Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމަޓީ

މަޓީގެ 36 ވަނަ އާންމު ޖަލްސާ ކުރުނބާގައި ބާއްވައިފި

މަޓީގެ ފުރަތަމަ "މެންބަރ އޮފް އޮނަރ" ގެ ލަގަބު އެ ޖަމިއްޔާގެ ކުރީގެ ޗެއާމަން މަރުހޫމް މުހައްމަދު އުމަރު މަނިކަށް އަރުވައި، ކުރިއަށް އޮތް ތިން އަހަރުގެ ދައުރަށް އާ ހިންގާ ކޮމިޓީ ވަނީ އިންތިޚާބުކޮށްފައި.

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 15:21
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ 36 ވަނަ އަހަރީ އާންމު ޖަލްސާ ކުރުނބާ މޯލްޑިވްސްގައި ވަނީ ބާއްވާފައި.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ 36 ވަނަ އަހަރީ އާންމު ޖަލްސާ ކުރުނބާ މޯލްޑިވްސްގައި ވަނީ ބާއްވާފައި. | މަޓީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ 36 ވަނަ އަހަރީ އާންމު ޖަލްސާ، 2026 ފެބުރުވަރީ 15 ވީ އާދިއްތަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބާއްވައިފި އެވެ.

މި ޖަލްސާގައި އެ ޖަމިއްޔާގެ 112 މެންބަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެ، ވޭތުވެދިޔަ އަހަރުގެ ހަރަކާތްތައް މުރާޖައާކޮށް، ކުރިއަށް އޮތް ދައުރަށް އެސޯސިއޭޝަންގެ މިސްރާބު ވަނީ ކަނޑައަޅާފަ އެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވީ މަޓީގެ ވައިސް ޗެއާމަން ހުސައިން އަފީފެވެ. އޭގެ ފަހުން ސެކްރެޓަރީ ޖެނެރަލްގެ ބަޔާން އިއްވައިދެއްވީ އަހުމަދު ނަޒީރެވެ. މި ޖަލްސާގެ ތެރެއިން، މަޓީގެ ކުރީގެ ޗެއާމަން އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެއް ކަމަށްވާ މަރުހޫމް މުހައްމަދު އުމަރު މަނިކު، އެ ދާއިރާގެ ކުރިއެރުވުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އެސޯސިއޭޝަންގެ "މެންބަރ އޮފް އޮނަރ" ގެ ލަގަބު ފުރަތަމަ ދިން ފަރާތެއްގެ ގޮތުގައި އެމަނިކުފާނަށް ވަނީ އަރުވާފަ އެވެ.

މި ބައްދަލުވުމުގައި 2026 އިން 2029 އަށް މަޓީގެ އެގްޒެކެޓިވް ކޮމިޓީ އަށް މެންބަރުން އިންތިޚާބުކުރުން ވެސް ކުރިއަށްދިޔަ އެވެ. އެގޮތުން، އެސޯސިއޭޝަންގެ ޗެއާމަންގެ މަގާމަށް ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ހުސައިން އަފީފް އިންތިޚާބުކުރި އިރު، ވައިސް ޗެއާމަނުންގެ ގޮތުގައި އިންތިޚާބުކުރީ ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ސަލާހު ޝިހާބާއި ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އަހުމަދު ނަޒީރެވެ. ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އަސަދު އަލީ އިންތިޚާބުކުރިއިރު، ފައިނޭންޝަލް ކޮންޓްރޯލަރ ގެ މަގާމަށް އިންތިޚާބު ކުރީ ލިލީ ހޮޓެލްސްް ގެ އަހްމަދު ހަފީޒް އެވެ. އެގްޒެކެޓިވް ބޯޑުގެ އެހެނިހެން މަގާމުތަކަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ކުންފުނިތަކުގެ މަންދޫބުން ވަނީ އިންތިޚާބުކޮށްފަ އެވެ.

މަޓީކުރުނބާ މޯލްޑިވްސްޙުސައިން އަފީފްމުހައްމަދު އުމަރުމަނިކުއަހުމަދު ނަޒީރުސަލާހު ޝިހާބު

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2026

ދޯންޏެއްގައި ރޯވުން: އަނިޔާވި 5 މީހުންނަށް ދަނީ ފަރުވާ ދެމުން

14 ފެބުރުއަރީ 2026
ދޯންޏެއްގައި ރޯވުން: އަނިޔާވި 5 މީހުންނަށް ދަނީ ފަރުވާ ދެމުން
14 ފެބުރުއަރީ 2026

15 މީހުންނާއި އެކު ދަތުރު ކުރި މަސްދޯންޏެއްގައި ރޯވެއްޖެ

14 ފެބުރުއަރީ 2026
15 މީހުންނާއި އެކު ދަތުރު ކުރި މަސްދޯންޏެއްގައި ރޯވެއްޖެ
31 ޖެނުއަރީ 2026

ވައިގެމަގުން ކުޑަހުވަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

31 ޖެނުއަރީ 2026
ވައިގެމަގުން ކުޑަހުވަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
06 ޑިސެމްބަރު 2025

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް
24 ސެޕްޓެމްބަރު 2025

ހޮސްޕިޓަލާއި އެއަރޕޯޓްގެ މަޝްރޫޢު ފެށުނު ގޮތް، ވިލިފުށީ ކައުންސިލްގެ ރައީސް، ރައީސް މުއިއްޒަށް ކިޔައި ދެއްވައިފި

24 ސެޕްޓެމްބަރު 2025
ހޮސްޕިޓަލާއި އެއަރޕޯޓްގެ މަޝްރޫޢު ފެށުނު ގޮތް، ވިލިފުށީ ކައުންސިލްގެ ރައީސް، ރައީސް މުއިއްޒަށް ކިޔައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު