Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޝާ ޑޮކިއުމެންޓްރީ

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

10 މެއި 2026 | އާދީއްތަ 15:27

ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން "އައިޝާ" ޑޮކިއުމެންޓްރީގެ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި. މި އަމުރު ނެރުނީ މައްސަލައިގެ ހަސްމުންގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަށާއި، ޖިންސީ ކުށުގެ މައްސަލަތަކުގެ ސިއްރު ހިފެހެއްޓުމަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ކަމަށް ކޯޓުން ބުނޭ. އެހެންކަމުން މި ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް މައުލޫމާތެއް ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައި.

މަޚްތޫމް
މަޚްތޫމް | 10 މެއި 2026 | އާދީއްތަ 15:27
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު | ރާއްޖެއެމްވީ

އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ. 

ޝަރީއަތުގައި ހިނގަމުންދާ މައްސަަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކްރިމިނަލް ކޯޓުން ނެރުު އަމުރުގައި ބުނެފައިވަނީ ދައުވާ ފޯމާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ސިޓީގައި، ސަބަބު ބަޔާންކޮށް، މި މައްސަލާގެ ޝަރީޢަތް ހިނގަމުންދާއިރު ވަކި ގޮތަކަށް އަމަލުކުރުން ހުއްޓުވުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވެ އެވެ. މިކަމުގެ ޤާނޫނީ ހުއްޖަތެއްގެ ގޮތުގައި މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ ދެ ގަޒިއްޔާއެއްގައި ވެސް މިފަދަ އަމުރު ނެރެފައިވާތީ، އެ އަމުރުތަކަށް ރިއާޔަތްކޮށް ދިނުމަށް އެދިފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ. 

Advertisement - newsAdvertisement

އެގޮތުން ގަޛްފުގެ ކުށަކީ އިސްލާމީ ޝަރީޢާގައި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައަކަށްވާއިރު، މިކަން ހަރުކަށި އިބާރާތުން ނަހީ ކުރައްވާ ހަރުކަށި އަދަބު ކަނޑައަޅާފައިވެއެވެ. މިކަން މިހައި ބޮޑަށް އިސްލާމްދީނުގައި ނަހީ ކުރައްވާފައި ވަނީ، އަބުރު ރައްކާތެރިކުރުމަށާއި ޢިއްޒަތުއް ނަފްސު ރައްކާތެރިކުރުމުގެ ގޮތުން ކަމަށް އަމުރުގައ ބުނެފައިވެ އެވެ. 

އަދި މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވި ދައުވާ އުފުލިގެންވާ ހާލަތުގައިވެސް ޤާނޫނު އަސާސީ އިން ދަޢުވާ ލިބޭ މީހާ އަށް އަދި ކުށުގެ ޝިކާރައަށްވީ މީހާއަށް ކަށަވަރުކޮށްދޭ ހައްޤުތަކެއްވެ އެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 33 ވަނަ މާއްދާގައި ނަމާ އަބުރު ރައްކާތެރިކުރެވިފައި އޮތުމަކީ ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްޤެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ބެލުމުން، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޝަރުއީ ކޯޓަކުން ހުކުމްކޮށްގެން މެނުވީ މީހަކު ކުށެއް ކުރީކަމަށް ޤާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތްކަން އެނގެ އެވެ. 

އަމުރުގައި ބުނެފައިވަނީ ޝަރީޢަތުގެ މަރުހަލާގައި މައްސަލަ އޮންނަ ހާލަތުގައިވެސް، ދެ ހައްޤު ބެލެންސް ވެގެންދާނެ ފަދައަކުން ދަޢުވާ ލިބޭ ފަރާތާއި ކުށުގެ ޝިކާރައަށްވީ ފަރާތުގެ ހައްޤުތައް ހަމަހަމަކުރެވެންޖެހޭ ކަމަށެވެ. އަދި އެފަދައިން އަމަލު ނުކުރެވޭނަމަ އިޔާދަނުކުރެވޭނެފަދަ ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮވެދާނެއެވެ. އަދި މައްސަލައިގެ މައުޟޫއަށް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން، ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ޙައްޤުތަކަށް އެއްވެސް އަސަރެއް ނުކުރާނޭ މޭރުމަކުން، ޤާނޫނު އަސާސީގެ އެންމެހައި ހަމަތަކާއި ޤާނޫނާއި އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ކޯޓުތަކަށް މަތިކޮށްފައިވާ ކަމަށެވެ. 

އަދި ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތަކަކީ އާންމު ގޮތެއްގައި ހުޅުވާލެވިގެން ބާއްވާ ޝަރީޢަތުގެ އަޑުއެހުންތަކެއް ކަމުގައިވީނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި މިކަމަށް އިސްތިސްނާތަކެއް ބަޔާންކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ. މިގޮތުން، ޖިންސީ މައްސަލަތަކާއި އެބާވަތުގެ އަޚްލާޤީ ގޮތުން ބަދު މައްސަލަތަކުގެ އަޑުއެހުންތައް އާންމުކޮށް ކުރިއަށް ގެންދެވެނީ ޝަރީޢަތްތައް ހުޅުވާނުލާ ކަމަށް އަމުރުގައިވެ އެވެ. އެއީ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކަމަށް ބުނެފައިވެ އެވެ. އަދި މި އުސޫލުގެ މަޤްސަދަކީ ވެސް ދަޢުވާ ލިބޭ ފަރާތުގެ ޙައްޤާއި ކުށުގެ ޝިކާރައަށްވީ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުން ކަމަށް އަމުރުގައި ބުނެފައިވެ އެވެ. 

އަދި މި ސަބަބުތައް މިހެން ހުރުމުން މި މައްސަލައިގައ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދަޢުވާ ކުރެވިފައިވާ ހާދިސާއާ (އައިޝާ ޑޮކިއުމެންޓްރީ) ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީޢަތަށް ހުށަހެޅިފައި މިވާ ޑޮކިއުމަންޓަރީ އާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށްފައިވެ އެވެ. 

އަދި މިބާވަތުގެ މައްސަލަތަކަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތާއި ގުޅުންހުރި މަޢުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް. މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ. 

އައިޝާ ޑޮކިއުމެންޓްރީކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްޤާނޫނުއަސާސީއަދަދު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 މެއި 2026

ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި

09 މެއި 2026
 ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި
06 މެއި 2026

އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް

06 މެއި 2026
އައިޝާ ޑޮކިއުމެންޓްރީގެ ތަހުގީގަށް ހުރިހާ ވާހަކައެއް ކިޔައިދީ އެއްބާރުލުންދޭން އީޝާ ހުރީ ތައްޔާރަށް: ޝަމީމް
05 މެއި 2026

މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ

05 މެއި 2026
މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ
05 މެއި 2026

އައިޝާ ޑޮކިއުމަންޓްރީގެ ތަހުގީގަށް އައިޝަތު އީޝާ ފުލުހަށް ހާޒިރުވާން އަންގައިފި

05 މެއި 2026
އައިޝާ ޑޮކިއުމަންޓްރީގެ ތަހުގީގަށް އައިޝަތު އީޝާ ފުލުހަށް ހާޒިރުވާން އަންގައިފި
05 މެއި 2026

އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން މަޖިލީހަށް ގަރާރެއް

05 މެއި 2026
އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން މަޖިލީހަށް ގަރާރެއް
04 މެއި 2026

އަދަދު ނޫހުގެ ލެޕްޓޮޕްތަކާއި ހާޑްތަކުގެ ފާސްވަރޑް ފުލުހުންނަށް ދޭން ކޯޓުން އަމުރުކޮށްފި، އަދަދުން ނިންމީ ނުދޭން

04 މެއި 2026
އަދަދު ނޫހުގެ ލެޕްޓޮޕްތަކާއި ހާޑްތަކުގެ ފާސްވަރޑް ފުލުހުންނަށް ދޭން ކޯޓުން އަމުރުކޮށްފި، އަދަދުން ނިންމީ ނުދޭން
04 މެއި 2026

އަބްދުއްރަޙުމާނުގެ މަރު: ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ޑީއެންއޭ ރިޕޯޓު ހޯދަން ދިފާއުން އެދޭ

04 މެއި 2026
އަބްދުއްރަޙުމާނުގެ މަރު: ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ޑީއެންއޭ ރިޕޯޓު ހޯދަން ދިފާއުން އެދޭ
04 މެއި 2026

ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު

04 މެއި 2026
ރާއްޖޭގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ: ފައްޔާޒު
02 މެއި 2026

ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއްގައި ހޯދަން އިއުލާން ކުރި މީހަކު، ވައްކަމުގެ ދެ މައްސަލައެއްގައި ޖަލަށް ލައިފި

02 މެއި 2026
ސައްހަ ނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައެއްގައި ހޯދަން އިއުލާން ކުރި މީހަކު، ވައްކަމުގެ ދެ މައްސަލައެއްގައި ޖަލަށް ލައިފި
01 މެއި 2026

ކުރިމަތި ފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

01 މެއި 2026
ކުރިމަތި ފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް