޢިއްޔާ އަށް އަންގަން އެންމެހައި ފަރާތްތަކަށް ގޮވާލާ ކަމަށް ބުނެފައި ވެއެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައި ވަނީ ތަޣައްޔަރު ވެފައިވާ ބޭސްތަކަކީ ސްރެސަން ފާމަސޫޓިކަލް އިން އުފައްދާފައިވާ ކޯލްޑްރިފް، ރެޑްނެކްސް ފާމަސޫޓިކަލްސް އިން އުފައްދާފައިވާ ރެސްޕިފްރެޝް ޓީއާރު އަދި ޝޭޕް ފާމާ އިން އުފައްދާފައިވާ ރީލައިފްގެ ވަކި ބެޗްތަކެއްގެ ކޯފް ސިރަޕް ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައި ވަނީ ތަޣައްޔަރުވެފައިވާ މި އުފެއްދުންތަކުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، ފުރާނަ އަށް ނުރައްކާވެދާނެ ފަދަ ބޮޑެތި ސިއްހީ މައްސަލަތަކަށް މަގުފަހިވެދާނެ ކަމަށެވެ.

އިންޑިޔާގެ ސިއްޙީ އޮތޯރިޓީ ކަމަށްވާ ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޯގަނައިޒޭޝަން (ސީޑީއެސްސީއޯ) އިން ޑަބްލިޔުއެޗްއޯ އަށް އަންގާފައި ވަނީ މި ސިރަޕްތައް އިންޑިއާ ގައި ބޭނުންކޮށްފައި ވަނީ ފަސް އަހަރުން ދަށުގެ ކުޑަކުދިން ކަމަށާއި، މި ކުދިންތައް މަދިޔަ ޕްރަދޭޝްގެ ޗިންދްވާރާ ޑިސްޓްރިކްޓްގައި މަރުވެފައިވާ ކަމަށެވެ.

މި ކޯފް ސިރަޕްގައި ހުއްދަކުރެވިފައިވާ މިންވަރަށްވުރެ 500 ގުނަ އިތުރަށް ނުރައްކާތެރި ޑައިއެތިލީން ގްލައިކޯލް އެކުލެވިފައިވާ ކަމަށް ވެއެވެ.

ސީޑީއެސްސީއޯ އިން ބުނެފައިވަނީ މި ތަޣައްޔަރުވެފައިވާ ބޭސްތަކުގެ ތެރެއިން އެއްވެސް ބޭހެއް އިންޑިޔާއިން ބޭރަށް އެކްސްޕޯޓްކޮށްފައި ނުވާ ކަމަށާއި، އަދި ގާނޫނާ ޚިލާފަށް އެކްސްޕޯޓް ކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

މަސްދަރު: ރޮއިޓަރސް

ޑަބްލިޔުއެޗްއޯއިންޑިއާކޯފް ސިރަޕްސީޑީއެސްސީއޯޑައިއެތިލީން ގްލައިކޯލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
04 ޑިސެމްބަރު 2025

ކޯފް ސިރަޕް ތަ ނޫނީ ލުނބޯ އާއި މާމުއިތަ؟ ކެއްސުމަށް ރަނގަޅީ ކޮން އެއްޗެއް؟

04 ޑިސެމްބަރު 2025
ކޯފް ސިރަޕް ތަ ނޫނީ ލުނބޯ އާއި މާމުއިތަ؟ ކެއްސުމަށް ރަނގަޅީ ކޮން އެއްޗެއް؟
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު