Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ-ދިވެހިރާއްޖެ

އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ މަދުކޮށްފި

އިންޑިއާގެ 2026-27 ވަނަ އަހަރުގެ ބަޖެޓުގައި ބަންގްލަދޭޝް، ރާއްޖެ އަދި މިޔަންމާ އަށް ދޭ އެހީ މަދުކޮށްފައިވާއިރު، ބޫޓާނަށް ދޭ އެހީ ވަރަށް ބޮޑަށް އިތުރުކޮށްފައިވޭ. ބަންގްލަދޭޝް އަށް ދޭ އެހީ 120 ކްރޯޑުން 60 ކްރޯޑަށް ވަނީ މަދުކޮށްފައި. ރާއްޖެ އަށް ދޭ އެހީ 600 ކުރޯޑުން 550 ކްރޯޑަށް މަދުކޮށްފައިވާއިރު، ބޫޓާނަށް 2،288.55 ކްރޯޑް ރުޕީސް ކަނޑައަޅާފައިވޭ.

ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 06:34
އިންޑިއާގެ މަރުކަޒީ ބަޖެޓް ހުށަހެޅުއްވުމަށްޓަކައި، އެ ގައުމުގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރާމަން އާއި ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ނިއުދިއްލީގައި ހުންނަ އެ މިނިސްޓްރީން ނުކުމެވަޑައިގެން ޕާލަމެންޓަށް ވަޑައިގަންނަވަނީ -  ފެބްރުއަރީ 1، 2025.

އިންޑިއާގެ މަރުކަޒީ ބަޖެޓް ހުށަހެޅުއްވުމަށްޓަކައި، އެ ގައުމުގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރާމަން އާއި ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުން ނިއުދިއްލީގައި ހުންނަ އެ މިނިސްޓްރީން ނުކުމެވަޑައިގެން ޕާލަމެންޓަށް ވަޑައިގަންނަވަނީ - ފެބްރުއަރީ 1، 2025. | ގެޓީ އިމޭޖަސް

އިންޑިއާ އިން ދިވެހިރާއްޖެ އަށް ދޭ އެހީ މަދުކޮށްފިކަން އިންޑިއާ ސަރުކާރުން ހުށަހެޅި އައު އަހަރުގެ ބަޖެޓުން ހާމަ ވެއްޖެ އެވެ.

އެހީ މަދު ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި މިޔަންމާ ހިމެނޭ އިރު، ބޫޓާނަށް ދޭ އެހީ ވަނީ ބަޖެޓުގައި އިތުރު ކޮށްފަ އެވެ.

އިންޑިއާ ސަރުކާރުގެ 2026-27 ވަނަ އަހަރުގެ މަރުކަޒީ ބަޖެޓުގައި، ބަންގްލަދޭޝް އަށް ދޭ މާލީ އެހީ ވަރަށް ބޮޑަށް މަދުކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ. މިދިޔަ އަހަރު ބަންގްލަދޭޝް އަށް 120 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 13 މިލިއަން ޑޮލަރު) ކަނޑައެޅި ނަމަވެސް، މިއަހަރު ކަނޑައަޅާފައިވަނީ އެންމެ 60 ކްރޯޑް ރުޕީސް (6.5 މިލިއަން ޑޮލަރު) އެވެ. މިއީ އިންޑިއާ އިން ބަންގްލަދޭޝް އަށް ދޭ އެހީ ދެބައިކުޅަ އެއްބައި ދަށްވުމެކެވެ.

މި ބަދަލު މި އައީ އިންޑިއާ އާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. 2024 ވަނަ އަހަރު ޝައިޚް ހަސީނާގެ ސަރުކާރު ވެއްޓުމަށްފަހު، ބަންގްލަދޭޝްއިން ވަނީ ޕާކިސްތާނާއެކު އޮންނަ ގުޅުން ރަނގަޅު ކުރަން ފަށާފަ އެވެ.

އިންޑިއާއިން އެހީ ކަނޑައެޅި މައިގަނޑު ގައުމުތައް

ދިވެހިރާއްޖެ އަށް އިންޑިއާއިން މިއަހަރު ކަނޑައަޅާފައިވަނީ 550 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު) އެވެ. މިއީ މިދިޔަ އަހަރު ކަނޑައަޅާފައި އޮތް 600 ކުރޯޑް ރުޕީސް އާ އަޅާބަލާއިރު މަދު އަދަދެއްކަން ފާހަގަ ކުރެވެ އެވެ. މިޔަންމާ އަށް 300 ކްރޯޑް ރުޕީސް ކަނޑައަޅާފައިވާއިރު، އެއީވެސް ކުރިއަށްވުރެ މަދު އަދަދެކެވެ. މިއާ ހިލާފަށް، ބޫޓާނަށް ވަނީ 2،288.55 ކްރޯޑް ރުޕީސް (249.5 މިލިއަން ޑޮލަރު) ކަނޑައަޅާފަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ ގާތްގަނޑަކަށް 138 ކްރޯޑް ރުޕީސް އިތުރު އަދަދެކެވެ.

އިންޑިއާގެ ބަޖެޓުގައި އެފްރިކާގެ ގައުމުތަކަށް 2.25 ބިލިއަން ރުޕީސް، ލެޓިން އެމެރިކާގެ ގައުމުތަކަށް 1.2 ބިލިއަން ރުޕީސް، އަދި ޔޫރޭޝިއާ ސަރަހައްދުގެ ގައުމުތަކަށް 3.8 ބިލިއަން ރުޕީސް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، މި ސަރަހައްދުތަކުގައި ހިމެނޭ ވަކިވަކި ގައުމުތަކަށް ދޭނެ ފައިސާގެ މިންވަރެއް އަދި ސާފެއް ނުވެއެވެ. 

އިންޑިއާ ސަރުކާރުން 2026-27 ވަނަ އަހަރަށް އެ ގައުމުގެ ހާރިޖީ ވުޒާރާއަށް ޖުމްލަ 22،118 ކްރޯޑް ރުޕީސް (2.6 ބިލިއަން ޑޮލަރު) ގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި އެ ވުޒާރާގެ އިދާރީ ހަރަދުތަކާއި އެހެނިހެން މުހިންމު މަސައްކަތްތަކަށް ހިނގާނެ ހަރަދުތައް ހިމެނެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަ އިތުރުވުމެކެވެ.

އިންޑިއާ-ދިވެހިރާއްޖެއިންޑިއާ-ބަންގްލަދޭޝްބޫޓާންއިންޑިއާ-ބޫޓާން

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2026

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތައް ގެއްލުންވާ ގޮތަށް ހުރި އެއްބަސްވުންތައް އިސްލާހު ކޮށް ނިމިފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ ބޮޑު އިތުރުފުޅެއްކަން ފަޅާ އަރައިފި

27 ޖެނުއަރީ 2026
ރާއްޖޭގެ މިނިވަންކަމާ ސިޔާދަތައް ގެއްލުންވާ ގޮތަށް ހުރި އެއްބަސްވުންތައް އިސްލާހު ކޮށް ނިމިފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ ބޮޑު އިތުރުފުޅެއްކަން ފަޅާ އަރައިފި
26 ޖެނުއަރީ 2026

ޓީ20 ވާރލްޑް ކަޕް އިން ބަންގްލަދޭޝް ބޭރު ކުރަން އައިސީސީ އިން ނިންމައިފި

26 ޖެނުއަރީ 2026
ޓީ20 ވާރލްޑް ކަޕް އިން ބަންގްލަދޭޝް ބޭރު ކުރަން އައިސީސީ އިން ނިންމައިފި
31 ޑިސެމްބަރު 2025

ޖީއެމްއާރު ބޭރުކޮށްލިތާ 10 އަހަރު ފަހުން ހަނިމާދޫ އެއަރޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދައި ދިނުމަށް މުއިއްޒު ސަރުކާރުން އެދިގެން އެ މަސައްކަތް އިންޑިއާ ސަރުކާރުން ފަށައިފި

31 ޑިސެމްބަރު 2025
ޖީއެމްއާރު ބޭރުކޮށްލިތާ 10 އަހަރު ފަހުން ހަނިމާދޫ އެއަރޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދައި ދިނުމަށް މުއިއްޒު ސަރުކާރުން އެދިގެން އެ މަސައްކަތް އިންޑިއާ ސަރުކާރުން ފަށައިފި
12 ނޮވެމްބަރު 2025

ހަކަތައިގެ ދާއިރާއިން ބޫޓާނަށް ދޭ އެހީ އިންޑިއާއިން އިތުރުކޮށްފި

12 ނޮވެމްބަރު 2025
ހަކަތައިގެ ދާއިރާއިން ބޫޓާނަށް ދޭ އެހީ އިންޑިއާއިން އިތުރުކޮށްފި
24 އޮކްޓޯބަރު 2025

މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ

24 އޮކްޓޯބަރު 2025
މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ
16 އޮކްޓޯބަރު 2025

ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ގޮވާލައިފި

16 އޮކްޓޯބަރު 2025
ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން  ގޮވާލައިފި
14 އޮކްޓޯބަރު 2025

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
09 އޮކްޓޯބަރު 2025

ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ

09 އޮކްޓޯބަރު 2025
ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ
30 ސެޕްޓެމްބަރު 2025

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އަކީ އެޑިޓެއް، ސައްޔާރާގެ ތީމް ލަވަ މޯދީވެސް ކިޔާފަ އެބައިން: ޝިއުނާ

30 ސެޕްޓެމްބަރު 2025
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯ އަކީ އެޑިޓެއް، ސައްޔާރާގެ ތީމް ލަވަ މޯދީވެސް ކިޔާފަ އެބައިން: ޝިއުނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު