Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސް ދޯންޏެއްގައި ރޯވުން

15 މީހުންނާއި އެކު ދަތުރު ކުރި މަސްދޯންޏެއްގައި ރޯވެއްޖެ

މި ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު، އެމްއެންޑީއެފުން ވަނީ ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ފެބުރުއަރީ 2026 | ހޮނިހިރު 10:58
މަސް ދޯންޏެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގުން

މަސް ދޯންޏެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގުން | އެމްއެންޑީއެފް

15 މީހުންނާއި އެކު ދަތުރު ކުރި މަސްދޯންޏެއްގައި ރޯވެއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓް ކައިރިން މަސް ދޯންޏެއްގައި އަލިފާން ރޯވެފައި ވާ ކަމުގެ މައުލޫމާތު ހޮނިހިރު ދުވަހު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުނީ ހޮނިހިރު ދުވަހުގެ 14:54 ގައި ކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. އަދި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކާ ކުރުނބާ މޯލްޑިވްސްގެ އުޅަނދެއްގައި ދަތުރުކުރަމުންދާ ކަމަށް އެ އިދާރާ އިން ވަނީ 03:30 ހާ އިރު މީޑިއާ އަށް މައުލޫމާތު ދީފަ އެވެ.

މަސް ދޯންޏެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގުން
މަސް ދޯންޏެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގުން

މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސްދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާންގަނޑު އެއްކޮށް ނިއްވާ ނުލެވުނު ނަމަވެސް ރޯވެފައިވާ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. މިހާދިސާގައި އަނިޔާވި މީހުންގެ ތަފްސީލާއި ލިބުނު އަނިޔާ އަދި ދޯންޏާއި މުދަލަށް ލިބުނު ގެއްލުމުގެ ތަފްސީލްތައް އަދި ސާފެއް ނުވެ އެވެ.

އިތުރު ތަފްސީލް އަންނަނީ..

ކުރުނބާ މޯލްޑިވްސްދޫނިދޫއެމްއެންޑީއެފްއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2026

ދޯންޏެއްގައި ރޯވުން: އަނިޔާވި 5 މީހުންނަށް ދަނީ ފަރުވާ ދެމުން

14 ފެބުރުއަރީ 2026
ދޯންޏެއްގައި ރޯވުން: އަނިޔާވި 5 މީހުންނަށް ދަނީ ފަރުވާ ދެމުން
05 ފެބުރުއަރީ 2026

މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި

05 ފެބުރުއަރީ 2026
މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި
05 ފެބުރުއަރީ 2026

އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް

05 ފެބުރުއަރީ 2026
އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް
05 ފެބުރުއަރީ 2026

ކ.ގުޅީފަޅު ކައިރިން 9 ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފި

05 ފެބުރުއަރީ 2026
ކ.ގުޅީފަޅު ކައިރިން 9 ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފި
02 ފެބުރުއަރީ 2026

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ 2 ބޯޓު އަތުލައިގެންފި

02 ފެބުރުއަރީ 2026
ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ 2 ބޯޓު އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު