Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޝާ ޑޮކިއުމަންޓްރީ

އަދަދުގެ ނޫސްވެރިޔާ ކޯޓުއަމުރާ ޚިލާފުވި ކަމަށް ރައީސް ކަނޑައަޅުއްވައި، ދާޚިލީ ވަޒީރުގެ ހާޒިރުގައި ނޫސްވެރިންގެ ބައްދަލުވުމުންވެސް ނެރެލައިފި

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިޔާ ކުރި ސުވާލަކާ ގުޅިގެން، އޭނާ ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައި. މި ބައްދަލުވުމުން ނޫސްވެރިޔާ ބޭރުކުރުމަށް ރައީސް އެންގެވުމާއެކު ސެކިއުރިޓީން ވަނީ އޭނާ އެތަނުން ނެރެފައި. ނަމަވެސް ކޯޓު އަމުރާ ހިލާފުވިކަން ކަނޑައެޅުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރެވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މެއި 2026 | ހޯމަ 06:18
ނޫސްވެރިޔާ ކޯޓު އަމުރާ ޚިލާފުވިކަމަށް ވިދާޅުވެ ނެރެލިނަމަވެސް، ކޯޓު އަމުރާ ޚިލާފުވިކަމަށް ކަނޑައަޅައި، ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ކަނޑައެޅުން ފަދަ ކަންކަމަކީ ދައުލަތުގެ އަނެއް ބާރު ކަމުގައިވާ އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރުގެ ދަށުން ކުރާ ކަމެއް.

ނޫސްވެރިޔާ ކޯޓު އަމުރާ ޚިލާފުވިކަމަށް ވިދާޅުވެ ނެރެލިނަމަވެސް، ކޯޓު އަމުރާ ޚިލާފުވިކަމަށް ކަނޑައަޅައި، ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ކަނޑައެޅުން ފަދަ ކަންކަމަކީ ދައުލަތުގެ އަނެއް ބާރު ކަމުގައިވާ އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރުގެ ދަށުން ކުރާ ކަމެއް. | ރާއްޖެ އެމްވީ

ރައީސް އޮފީހުގެ ބައްދަލުވުމުގައި ސުވާލުކުރި އަދަދު ނޫހުގެ ނޫސްވެރިޔާ ކްރިމިނަލް ކޯޓުގެ އަމުރާ ޚިލާފުވެފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ވަނީ އައިޝާ ޑޮކިއުމަންޓްރީގައި އަންހެން މީހާ ކޮށްފައިވާ ތުހުމަތުތަކަށް ރައީސް އިންކާރު ކުރައްވާފައިވާއިރު، ދަންވަރުގެ ވަގުތުތަކުގައާއި ނުގަޑިތަކުގައި ރައީސް އެ މުވައްޒަފަށް ގުޅާފައިވަނީ ކޮން ކަމަކުތޯ ސުވާލުކޮށްފަ އެވެ. ޝަހުޒާން ވަނީ އަދަދު ނޫހަށް ލިބިފައިވާ ކޯލް ލޮގްތަކުގެ ތަފްސީލުވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ނޫސްވެރިޔާ މިހާރު ކޯޓު އަމުރާ ޚިލާފުވެފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުން ނުކުތުމަށް ރައީސް ވަނީ އަންގަވާފަ އެވެ. އެހިސާބުން ރައީސް އޮފީހުގެ ސެކިއުރިޓީން ވަނީ ޝަހުޒާން ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލާފައެވެ. އޭރު ދާޚިލީ ވަޒީރު އަލީ އިޙުސާންވެސް ސެކިއުރިޓީންނާއެކު ހުންނަ މަންޒަރު ލައިވް ފީޑުން ފެނެއެވެ.

ރައީސް އެހެން ވިދާޅުވިނަމަވެސް، ކޯޓު އަމުރާ ޚިލާފުވިކަމަށް ކަނޑައަޅައި، ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ކަނޑައެޅުން ފަދަ ކަންކަމަކީ ދައުލަތުގެ އަނެއް ބާރު ކަމުގައިވާ އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރުގެ ދަށުން ކުރާ ކަމެއްކަން ފާހަގަ ކުރެވެއެވެ.

އަދަދު އޮންލައިންއައިޝާ ޑޮކިއުމެންޓްރީމުއިއްޒުގެ ވައުދު

އިތުރަށް ކިޔާލަން

11 މެއި 2026

އާރްޓީއައިތަކަށް ޖަވާބު ނުދެވޭކަން އެންމެ ފަހުން ރައީސް މުއިއްޒުވެސް ޤަބޫލު ކުރައްވައިފި، ވިދާޅުވީ މިއަދު އެންގުމެއް އަންގާނެކަމަށް!

11 މެއި 2026
އާރްޓީއައިތަކަށް ޖަވާބު ނުދެވޭކަން އެންމެ ފަހުން ރައީސް މުއިއްޒުވެސް ޤަބޫލު ކުރައްވައިފި، ވިދާޅުވީ މިއަދު އެންގުމެއް އަންގާނެކަމަށް!
10 މެއި 2026

"އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި ފިޔާޒާއި ޙަސަންގެ މައްޗަށް ދައުވާ އުފުލައިފި

10 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި ފިޔާޒާއި ޙަސަންގެ މައްޗަށް ދައުވާ އުފުލައިފި
10 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

10 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި
10 މެއި 2026

ޚާރިޖީ ބަހުރުވަ އަޅުގަނޑަކަށް ނޭނގޭ: އެކަމަކު ތިޔަ ބަޔާން ރައްދުވަނީ ފުރަތަމަ މި ސަރުކާރަށްކަން އަޅުގަނޑަށް އެނގޭ...

10 މެއި 2026
ޚާރިޖީ ބަހުރުވަ އަޅުގަނޑަކަށް ނޭނގޭ: އެކަމަކު ތިޔަ ބަޔާން ރައްދުވަނީ ފުރަތަމަ މި ސަރުކާރަށްކަން އަޅުގަނޑަށް އެނގޭ...
10 މެއި 2026

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓައި ރައީސްގެ އިތުރު ވައުދެއް: "މުޅި ބަނޑޭރިކޮށި ސަރަޙައްދު ޒަމާނީކުރުމަށް ބޮޑު ހައުސިންގް ޕްރޮޖެކްޓެއް ހިންގާނަން"

10 މެއި 2026
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓައި ރައީސްގެ އިތުރު ވައުދެއް: "މުޅި ބަނޑޭރިކޮށި ސަރަޙައްދު ޒަމާނީކުރުމަށް ބޮޑު ހައުސިންގް ޕްރޮޖެކްޓެއް ހިންގާނަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު