Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓެޑްރޯސް ވިދާޅުވެފައި ވަނީ، އުތުރު ޣައްޒާގައި އިސްރާއީލް ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކާއި، ރައްޔިތުން ސަރަހައްދު ދޫކޮށް ދިޔުމަށް ނެރޭ އަމުރު ތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ނިކަމެތި ޙާލުގައި ޖެހިފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ވިދާޅުވެފައިވަނީ އުތުރު ގާޒާގައި އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ހޮސްޕިޓަލްތައް ވަނީ ފުނޑުފުނޑުވެ ދިއުމުގެ ހާފައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ސެޕްޓެމްބަރު 2025 | ބުރާސްފަތި 10:25
ކަމާލް އަދްވާން ހޮސްޕިޓަލް އަށް އަމާޒުކޮށް އިސްރާއީލް އިން ދީފައިވާ ހަމަލާގެ ސަބަބުން ލިބިފައިވާ ގެއްލުން

ކަމާލް އަދްވާން ހޮސްޕިޓަލް އަށް އަމާޒުކޮށް އިސްރާއީލް އިން ދީފައިވާ ހަމަލާގެ ސަބަބުން ލިބިފައިވާ ގެއްލުން

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމާ ދިމާލަށް ގޮސްފައިވާ ކަމަށް ވިދާޅުވެ، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދަނޯމް ގެބްރެއިސަސް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓެޑްރޯސް ވިދާޅުވެފައި ވަނީ، އުތުރު ޣައްޒާގައި އިސްރާއީލް ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކާއި، ރައްޔިތުން ސަރަހައްދު ދޫކޮށް ދިޔުމަށް ނެރޭ އަމުރު ތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ނިކަމެތި ޙާލުގައި ޖެހިފައިވާ ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ، މީގެ ކުރިން ވެސް ޣައްޒާގެ ހޮސްޕިޓަލް ތަކުގައި ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށާއި، މިހާރު އިތުރު ގޮން ޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން ޑަބްލިއުއެޗްއޯ އަށް އެ ސަރަހައްދަށް ވަދެ، ޣައްޒާގެ ރައްޔިތުންނަށް ބެނުންވާ ބޭސްފަރުވާގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެސް ހުރަސް ތަކެއް ކުރިމަތި ވެފައިވާ ކަމަށް ޓެޑްރޯސް ވިދާޅުވެފައިވެ އެވެ.

ޣައްޒާގެ އިންސާނީ ޙާލަތު އިންތިހާ އަށް ކަންބޮޑުވާ ދަރަޖަ އަށް ގޮސްފައިވާއިރު، މިހާރުގެ ޙާލަތު ވަގުތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ޓެޑްރޯސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. ހަމަ އެހެންމެ ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ އާއިލާތަކެއް ވަނީ ޓްރޯމާގެ ޙާލަތުގައި ޖެހިފައި ކަމަށާއި، އިންސާނީ ކަރާމާތް ގެއްލޭ ފަދަ ގޮތަކަށް ކުޑަ ކުޑަ ސަރަހައްދު ތަކަކަށް ޖަމާވާން މަޖުބޫރުވެފައި ކަމަށް ވެސް ޓެޑްރޯސްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ.

ޣައްޒާގެ ޙާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ދާއިރު، އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަަށް ލިބެމުްނދާ ގެއްލުން އިންތިހާ އަށް ބޮޑުވަމުން ދާ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެއީ އިންތިހާ ދަރަޖަ އަށް ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ

ޑަބްލިޔުއެޗްއޯޓެޑްރޮސް އަދަނޮމްއިސްރާއީލް-ޣައްޒާޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
27 ނޮވެމްބަރު 2025

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް
04 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަރަށް ބާރު ގަދަ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރު ހަމާސް އަށް

04 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަރަށް ބާރު ގަދަ ކަމަށް ވިދާޅުވެ، ޓްރަމްޕްގެ އިންޒާރު ހަމާސް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު