Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިންނަށް ބިރުދެއްކުން

ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ޖަލަށްލާފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ރާއްޖެޓީވީން ގޮވާލައިފި

އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ރާއްޖެޓީވީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. އެ ސްޓޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ހިންގާ ފިނޑި އަމަލެއް ކަމަށް. އެހެންކަމުން ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލައި، ހައްޔަރުކުރި ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ރާއްޖެޓީވީން ވަނީ ގޮވާލާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 މެއި 2026 | އަންގާރަ 17:30
އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ޝަހުޒާން (ކ) އަދި ލީވާން އަލީ ނަސީރު (ވ).

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ޝަހުޒާން (ކ) އަދި ލީވާން އަލީ ނަސީރު (ވ). | ރާއްޖެއެމްވީ ގްރެފިކްސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ރައީސުލްޖުމްހޫރިއްޔާއާ ސުވާލެއް ކުރުމާއި ގުޅިގެންނާއި، ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަބަންދު އަމުރެއް ނެރުނު ވާހަކަ އަދަދު ނޫހުގައި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ލިޔެ ރިޕޯޓު ކުރުމާ ގުޅިގެން އެ ދެ ނޫސްވެރިންގެ މައްޗަށް ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ ތުހުމަތުކޮށް، އެ ނޫސްވެރިން ޖަލަށް ލުމަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާތީ ރާއްޖެޓީވީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް މީޑިއާގެ ޙައިސިއްޔަތުން ރާއްޖެޓީވީން ދެކެނީ މިވަގުތު ދިވެހިރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ކުރުމަށް ޖާގަ ނެތް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ދީފައިވާ އަސާސީ ޙައްޤެއްކަމުގައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެސް މިވަގުތު ރާއްޖޭގައި ޖާގަނެތްކަމަށް ރާއްޖެޓީވީން ދެކޭކަން ވަނީ ފާހަގަކޮށްފައެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން، ރައީސް މުއިއްޒުގެ ސަރުކާރުން ނޫސްވެރިންނަށް ތަކުރާރުކޮށް ބިރުދައްކައި، މިނިވަން ނޫސްވެރިކަމެއް ކުރުމަށް ތަކުރާރުކޮށް ހުރަސް އަޅަމުންދާ ދިއުމަކީ ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަމާއި، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން މަރާލާއި، ނައްތާލުމަށް ރާވައިގެން، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ހިންގަމުންދާ ފިނޑި އަމަލުތަކެއްކަމަށް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެއެވެ. 

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖެޓީވީން ދެކޭ ގޮތުގައި ސަރުކާރަށް ތާއީދުކޮށް، ސަނާ ކިޔާ މީޑިއާތައް ފިޔަވައި އެހެން ނޫސް، މީޑިއާތަކަށާއި ނޫސްވެރިންނަށް މިވަގުތު ރާއްޖޭގައި އޮތީ ބިރުވެރި، ނާމާން މާހައުލެއް ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ގިނަ ނޫސްވެރިން ތިބީ އެމީހަކު ލިޔާ ލިއުމަކުން، ފާޅު ކުރާ ހިޔާލަކުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޯޓަށް ހާޒިރުކޮށް، ޙުކުމްކޮށް، ޖަލަށް ލާނެކަމުގެ ބިރުވެރިކަމެއްގެ ތެރޭގައިކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. 

އެހެންކަމުން މިކަންކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރުމާއެކު، މިފަދަ ފިނޑި އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި، ޖަލަށް ލާފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ދިވެހި ސަރުކާރަށް ރާއްޖެޓީވީން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ. 

އަދަދު ނޫހުގައި ލިޔުނު ހަބަރަކާއި ގުޅިގެން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލުކުރި މައްސަލައިގައި އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްފައިވަނީ އަންގާރަ ދުވަހުއެވެ. 

އައިޝާ ޑޮކިއުމެންޓްރީއަދަދުއަދަދު އޮންލައިންނޫސްވެރިންގެ ޙައްޤުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

އަދަދެއް ނުހުއްޓުވޭނެ، ސަރުކާރު ޖަވާބުދާރީކުރާނަން، ޖަލުން ނުކުންނަނީ ގަލަން ހިފައިގެން: ފިޔާޒު

އަދަދެއް ނުހުއްޓުވޭނެ، ސަރުކާރު ޖަވާބުދާރީކުރާނަން، ޖަލުން ނުކުންނަނީ ގަލަން ހިފައިގެން: ފިޔާޒު

12 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

11 މެއި 2026
ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު

ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު

11 މެއި 2026
އަދަދުގެ ނޫސްވެރިޔާ ކޯޓުއަމުރާ ޚިލާފުވި ކަމަށް ރައީސް ކަނޑައަޅުއްވައި، ދާޚިލީ ވަޒީރުގެ ހާޒިރުގައި ނޫސްވެރިންގެ ބައްދަލުވުމުންވެސް ނެރެލައިފި

އަދަދުގެ ނޫސްވެރިޔާ ކޯޓުއަމުރާ ޚިލާފުވި ކަމަށް ރައީސް ކަނޑައަޅުއްވައި، ދާޚިލީ ވަޒީރުގެ ހާޒިރުގައި ނޫސްވެރިންގެ ބައްދަލުވުމުންވެސް ނެރެލައިފި

11 މެއި 2026
ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟

ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟

11 މެއި 2026

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު