Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދަދު ނޫހުގެ ނޫސްވެރިން ޖަލަށްލުން

އަދަދެއް ނުހުއްޓުވޭނެ، ސަރުކާރު ޖަވާބުދާރީކުރާނަން، ޖަލުން ނުކުންނަނީ ގަލަން ހިފައިގެން: ފިޔާޒު

12 މެއި 2026 | އަންގާރަ 14:50

ޚަބަރެއް ލިޔެގެންނާއި ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކޮށްގެން "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކުރި ހުކުމް އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި. ދިފާއުވުމުގެ ފުރުސަތެއް ނުދީ ނޫސްވެރިންނަށް އަދަބު ދިނުމަކީ ނޫސްވެރިކަން މަރާލުމަށް ކުރާ މަސައްކަތެއް ކަމަށާއި، ނަމަވެސް ސަރުކާރު ޖަވާބުދާރީކުރުވުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި. އަދި މިފަދަ ބިރުދެއްކުންތަކުން ނޫސްވެރިންގެ މަސައްކަތް ނުހުއްޓުވޭނެ ކަމުގެ ޔަގީންކަން ފިޔާޒު ވަނީ ދެއްވާފައި.

މަޚްތޫމް
މަޚްތޫމް | 12 މެއި 2026 | އަންގާރަ 14:50
އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އަދަދުގެ ނޫސްވެރިން.

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އަދަދުގެ ނޫސްވެރިން. | ރާއްޖެ އެމްވީ

އަދަދެއް ނުހުއްޓުވޭނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީކުރުމުގައި އަދަދުގެ ޓީމުން ފަހަތަށް ނުޖެހޭނެ ކަމަށާއި، ޖަލަށްލި ނޫސްވެރިން ޖަލުން ނުކުންނަނީ ގަލަން ހިފައިގެން ކަމަށް އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމުގައިވާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލުކރި މައްސަލައިގައި އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. 

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ފިޔާޒު ވިދާޅުވީ އަދަދުގެ ދެ ނޫސްވެރިން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުދުމުހުތާރު ވެރިކަމުގައި ޖަލަށްލީ ކަމަށެވެ. އެގޮތުން އެ ނޫހުގެ ނޫސްވެރިޔާ ލީވާން 10 ދުވަހަށް ޖަލަށްލީ ޚަބަރެއް ލިޔެގެން ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައި އަދި މި ފަހުން ގާނޫނުއަސާސީ އައި ފަހުން ޚަބަރެއް ލިޔެގެން ޖަލަށް ލީ ފުރަތަމަ ނޫސްވެރިޔާ ކަމަށެވެ. އަދި ރައީސް މުއިޒްއާ ސުވާލެއް ކޮށްގެން ޝަހުޒާނު ޖަލަށްލީ 15 ދުވަހަށް ކަމަށެވެ.  ފިޔާޒު ވިދާޅުވީ މި ދެ ނޫސްވެރިން ޖޫރިމަނާ ވެސް ކުރި ކަމަށާއި، ކޯޓަށް ހާޒިރުކޮށް ވަކީލެއްގެ ފުރުސަތު އަދި ދިފާއުވުމަށް ވެސް ފުރުޞަތު ނުދިން ކަމަށެވެ.

އެއީ މި އިންސާފަކަށް ވާނެތޯ؟ ރައީސް މުޢިއްޒު ވިދާޅުވަމުންދަނީ ތިމަންމަނިކުފާނު މިއީ މި ރާއްޖޭގައި ނެތްވަރުގެ ޢަދުލުވެރިއެކޭ. ދެން ރައީސް މުޢިއްޒު އާއި ޝަހުޒާނުކުރި ސުވާލަކީ އަޅުގަނޑުމެން މި ކުރަމުންދާ ސުވާލު. އެއީ ދަމު ނަމާދުކޮށްގެން ކާކާތޯ ގުޅީ؟ ކީއްވެގެންތޯ ގުޅީ؟ އެ ސުވާލު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެއް ނޫންތޯ؟ ދަމު ނަމާދުކޮށްގެން 2 ޖަހާއިރުގައި ކާކާތޯ ގުޅީ؟ ހަމަ އޮވެދާނެ ރަނގަޅަށް އޮފީހުގެ މަސައްކަތެއް ވެސް ކުރަން ގުޅާފަ. އެހެންވީމާ، އަޅުގަނޑުމެން އަދަދު ޓީމުގެ ފަރާތުން އަދި އަޅުގަނޑުމެންގެ ނޫސް ޓީމުގެ މުޅި ފެމިލީގެ ފަރާތުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އެކަމަކު އަޅުގަނޑުމެންގެ ނޫސް އަދި ނޫސްވެރިކަން މަރާލުމަށްޓަކައި ރައީސް މުއިއްޒު ކުރާ މަސައްކަތެއް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ. އެހެންވީމާ، މާދަމާ އަޅުގަނޑާ ޙަސަނާ އެބައޮތް މިތަނަށް ގެނައުން. އެއީ އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑު ވެސް ޖަލަށް ލާނެއޭ. ޙަސަން ވެސް ޖަލަށް ލާނެއޭ. އަދި ރައީސް މުޢިއްޒު ހިތެއް ހަމައެއް ނުޖެހެނެ.
އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ

މީގެ ކުރިން ވެސް ރައީސް މުއިއްޒު ފިޔާޒަށް ގުޅުއްވާ އެންމެ ހަރުކަށި އަދަބު ދެއްވާނެއޭ ވިދާޅުވެފައި އޮތް ވާހަކައަށް އިޝާރާތް ކުރައްވާ ފިޔާޒް ވިދާޅވީ މިހާރު މި ފެންނަނީ އެކަންކަން ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ތިބީ ރައީސް މުއިއްޒުއާ އެއްކޮށް ނޫން ކަމަށާއި، ރައްޔިތުން ތިބީ އަދަދު ޓީމާއެއްކޮށް، ނޫސްވެރިންނާ އެއްކޮށް ކަމަށް ފިޔާޒު ވިދާޅުވި އެވެ. 

ފިޔާޒު ވިދާޅުވީ ރައީސް މުއިއްޒު ބުއްދި އިސްކުރައްވަން ޖެހޭ ކަމަށާއި، އެމަނިކުފާނު މާ ބޮޑަށް ރުޅިދުރުވާ ކަމަށެވެ. އަދި އަދުލުވެރިކަމުގެ އެއްވެސް މިންވަރެއް ރައީސް މުއިއްޒުގެ ނެތް އިރު، އޭނާގެ ޓީމުން ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ އޭނާގެ ޓީމުން ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ. އަދި 10 ދުވަސް ފަހުން ލީވާން ޖަލުން ނުކުމެ، 15 ދުވަސް ފަހުން ޝަހުޒާން ޖަލުން ނުކުމެ ދާނީ ގަދަކޮށް ކަމަށެވެ.

އަދި ދިވެހި ސަރުކާރު ޒިންމާދާރުކުރުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ޖެހިލުމެއް ނެތި ކުރާނެ ކަމަށެވެ. އަދި ރައީސް މުއިއްޒަށް އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ބިރެއް ނުގަންނަ ކަމަށާއި، ޖަލުން ނިކުންނަ ދުވަހަކީ ގަލަން ހިފައިގެން ވެސް ނުކުންނަ ދުވަސް ކަމަށް ފިޔާޒު ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުހުސައިން ފިޔާޒު މޫސާލީވާން އަލީ ނާސިރުމުހައްމަދު ޝަހުޒާންއަދަދުކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

12 މެއި 2026

ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

12 މެއި 2026
ހަބަރެއް ލިޔެގެންނާއި ސުވާލު ކޮށްގެން، ލީވާން 10 ދުވަހަށް، ޝަހުޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި
12 މެއި 2026

ޝަހުޒާން އަށް ވަކީލެއް އައްޔަންކުރަން ދިނީ އެންމެ ދެ ގަޑިއިރު

12 މެއި 2026
ޝަހުޒާން އަށް ވަކީލެއް އައްޔަންކުރަން ދިނީ އެންމެ ދެ ގަޑިއިރު
12 މެއި 2026

ލިޔުނު ޚަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާން އަށް ވަކީލަކު އައްޔަނު ކުރަން ދިނީ އެންމެ 2 ގަޑިއިރު

12 މެއި 2026
ލިޔުނު ޚަބަރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރި ލީވާން އަށް ވަކީލަކު އައްޔަނު ކުރަން ދިނީ އެންމެ 2 ގަޑިއިރު
12 މެއި 2026

އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް

12 މެއި 2026
އަމާޒަކަށް ވާންވީ ރައީސް މުއިއްޒު ބަލިކޮށް ވެރިކަމުން ދުރުކުރުން: މީކާއީލް
11 މެއި 2026

ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ

11 މެއި 2026
ގެގް އަމުރާއި ޝަހުޒާން ހިލާފުވެއްޖެކަމަށް ރައީސް ކަނޑައެޅުމާއެކު ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގައިފި، ލިޔުނު ހަބަރަކާއި ގުޅިގެން ލީވާން ވެސް ހާޒިރު ކުރަނީ
11 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު

11 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވުމަކީ، ނޫސްވެރިންގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖެއް: ރައީސް ނަޝީދު
11 މެއި 2026

ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު

11 މެއި 2026
ގެގް އޯޑަރަކުން ޙައްޤެއް މުތުލަޤަށް ނިގުޅައިގަނެވޭނަމަ އެއީ ޤާނޫނުއަސާސީއާ ޚިލާފު އަމުރެއް: ކުރީގެ އުއްތަމަފަނޑިޔާރު
11 މެއި 2026

ފަހުމު ނުވި ރައީސް މުއިއްޒުގެ އާރްޓީއައި ސިޔާސަތު

11 މެއި 2026
ފަހުމު ނުވި ރައީސް މުއިއްޒުގެ އާރްޓީއައި ސިޔާސަތު
11 މެއި 2026

ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް

11 މެއި 2026
ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫން: ޕީޖީ އޮފީސް
11 މެއި 2026

ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި

11 މެއި 2026
ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް