Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ ކާގޯ ބޯޓެއް އެމެރިކާ އިން ހިފެހެއްޓުމުން ޗައިނާ އިން ކަންބޮޑުވުން ފާޅުކޮށްފި

ހޮރްމޫޒް ކަނޑުއޮޅީގެ މަސްރަހު ގޯސްވިޔަނުދީ، އުޅަނދުފަހަރަށް އަމާންކަމާއެކު ދަތުރުކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް ޗައިނާއިން ވަނީ ގޮވާލާފައި. އެމެރިކާއިން އީރާނުގެ ބޯޓެއް ހިފެހެއްޓި މައްސަލައިގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޙްތިރާމްކޮށް މަޝްވަރާގެ މަގު އިޚްތިޔާރުކުރުމަށް ޗައިނާ ސަރުކާރުން ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރި. މި ހާދިސާއަކީ ކަނޑުފޭރުމުގެ އަމަލެއްގެ ގޮތުގައި އީރާނުން ސިފަކުރާއިރު، ސުލްހައަށް މަގުފަހިވާނެ ފަދަ ޒިންމާދާރު ފިޔަވަޅުތައް އެޅުމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބާރުއަޅާ ކަމަށް ބުނެފައިވޭ.

ރާއްޖެ އެމްވީ | 20 އެޕްރީލު 2026 | ހޯމަ 10:05
ޗައިނާގެ ވެރިރަށް ބެއިޖިންގްގައި 2025 ނޮވެމްބަރު 20 ވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތު، އެ ގައުމުގެ ގައުމީ ދިދަ ވައިގެ ތެރޭގައި ވިހުރުވެމުންދަނީ.

ޗައިނާގެ ވެރިރަށް ބެއިޖިންގްގައި 2025 ނޮވެމްބަރު 20 ވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތު، އެ ގައުމުގެ ގައުމީ ދިދަ ވައިގެ ތެރޭގައި ވިހުރުވެމުންދަނީ. | ރޮއިޓާސް

އީރާނުގެ ދިދަ ނަގައިގެން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ ސިފައިން ހުރަސްއަޅައި، އެ ބޯޓު ހިފެހެއްޓި މައްސަލައިގައި ޗައިނާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހޯމަ ދުވަހު ވިދާޅުވީ، ކަމާބެހޭ ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޙްތިރާމްކޮށް، އެއަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ މަސްރަހަކީ ނާޒުކު އަދި އޮޅުންބޮޅުން ބޮޑު މަސްރަހެއް ކަމަށެވެ. އަދި މަސްރަހު އިތުރަށް ގޯސްވިޔަނުދީ، އެ ކަނޑުއޮޅިން އާންމު އުސޫލުން އުޅަނދުފަހަރު ދަތުރުކުރުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ބޭނުންވާ މާހައުލެއް ގާއިމުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އީރާނުގެ ބަނދަރުތައް ބަންދުކޮށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް ދަތުރުކުރަން އުޅުނު އީރާނުގެ މުދާ އުފުލާ ބޯޓަކަށް ބަޑިޖަހައި، އެ ބޯޓު ހިފަހައްޓާފައިވާ ކަމަށް އެމެރިކާއިން ކުރިން ވަނީ ބުނެފައެވެ. ނަމަވެސް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ބޯޓަކީ ޗައިނާއިން ފުރައިގެން ދަތުރުކުރި ބޯޓެއް ކަމަށާއި، އެމެރިކާ ސިފައިން ހިންގި "ހަތިޔާރު އެޅި ކަނޑުފޭރުމުގެ" މި އަމަލަށް ބަދަލުހިފާނެ ކަމަށެވެ.

މީގެ އިތުރުން، ހަނގުރާމަ ހުއްޓާލުމަށާއި މަޝްވަރާތަކަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައި، އެކަން އެގޮތުގައި ކުރިއަށް ގެންދިއުމަށް ވެސް ޗައިނާ ސަރުކާރުން ހޯމަ ދުވަހު ވަނީ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ތަރުޖަމާނު ގުއޯ ވިދާޅުވީ، ސުލްހައަށް މަގުފަހިވެފައިވާ މި ދަނޑިވަޅުގައި، ވީހާވެސް އަވަހަކަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެކަމަށް ބޭނުންވާ އެކަށީގެންވާ މާހައުލެއް ބިނާކުރަން ޖެހޭ ކަމަށެވެ.

އީރާންޗައިނާހޮރްމޫޒް ކަނޑުއޮޅިއީރާން-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ ސިފައިން ބަޑިޖަހާ، ބޯޓު ހިފަހައްޓައިފި

އީރާނުގެ މުދާ އުފުލާ ބޯޓަކަށް އެމެރިކާގެ ސިފައިން ބަޑިޖަހާ، ބޯޓު ހިފަހައްޓައިފި

20 އެޕްރީލު 2026
އީރާނުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް އެމެރިކާގެ ބާރުގެ ދަށަށް ގެނައި ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެ

އީރާނުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް އެމެރިކާގެ ބާރުގެ ދަށަށް ގެނައި ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެ

20 އެޕްރީލު 2026
ހަނގުރާމަ އިން ޓްރަމްޕް އަށް ހާސިލު ނުވި ކަންކަން، މަޝްވަރާ އިން ވެސް ހާސިލު ނުވާނެ ކަަމަށް ބުނެފި

ހަނގުރާމަ އިން ޓްރަމްޕް އަށް ހާސިލު ނުވި ކަންކަން، މަޝްވަރާ އިން ވެސް ހާސިލު ނުވާނެ ކަަމަށް ބުނެފި

20 އެޕްރީލު 2026
ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!

ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!

19 އެޕްރީލު 2026
އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި

އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި

19 އެޕްރީލު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު