Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އީރާން ހަނގުރާމަ

އީރާނުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް އެމެރިކާގެ ބާރުގެ ދަށަށް ގެނައި ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެ

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފަސް އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެ. ދުނިޔޭގެ ހަކަތައިގެ ބޮޑު ބައެއް ދަތުރުކުރާ މި މަގު ބަންދުވުމުގެ ސަބަބުން ބައިނަލްއަގުވާމީ ހިއްސާގެ ބާޒާރުތަކަށް ލޮޅުން އަރާފައިވާއިރު، ގިނަ ގައުމުތަކަކަށް ވަނީ ހަކަތައިގެ ދަތިކަމާ ކުރިމަތިލާން ޖެހިފަ. މި ހާލަތުން އަރައިގަތުމަށް ބައެއް ގައުމުތަކުން ކަރަންޓާއި ތެޔޮ އިގްތިސާދު ކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު، މަޝްވަރާގެ މަގުން މައްސަލަ ހައްލުކުރުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުން ކަމަށް ބުނޭ.

ރާއްޖެ އެމްވީ | 20 އެޕްރީލު 2026 | ހޯމަ 08:48
2026 އޭޕްރީލް 19 ވަނަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އަރަބި ކަނޑުގެ އުތުރު ސަރަހައްދެއްގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ "އާލީ ބާކް-ކްލާސް އީޖިސް ގައިޑެޑް މިސައިލް ޑިސްޓްރޯޔާ" އެމް.އެސް.އެސް ސްޕްރޫއަންސް އިން، އީރާނުގެ ދިދަ ޖަހާފައިވާ "އެމް/ވީ ޓޫސްކާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ހުއްޓުވައި ބަލައިފާސްކުރާ މަންޒަރު.

2026 އޭޕްރީލް 19 ވަނަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އަރަބި ކަނޑުގެ އުތުރު ސަރަހައްދެއްގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ "އާލީ ބާކް-ކްލާސް އީޖިސް ގައިޑެޑް މިސައިލް ޑިސްޓްރޯޔާ" އެމް.އެސް.އެސް ސްޕްރޫއަންސް އިން، އީރާނުގެ ދިދަ ޖަހާފައިވާ "އެމް/ވީ ޓޫސްކާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ހުއްޓުވައި ބަލައިފާސްކުރާ މަންޒަރު. | ރޮއިޓާސް

އީރާނުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތައަށް ވުރެ މައްޗަށް ގޮސްފިއެވެ.

މި ބަދަލާއެކު ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 5.4 އިންސައްތަ މަތިވެ، 95.27 ޑޮލަރަށް (70.62 ޕައުންޑް) އަރާފައިވާއިރު، އެމެރިކާގެ ބެންޗްމާކް ތެލުގެ އަގު ވަނީ 5.9 އިންސައްތަ މަތިވެ 88.79 ޑޮލަރަށް އުފުލިފައެވެ.

Advertisement - businessAdvertisement

ތެލުގެ އަގަށް އައި މި ބަދަލަކީ ހަނގުރާމަ ހުއްޓާލާފައި އޮތް މުއްދަތުގައި ހޮރްމޫޒް ކަނޑުއޮޅި މުދާ އުފުލާ ބޯޓުފަހަރަށް "މުޅިން ހުޅުވާލާފައި" އޮންނާނެ ކަމަށް އީރާނުން ބުނުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އަގުތަކަށް ތިރިވުމަށް ފަހު އައި ބަދަލެކެވެ.

ނަމަވެސް، ހޮނިހިރު ދުވަހު އީރާނުން ވަނީ އެ ކަނޑުއޮޅި އަލުން ބަންދުކޮށްފައިވާ ކަމަށާއި، އެ ސަރަހައްދާ ގާތްވާ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމަށް ބުނެފައެވެ. ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ 20 އިންސައްތަ ދަތުރުކުރާ މި ކަނޑުއޮޅިއަކީ ދުނިޔޭގެ އިގްތިސާދަށް ނުހަނު މުހިންމު މަގެކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމާއެކު، ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި އަންނަ ހޯމަ ދުވަހު އެމެރިކާގެ މަންދޫބުން މަޝްވަރާތަކަށް ޕާކިސްތާނަށް ވަޑައިގަންނަވާނެއެވެ. ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ އެމެރިކާގެ ވަފުދުގެ އިސްވެރިއަކަށް ހުންނަވާނީ ނައިބު ރައީސް ޖޭޑީ ވޭންސް ކަމަށެވެ.

އެހެންނަމަވެސް، އީރާނުގެ ރަސްމީ މީޑިއާއިން ބުނެފައިވަނީ އެ މަޝްވަރާތަކުގައި ބައިވެރިވުމުގެ "އެއްވެސް ޕްލޭނެއް މިވަގުތު ނެތް" ކަމަށެވެ. އެހެންނަމަވެސް އީރާނުގެ ސަރުކާރުން މިކަމުގައި ރަސްމީ ސިޔާސަތެއް އަދި ހާމައެއް ނުކުރެއެވެ.

މާލީ ޚިދުމަތްތައް ފޯރުކޮށްދޭ އެމްއެސްޓީ މާކީގެ އެނަލިސްޓް ސައުލް ކަވޮނިކް ބީބީސީއަށް މައުލޫމާތު ދެމުން ބުނީ، ތެލުގެ ބާޒާރު މިހާރު ބިނާވެފައިވަނީ ހަގީގީ ހާލަތަށްވުރެ ބޮޑަށް، އެމެރިކާއާއި އީރާނުން ސޯޝަލް މީޑިއާގައި ކުރަމުންދާ ޕޯސްޓުތަކުގެ މައްޗަށް ކަމަށެވެ.

ސެވަން އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ކޯ-ޗީފް އިންވެސްޓްމަންޓް އޮފިސަރު ޝާންތީ ކެލެމަން ވިދާޅުވީ، ހާލަތަށް އަންނަމުންދާ އަވަސް ބަދަލުތަކުގެ ސަބަބުން ބާޒާރުގައި މިހާރު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށެވެ.

އޭނާ ބީބީސީއަށް ވިދާޅުވި ގޮތުގައި، ދައްކާ ވާހަކަތަކަށްވުރެ ބޮޑަށް ބާޒާރުގައި މިހާރު ކަން ހިނގަމުން ދަނީ އަމަލީ ގޮތުން އަޅާ ފިޔަވަޅުތަކަށެވެ.

އެމެރިކާއިން ކަނޑުގެ މަގުން ހުރަސްތައް ކުރިމަތިކުރުވައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާގެ މަނަވަރުތަކުން ކުރިމަތިކުރާ ހުރަސްތައް ނައްތާނުލަނީސް އެ ކަނޑުއޮޅި ނުހުޅުވާނެއެވެ.

ރައީސް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް ނާދެވެނީސް ކަނޑުގެ މަގުން ކުރިމަތިކުރާ ހުރަސްތައް ނުވަތަ ބްލޮކޭޑް ކުރިއަށްދާނެ ކަމަށެވެ.

މި ހަމަނުޖެހުންތަކާއެކު ހޯމަ ދުވަހު ހިއްސާގެ ބާޒާރުތަކަށް ވަނީ އެކި ކަހަލަ އަސަރުތައް ކޮށްފައެވެ. ޔޫރަޕްގައި ލަންޑަންގެ އެފްޓީއެސްއީ 100 އިންޑެކްސް 0.4 އިންސައްތަ ދަށަށް ދިޔައިރު، ޖަރުމަނުގެ ޑެކްސް އަދި ފްރާންސްގެ ސީއޭސީ 40 އިންޑެކްސް ވަނީ 1 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.

ނަމަވެސް އޭޝިއާގެ ބާޒާރުތައް ވަނީ ކުރިއެރުން ހޯދާފައެވެ. އެގޮތުން ޖަޕާނުގެ ނިކޭ އިންޑެކްސް 0.6 އިންސައްތަ މަތިވެފައިވާއިރު، ދެކުނު ކޮރެއާގެ ކޮސްޕީ ވަނީ 0.4 އިންސައްތަ މަތިވެފައެވެ.

އީރާނުގެ ހަނގުރާމަ ފެށުނީއްސުރެ ހަކަތައިގެ އަގުތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ.

ހަނގުރާމަ ފެށުމުގެ ކުރިން ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއް ހުރީ ގާތްގަނޑަކަށް 70 ޑޮލަރަށެވެ. ނަމަވެސް މާޗް މަހުގެ 9 ވަނަ ދުވަހު މި އަގު ވަނީ ގާތްގަނޑަކަށް 120 ޑޮލަރަށް އުފުލިފައެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ވަނީ ހަކަތައިގެ ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ. އަގުތައް އިންތިހާއަށް އުފުލިފައިވާއިރު، ބައެއް ގައުމުތަކަށް ވަނީ ތެޔޮ ލިބުމުގެ ދަތިކަން ކުރިމަތިވެފައެވެ.

އޭޝިއާ ސަރަހައްދަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދަނީ، އެ ސަރަހައްދަށް ބޭނުންވާ ހަކަތައިގެ 90 އިންސައްތަ އަކީ ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް އަންނަ ތަކެތި ކަމަށްވާތީއެވެ.

ހަކަތަ އިގްތިސާދު ކުރުމުގެ ގޮތުން ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، މަސައްކަތު ހަފުތާ ކުރުކުރުމަށާއި، ގައުމީ ބަންދު ދުވަސްތައް އިއުލާންކުރުމުގެ އިތުރުން ޔުނިވަރސިޓީތަކުގެ މަސައްކަތު ގަޑި ކުރުކުރުމަށް އަންގާފައެވެ.

ސިންގަޕޫރާއި ތައިލެންޑް ހިމެނޭހެން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުން ވަނީ، ކަރަންޓު އިގްތިސާދު ކުރުމަށްޓަކައި އެއާކޮންޑިޝަން ބޭނުންކުރުން މަދުކުރުމަށް ރައްޔިތުންނަށް ގޮވާލާފައެވެ.

ތިން މަސް ދުވަހަށް ފުދޭވަރުގެ ތެލުގެ ރިޒާވް ހުރި ކަމަށް ބެލެވޭ ޗައިނާއިން ވެސް ދަނީ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ތެލުގެ އަގު 20 އިންސައްތަ ބޮޑުވެފައިވާއިރު، އަގުތައް ކޮންޓްރޯލް ކުރުމަށް އެގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ސަރަހައްދުގެ އެއާލައިންތަކުން ވެސް ވަނީ މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް އިއުލާންކޮށްފައެވެ.

އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ ވެރިޔާ މިދިޔަ ހަފުތާގައި އިންޒާރު ދެއްވި ގޮތުގައި، ޔޫރަޕްގައި މިހާރު ހުރީ "ގާތްގަނޑަކަށް ހަ ހަފުތާއަށް ވާވަރުގެ" ޖެޓް ފިއުލްއެވެ.

ފާތިހް ބިރޯލް އޭޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ، ތެޔޮ ލިބުން ބަންދުވެފައި އޮންނަ ނަމަ، ވަރަށް އަވަހަށް ފްލައިޓްތައް ކެންސަލް ކުރަން ޖެހިދާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ޕެޓްރޯލާއި ޑީސަލްގެ އަގުތައް މަތިވަމުން ދިޔުމަށްފަހު، މިދިޔަ ހަފުތާގެ ނިޔަލަށް އަގުތަކަށް ވަނީ ކުޑަ ލުޔެއް ލިބިފައެވެ.

އީރާންހޮރްމޫޒް ކަނޑުއޮޅިތެލުގެ އަގުއެމެރިކާ-އީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ

އީރާނުގެ ކޮންމެ ބަނދަރަކަށް އެމެރިކާ އިން ދަނީ ފާރަވެރިވަމުން: ސެންޓްރަލް ކޮމާންޑުގެ އިސްވެރިޔާ

18 އެޕްރީލު 2026
އީރާނުގެ ބައެއް އެއަރޕޯޓް ތަކާއި ވައިގެ ސަރަހައްދު ބައިނަލްއަގުވާމީ ފްލައިޓްތަކަށް ހުޅުވާލައިފި

އީރާނުގެ ބައެއް އެއަރޕޯޓް ތަކާއި ވައިގެ ސަރަހައްދު ބައިނަލްއަގުވާމީ ފްލައިޓްތަކަށް ހުޅުވާލައިފި

18 އެޕްރީލު 2026
ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން

ފައްކާކޮށްފައިވާ ޔުރޭނިއަމް އެހެން އެއްވެސް ގައުމަކަށް ބަދަލުކުރުމުގެ އެއްވެސް ފުރުސަތެއް ނެތް: އީރާން

18 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި

ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަލުން އީރާނުގެ ދަށަށް ގެނެސްފި

18 އެޕްރީލު 2026
ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުން ޗައިނާގެ ރައީސް ހުންނެވީ އުފާވެފައި: ޓްރަމްޕް

ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމުން ޗައިނާގެ ރައީސް ހުންނެވީ އުފާވެފައި: ޓްރަމްޕް

18 އެޕްރީލު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު