Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

މަގުމަތިން މީހުންގެ ފޯނު އަތުލަން ފުލުހުން އެވަނީ ފަށާފައެވެ. އޭގެ ފަހުން އެފޯނުގައި ހުންނަ ބައެއް ތަކެތިވެސް އެދަނީ ލީކުވަމުންނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2025 | އާދީއްތަ 14:06
ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ޑރ މުހައްމަދު މުއިއްޒު

މީހުން ބުނެއެވެ. ފުޅަށް ބުޑުގައިހުރެ މީހަކު ކަރުކެހިލިއަސް ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާލަން އުޅޭ ހެންނެވެ. އެބީދައިން އެމީހަކު ކުރާ ކަމެއް އެހެން މީހަކު ކޮށްފާނެޔޭ އަބަދުވެސް ހިތުގައި އޮންނާނެއެވެ. އެކަމުގެ ވަހުމް އަބަދުވެސް އޮންނާނީ ހިނގަ ހިނގައެވެ. އެބިރުވެރިކަން އަބަދުވެސް އޭނާއަށް އޮވެއެވެ. ގިނި ދުށް މީހާ ރަތްމަލަށް ބިރު ގަންނަ ފަދައިންނެވެ.

އެހަމައިގެ މަތިން މިއަދު ފެންނަމުން އެދަނީ އެފަދަ މަންޒަރެކެވެ. ވެރިކަމަށް އަންނަން މުއިއްޒު ކުރި ފުރަތަމަ ކަމަކީ ޕީޕީއެމްގެ ސެނެޓުގެ ނުވަތަ ޕާޓީގެ ގިނަ ބޮޑުންނަށް ސިޓީ ކައުންސިލުން ވަޒީފާ ދިނުމެވެ. އެމީހުންނަށް އެހެން ގޮތަކަށް ހޭހަން ކުރުމެވެ. ސިޓީ ކައުންސިލްގެ ތެރެއިން ފައިސާ އެއްކުރުމުގެ އިތުރުން ސިޔާސީ ގޮތުންނާއި ޕާޓީގެ ތެރެއިން ބާރުގަދަ ވުމަށެވެ. ޔާމީނަށް ކުރިމަތިލެވެން ނެތް ވަގުތު ދަނޑިވަޅު ބަލާފައި ރިޔާސީ ޓިކެޓް ހޯދީ އޭގެ ބޭނުން ހިފައިގެންނެވެ. ފަޅާއެރީ ފަހުންނެވެ. ސީދާ އަދުރޭވެސް ދެއްކި ވާހަކަތަކުންނެވެ. ވެރިކަމަށް އާދެވުމާއެކު ދެން ކަންކުރައްވާން ފެށްޓެވި ގޮތުންނެވެ.

އެބިރު އަބަދުވެސް މުއިއްޒަށް އޮވެއެވެ. ޕާޓީގެ ތެރެއިން ގޯހެއް ހަދާފާނެ ކަމުގައެވެ. އެކަމަށްޓަކައި އެޅި ފުރަތަމަ ފިޔަވަޅަކީ ޕާޓީ ރަނގަޅަށް ހިސޯރުކޮށް ޕީޕީއެމް އުވާލުމެވެ. ޕީއެންސީ ވަރުގަދަ ކުރިއިރު މުއިއްޒުގެ މައްޗަށް ބަސްކިޔޭނޭ އެކަކުވެސް އެޕާޓީގެ ކުޑައިން ބޮޑަށް ނެތުމެވެ. އެންމެނަށް ވަޒީފާދީ ތަޅުއެޅުވުމެވެ. މަޖިލިސް މެންބަރުން އަނގައިގާ ޓޭޕުއަޅުވާ އެމީހުން އޮބަހެއްޓުމެވެ.

ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީވެސް އޭގެ ބޮޅެކެވެ. މެޖޯރިޓީ ނެތް ކައުންސިލްތަކުން މުއިއްޒު ކުޅުނު ކުޅި ކުޅެފާނެތީއެވެ. މީހުން ވަޒީފާތަކަށްލާފާނެތީއެވެ. ސަރުކާރަށް ތުރާލެއްވާފަދަ ކަމެއް ކޮށްފާނެތީއެވެ.

ވެރިކަމަށް އަންނަން ބޭނުންކުރީ ސީދާ ދޮގު ވާހަކައެވެ. ގައުމު ވިއްކާލުމެވެ. އިންޑިޔާ ސިފައިން ހާހުން ހާހުން މިތާ ތިބުމެވެ. އިންޑިޔާއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި އިސްތިގްލާލް ގެއްލިގެން ދިއުމެވެ. މުޅި ސަރުކާރާއި ދިފާއީ ބާރުގެ މައްޗަށް އިންޑިޔާއާއި އިންޑިޔާ މިލިޓްރީން ބާރު ފޯރުވުމެވެ. ސީދާ ރައީސުލް ޖުމްހޫރިއްޔާއަކީ އިންޑިޔާގެ ބޮޑުވަޒީރު މޯދީ ކޮންޓްރޯލް ކުރާ މީހަކަށް ވުމެވެ. މިހެންގޮސް ކިޔާފަ ނުކިޔާނެ އެއްޗެއް ނެތެވެ. އެވާހަކަތައް ދައްކާން އެންމެ ބޮޑަށް ބޭނުންކުރީ ސޯޝަލް މީޑިޔާއެވެ. ޕާޓީގެ އެކްޓިވިސްޓުން ލައްވައި އޭގެ އެތައް ވާހަކައެއް ސޯޝަލް މީޑިޔާގައި އަނބުރާ ރައްޔިތުން ސަރުކާރާމެދު ނަފްރަތު އުފެއްދިއެވެ. ސަރުކާރުގެ އަމަލްތަކުން ފުދިއްޖެކަމާ ސަރުކާރާ ދެކޮޅަށް ނުކުމެ ސަރުކާރު ބަދަލުކުރަން ވެއްޖެ ކަމަށް ރައްޔިތުންނަށް ވިސްނައިދިނީއެވެ. އެކަމުގައި އެއްވުމާއި މުޒާހަރާވެސް ކޮށް ހެދީއެވެ. ކޮވިޑްގެ ވަބާގައި މުޅި ރާއްޖެ ލޮކްޑައުންކޮށްފައި އޮއްވައި އެއަށްވެސް ބަލާލުމެއް ނެތިއެވެ.

ދެން އެއެޅި ފިޔަވަޅު އެއަޅަން ފެށީ އެބިރުވެރިކަމާހެދިއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާލުމަށް ގާނޫނެއް އެހެދީ އެސަބަބާ ހުރެއެވެ. އަބުރޭ، އެހެންމީހުންގެ ހައްގޭ ޅަފަޅޮލޭ ކިޔައިގެން އެހެދި ގާނޫނުގެ މައިގަނޑަކީ ސޯޝަލް މީޑިޔާ ކޮންޓްރޯލް ކުރުމެވެ. ސޯޝަލް މީޑިޔާގައި މީހުން ކުރާ ޕޯސްޓާހުރެ މީހުން ފުލުހަށް ހާޒިރުކޮށް ސުވާލު އެކުރަނީ އެބިރު ދައްކާށެވެ. ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވާ މީހުން އޮބަހެއްޓުމަށެވެ. މުއިއްޒުއާ ދެކޮޅަށް ވާހަކަ ފެތުރުނަ ނުދޭށެވެ.

ވެރިކަމަށް އަންނަން ކުރި މަސައްކަތުގައި މުއިއްޒު ކޮވިޑްގެ އާލަމީ ވަބައިގެ ތެރޭގައިވެސް އެއްވާނެތާކަށް އެއްވިއަސް މަޖީދީ މަގުން ހިނގާލިޔަ ނުދެނީވެސް އެބިރުންނެވެ. މުއިއްޒުގެ އޮފު އިތުރަށް ކަނޑާލިޔަ ނުދިނުމަށެވެ. ސަރުކާރާ ދެކޮޅަށް ނުކުންނަ މީހުންގެ ބައިހެޔޮ ބޯކަން އެހެން މީހުންނަށް ފެނިދާނެތީއެވެ. އިތުރު މީހުން އޭގެ ތެރެއަށް ވަނަނުދިނުމަށް ދައްކާ ބިރެއްގެ ގޮތުގައެވެ. އިދިކޮޅު ޕާޓީތައް ސައިޒް ކުރުމުގެ ނިޔަތުގައެވެ.

ކޮންމެއަކަސް މުއިއްޒާ ދެކޮޅަށް ބަޔަކު ނުކުމެ ޝުއޫރު ފާޅުކޮށް އަޑު އުފުލަފާނެތީ އެގަންނަނީކީ އަމަށަކު ބިރެއް ނޫނެވެ. އެކަމަކު ބިރަކީ އެބިރުގައި އެހެން މީހުންނަށް ބިރު ދެއްކުމެވެ. މީހަކު މުޒާހަރާއަށް ނުކުމެއްޖެ ނަމަ ޖެހިގެން އަންނަ ދުވަހު އޮފީހަށް ނުކުތަ ނުދީ ވަކިކޮށްފާނެ ކަމުގެ ބިރެވެ. ޚިޔާލެއް ފާޅުކޮށް ޕޯސްޓެއް ކޮށްފިނަމަ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފާނެ ކަމުގެ ބިރެވެ. ކުރި ޕޯސްޓަކުން ކުއްލިއަކަށް މަގުމަތިން މީހުންގެ ފޯނު ޖަހައިގަނެފާނެ ކަމެވެ. އެފޯނުގައި ހުރި އަމިއްލަ ތަކެތި ސޯޝަލް މީޑިޔާއަށް ލީކުކޮށްލާނެ ކަމުގެ ބިރެވެ. ފެންނަމުން އެދަނީ އެމަންޒަރެވެ. އެކަމަކު ހަގީގަތަކީ އެއީ އަދި ދެއްކޭނެ ބިރެއް ނޫންކަމެވެ. ތާއަބަދު ބިރު ދައްކައި މީހުންނަށް މަޖްބޫރުކޮށް އުޅުނު މިއަށްވުރެ ބާރުގަދަ މީހުންވެސް ނިމިދިއުމެވެ. ބާރު ކެނޑި ރައްޔިތުންގެ ބާރު އިސްވުމެވެ. އޭގައި އޮންނަނީ މަތިން ގަޑި ޖެހުމެވެ. ވަގުތު ޖެހުމާއެކު ލަހެއް ފަހެއް ނުވެ އެކަން ވެގެން ދެއެވެ.

މުއިއްޒުޕީޕީއެމްސޯޝަލް މީޑިއާއިންޑިޔާ-ދިވެހިރާއްޖެދުލާއި ގަލަމުގެ މިނިވަންކަންސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު