Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިންޑިއާ-ރާއްޖެ

ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެކްސްޕޯޓް ކުރުމުގެ ކޯޓާ އިންޑިއާއިން ރެކޯޑް މިންވަރަކަށް އިތުރުކޮށްފި

ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް އިންޑިއާއިން ކަނޑައަޅާފައިވާ ކޯޓާ، 1981 ވަނަ އަހަރުގެ ފަހުން އެންމެ މަތީ މިންވަރަކަށް މިފަހަރު ވަނީ އިތުރުކޮށްފައި. މި ނިންމުމުގެ ދަށުން ކުކުޅުބިހާއި، ފިޔާ އަދި ހަނޑޫ ފަދަ ބާވަތްތަކުގެ ކޯޓާ ފަސް އިންސައްތަ އިތުރުކޮށްފައިވާއިރު، މިއީ ރާއްޖޭގެ ތަރައްގީއަށް އެހީތެރިވުމަށް އިންޑިއާއިން ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށް އިންޑިއާ އިން ބުނޭ. ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިވަމުންދާ ދަނޑިވަޅެއްގައި އިންޑިއާއިން މިފަދަ ލުއިތަކެއް ދީފައިވަނީ، ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަމަށް ބަދަލެއް ނާންނާނެކަން ހާމަކުރުމުގެ ގޮތުން.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 01:43
އިންޑިއާގެ ނިއުދިއްލީގައި ހުންނަ ރާޝްތުރަޕަތީ ބަވަންގައި 2024 އޮކްޓޫބަރު 7 ވަނަ ދުވަހު ބޭއްވި ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގާޑް އޮފް އޮނަރ އެއް އިންސްޕެކްޓް ކޮށްދެއްވަނީ.

އިންޑިއާގެ ނިއުދިއްލީގައި ހުންނަ ރާޝްތުރަޕަތީ ބަވަންގައި 2024 އޮކްޓޫބަރު 7 ވަނަ ދުވަހު ބޭއްވި ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގާޑް އޮފް އޮނަރ އެއް އިންސްޕެކްޓް ކޮށްދެއްވަނީ. | ގެޓީ އިމޭޖަސް

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، 2024 އިން 2025 އަށް ބޭނުންވާ ޒަރޫރީ މުދަލުގެ ބައެއް ބާވަތްތައް ރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފިއެވެ.

މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައި އޮންނަ ހާއްސަ އުސޫލެއްގެ ދަށުން ނިންމި ނިންމުމެއް ކަމަށާއި، މި އުސޫލުގެ ދަށުން ރާއްޖެއަށް މުދާ އެތެރެކުރުމަށް ކަނޑައަޅާފައިވާ ކޯޓާ މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

Advertisement - businessAdvertisement

އިންޑިއާ ހައިކޮމިޝަނުން ނެރުނު ނޯޓިސްގައި ބުނެފައިވާ ގޮތުގައި، މިފަހަރު ހުއްދަ ދީފައިވާ މުދަލުގެ މިންވަރަކީ 1981 ވަނަ އަހަރު މި އުސޫލަށް އަމަލުކުރަން ފެށި ފަހުން ކަނޑައެޅުނު އެންމެ މަތީ މިންވަރެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު 1981 ވަނަ އަހަރު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޒަރޫރީ މުދަލުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ މަގު ފަހިކޮށްދެއެވެ. ހައިކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަދަދު 2021 ވަނަ އަހަރު ފުރަތަމަ ފަހަރަށް 300 މިލިއަން ޑޮލަރަށް އަރާފައިވާއިރު، 2022 ވަނަ އަހަރު މި އަދަދު ވަނީ 500 މިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައެވެ.

އިންޑިއާއަކީ 2022 ވަނަ އަހަރު ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއެވެ. އަދި 2023 ވަނަ އަހަރު ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާގެ މަގާމު ހޯދީވެސް އިންޑިއާއެވެ. ހުކުރު ދުވަހުގެ އިއުލާނުގައިވާ ގޮތުން ކުކުޅުބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ފުށް އަދި މުގުގެ ބާވަތްތަކަށް ކަނޑައަޅާފައިވާ ކޯޓާ ވަނީ 5 އިންސައްތަ އިތުރުކޮށްފައެވެ. މީގެ އިތުރުން، އިންޑިއާއިން ބައެއް ބާވަތްތައް ބޭރު ގައުމުތަކަށް އެކްސްޕޯޓް ކުރުން މުޅި ދުނިޔެއަށް މަނާކޮށްފައި އޮތް ނަމަވެސް، މިދިޔަ އަހަރުވެސް އެ ގައުމުން ވަނީ ރާއްޖެއަށް ހަނޑޫ، ހަކުރު އަދި ފިޔާ އެކްސްޕޯޓް ކުރުން މެދުނުކެނޑި ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި، އެ ގައުމުގެ "ނެއިބަހުޑް ފަސްޓް" ނުވަތަ އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިންސާނީ ތަރައްގީއަށް އެހީތެރިވުމުގައި އިންޑިއާ ދެމިއޮންނާނެއެވެ. އިންޑިއާއިން މި ނިންމުން ނިންމާފައި މިވަނީ، އިންޑިއާ އައުޓް ނަމުގައި އިންޑިއާ އާ މެދު ދިވެހިންގެ މެދުގައި ނަފްރަތު އުފެއްދުމަށް ހިންގި ކެމްޕޭނުގައި އިސްދައުރެއް އަދާ ކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޗައިނާއާއެކު އޮންނަ އިގްތިސާދީ އަދި ސްޓްރެޓެޖިކް ގުޅުންތައް އިތުރަށް ވަރުގަދަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި އަހަރުގެ ކުރީކޮޅު ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ތަންފީޒު ކުރަން ފެށުމާ ގުޅިގެން، ރާއްޖެއިން ޗައިނާއާ ގާތް ގުޅުމެއް ބޭއްވުމާ މެދު ނިއު ދިއްލީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބުރާސްފަތި ދުވަހު ބޭއްވި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ރާއްޖޭގެ މިނިވަން ނިންމުންތަކަށް އިންޑިއާއިން އިހުތިރާމް ކުރާ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ދަރަނި އިތުރުވެދާނެ ފަދަ އެއްބަސްވުންތަކާ މެދު އިންޑިއާގެ ކަންބޮޑުވުން އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ޒަރޫރީ މުދަލުގެ ކޯޓާ އިތުރުކުރުމަށް ނިންމި ނިންމުމުން ހާމަވަނީ ދިވެހި ރައްޔިތުންނަށް އިންޑިއާއިން ދޭ އެހީތެރިކަމަށް ބަދަލެއް ނާންނަކަން ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއިން މިހާރުވެސް ޗައިނާއަށް ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާއިރު، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދަނީ ރާއްޖޭގެ މާލީ ކަންކަން ހަރުދަނާކުރުމަށް އިލްތިމާސް ކުރަމުންނެވެ.

ޑރ. މުހައްމަދު މުއިއްޒުރަންދީރު ޖައިސްވާލްމިނިވަން ވިޔަފާރި އެއްބަސްވުންއިންޑިއާ-ދިވެހިރާއްޖެރާއްޖެ-ޗައިނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ

ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ

06 މާރިޗު 2026
ހަނގުރާމަ  ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު

ހަނގުރާމަ ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު

05 މާރިޗު 2026
ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.

ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.

05 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

05 މާރިޗު 2026
އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

04 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު