Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
"މޯލްޑިވްސް މޮނިން ކަޕް 2026"

"މޯލްޑިވްސް މޮނިން ކަޕް 2026"ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 27 އަހަރުން ދަށުގެ ޒުވާން ބާޓެންޑަރުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 2026 އޭޕްރިލް 1 އިން ފެށިގެން ސިމްޑީން ވަނީ ހުޅުވާލާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 2 އެޕްރީލު 2026 | ބުރާސްފަތި 20:47
"މޯލްޑިވްސް މޮނިން ކަޕް 2026"ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

"މޯލްޑިވްސް މޮނިން ކަޕް 2026"ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން | ސިމްޑީ

ސިމްޑީ ގްރޫޕްގެ ސިމްޑީ ބެވްގެ ފަރާތުން ބާއްވާ "މޯލްޑިވްސް މޮނިން ކަޕް 2026" ރަސްމީކޮށް އިއުލާނުކޮށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 2026 އޭޕްރިލް 1 ވަނަ ދުވަހު ހުޅުވާލާއިރު، ރެސިޕީތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2026 އޭޕްރިލް 18 އެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސިމްޑީގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ރެސިޕީ ހުށަހެޅޭނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

މިއީ ބުއިންތައް ތައްޔާރުކުރުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ، އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދައްކާލުމަށް ބާއްވާ މޮނިން ކަޕްގެ ރާއްޖޭގެ އެޑިޝަނެވެ. 2024 ވަނަ އަހަރު ބޭއްވި ފުރަތަމަ މުބާރާތުގެ ކާމިޔާބީ އަށް ފަހު، މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ.

މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާން ހުނަރުވެރިންނަށް ބައިނަލްއަގުވާމީ މައިދާނެއްގައި ފުރުސަތުތައް ހޯދައިދީ، އެމީހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމެވެ. މޮނިން ކަޕަކީ 2014 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ، ބާޓެންޑިންގް ދާއިރާގެ އައު ޖީލެއް ބިނާކުރުމަށް ފަރުމާކޮށްފައިވާ މުބާރާތެކެވެ.

މުބާރާތް ކުރިއަށްދާ ގޮތަށް ބަލާއިރު، ހުށަހަޅާ ރެސިޕީތަކުގެ ތެރެއިން އެންމެ ރަނގަޅު 7 ރެސިޕީ ހޮވައި، އެ ފަރާތްތަކުގެ މެދުގައި ބާއްވާ ގައުމީ ފެންވަރުގެ މުބާރާތް އޮންނާނީ 2026 މޭ 18 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ. މި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް ރީޖަނަލް މޮނިން ކަޕްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ސަރަހައްދީ މުބާރާތުން ކާމިޔާބު ހޯދައިފިނަމަ، ފްރާންސްގައި ބާއްވާ މޮނިން ކަޕް އިންޓަނޭޝަނަލް ފައިނަލްގައި ދުނިޔޭގެ އެންމެ މޮޅު ބާޓެންޑަރުންނާ ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސިމްޑީ ބެވްއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ މުބާރާތުން އެއްވަނަ ހޯދާ ފަރާތް ސަރަހައްދީ މުބާރާތުގައި ބައިވެރިވުމަށް ކުރަންޖެހޭ ހުރިހާ ހަރަދެއް އެ ކުންފުނިން ބަލަހައްޓާނެއެވެ. ކުރުނބާ މޯލްޑިވްސްގައި ބާއްވާ ފައިނަލް އިވެންޓުގައި ބައިވެރިންގެ ހުނަރުވެރިކަމާއި، ޓެކްނިކަލް ގާބިލުކަމުގެ އިތުރުން ހުށަހަޅައިދޭ ގޮތްތައް ވަޒަންކުރާނީ މޮނިން އިންޓަނޭޝަނަލް ޓީމުގެ މަންދޫބުންނާއި ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.


ސިމްޑީ ބެވްމޯލްޑިވްސް މޮނިން ކަޕް 2026ކުރުނބާ މޯލްޑިވްސްމޮނިން ކަޕް އިންޓަނޭޝަނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޓީގެ 36 ވަނަ އާންމު ޖަލްސާ ކުރުނބާގައި ބާއްވައިފި

މަޓީގެ 36 ވަނަ އާންމު ޖަލްސާ ކުރުނބާގައި ބާއްވައިފި

16 ފެބުރުއަރީ 2026
ދޯންޏެއްގައި ރޯވުން: އަނިޔާވި 5 މީހުންނަށް ދަނީ ފަރުވާ ދެމުން

ދޯންޏެއްގައި ރޯވުން: އަނިޔާވި 5 މީހުންނަށް ދަނީ ފަރުވާ ދެމުން

14 ފެބުރުއަރީ 2026
15 މީހުންނާއި އެކު ދަތުރު ކުރި މަސްދޯންޏެއްގައި ރޯވެއްޖެ

15 މީހުންނާއި އެކު ދަތުރު ކުރި މަސްދޯންޏެއްގައި ރޯވެއްޖެ

14 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު