Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އާންމުކޮށް ފެނިފައި ނުވާ އީރާނުގެ އައު ރޫހާނީ ލީޑަރާ ބައްދަލު ކުރެއްވި ކަމަށް އީރާނުގެ ރައީސް ވިދާޅުވެއްޖެ

އިރާނުގެ ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އައްޔަންކުރެއްވި މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވި ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ވިދާޅުވެފައި. މިދިޔަ މާރިޗު މަހު މަގާމާ ހަވާލުވެވަޑައިގަތް ފަހުން އާންމުންގެ ކުރިމައްޗަށް ފެނިވަޑައިނުގެން ހުންނެވި އާ ލީޑަރުގެ ދުރުވިސްނުންފުޅާއި އިޚުލާޞްތެރިކަމަށް ރައީސް ވަނީ ތައުރީފު ކުރައްވާފައި. އުމުރުފުޅުން 56 އަހަރުގެ މުޖުތަބާ ޚާމަނާއީ މަގާމަށް އައްޔަންކުރީ 88 މެންބަރުންގެ މައްޗަށް އެކުލެވޭ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިން.

ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 13:28
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން. | އޭޕީ

އިރާނުގެ ރޫހާނީ ލީޑަރުގެ މަގާމަށް މާރިޗު މަހުގެ ކުރީކޮޅު އައްޔަންކުރެއްވި ފަހުން އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންފައިނުވާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރައްވާފައިވާ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޓީވީން ދެއްކި ވީޑިއޯއެއްގައި ރައީސް ޕެޒެޝްކިއަން ވިދާޅުވީ، އިސްލާމީ އިންގިލާބުގެ ރޫހާނީ ލީޑަރާ އެކު ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ އެމަނިކުފާނުގެ ދުރުވިސްނުންފުޅާއި، ހިތްތިރިކަމުގެ އިތުރުން އިޚުލާޞްތެރިކަން ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފުރަތަމަ ދުވަހު ދިން ހަމަލާތަކުގައި، މުޖުތަބާ ޚާމަނާއީގެ ބައްޕާފުޅު އަދި ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވެ، މުޖުތަބާ ޚާމަނާއީއަށް ވަނީ އަނިޔާވެފައެވެ. ރޫހާނީ ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް އެމަނިކުފާނު ނެރުއްވާފައިވަނީ ހަމައެކަނި ލިޔުމުން ދެއްވާ ބަޔާންތަކެވެ.

އުމުރުފުޅުން 86 އަހަރުގައި އަލީ ޚާމަނާއީ އަވަހާރަވީ، ތިރީސް އަހަރަށްވުރެ ގިނަ ދުވަހު އީރާނުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުންނެވުމަށްފަހުގައެވެ.

އަލީ ޚާމަނާއީ އެ މަގާމާ ހަވާލުވެވަޑައިގަތީ 1989 ވަނަ އަހަރު، އެ ޖުމްހޫރިއްޔާގެ ބާނީ އާޔަތުﷲ ރުހުﷲ ޚުމައިނީ އަވަހާރަވުމާ ގުޅިގެންނެވެ.

އިރާނުގެ ރޫހާނީ ލީޑަރު އައްޔަންކުރުމުގެ މަސްއޫލިއްޔަތު އޮންނަ 88 މެންބަރުންގެ މައްޗަށް އެކުލެވޭ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިން މުޖުތަބާ ޚާމަނާއީ އެ މަގާމަށް އައްޔަންކުރިކަން ދައުލަތުގެ ޓީވީން އިއުލާންކުރީ މާރިޗު މަހުގެ 9 ވަނަ ދުވަހުއެވެ.

އެ ދުވަހުން ފެށިގެން އުމުރުފުޅުން 56 އަހަރުގެ މުޖުތަބާ ޚާމަނާއީގެ ފޮޓޯތައް އިރާނުގެ މަގުތަކުގައި ވަރަށް ގިނައިން ހަރުކޮށްފައި ހުރި ނަމަވެސް، އެމަނިކުފާނުގެ ބައްޕާފުޅާ ޚިލާފަށް، އާންމުކޮށް އާ ލީޑަރު ފެނިފައިނުވާކަން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ.

މަސްދަރު: ރޮއިޓާސް

އީރާންމުޖްތަބާ ހާމަނީމަސްޢޫދު ޕެޒެޝްކިއަންޢަލީ ޚަމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

ދެކުނު ކޮރެއާގެ ބޯޓަކަށް ދިން ހަމަލާ ގައި އީރާނުގެ އަސްކަރިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

07 މެއި 2026
ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން

ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން

05 މެއި 2026
އެމެރިކާ އިން ހިފެހެއްޓި އީރާނުގެ ބޯޓުގެ 22 ފަޅުވެރިން ޕާކިސްތާނާ ހަވާލު ކޮށްފި

އެމެރިކާ އިން ހިފެހެއްޓި އީރާނުގެ ބޯޓުގެ 22 ފަޅުވެރިން ޕާކިސްތާނާ ހަވާލު ކޮށްފި

04 މެއި 2026
އީރާނުން އެމެރިކާއަށް އިންޒާރު: ހޮރްމޫޒް ކަނޑުއޮޅިއާ ގާތް ނުވާތި!

އީރާނުން އެމެރިކާއަށް އިންޒާރު: ހޮރްމޫޒް ކަނޑުއޮޅިއާ ގާތް ނުވާތި!

04 މެއި 2026
އީރާންގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފެހެއްޓުމުން ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފި

އީރާންގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފެހެއްޓުމުން ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފި

20 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު