Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް

ޖީއެމްއާރު ބޭރުކޮށްލިތާ 10 އަހަރު ފަހުން ހަނިމާދޫ އެއަރޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދައި ދިނުމަށް މުއިއްޒު ސަރުކާރުން އެދިގެން އެ މަސައްކަތް އިންޑިއާ ސަރުކާރުން ފަށައިފި

ރައީސް މުއިއްޒުގެ ސަރުކާރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ހޯދުމަށް އިންޑިއާ ގައި އެދިފައި މިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް އިންޑިއާގެ އިންފްރާސްޓްރަކްޗަރ ކުންފުނި، ޖީ.އެމް.އާރ.އާ އެކު ވެފައިވާ އެއްބަސްވުން ކުއްލިގޮތަކަށް އުވާލައި، ކުންފުނީގެ މުވައްޒަފުން ރާއްޖެ އިން ބޭރުކޮށްލިތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ފަހުން.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 18:45
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުއްވައިދެއްވަން ރައީސް މުއިއްޒު ވަޑައިގެން ޑރ. ވަހީދު އާ ސަލާން ކުރައްވަނީ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުއްވައިދެއްވަން ރައީސް މުއިއްޒު ވަޑައިގެން ޑރ. ވަހީދު އާ ސަލާން ކުރައްވަނީ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެދުމަކަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގުމުގައި އިންޑިއާގެ ކުންފުނިތައް ބައިވެރިކުރުމުގެ ހުށަހެޅުމެއް ދިރާސާ ކުރުމަށް އިންޑިއާ ގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭ.އޭ.އައި) އަށް އަންގައިފި އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ހޯދުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިފައި މިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް އިންޑިއާގެ އިންފްރާސްޓްރަކްޗަރ ކުންފުނި، ޖީ.އެމް.އާރ.އާ އެކު ވެފައިވާ އެއްބަސްވުން ކުއްލިގޮތަކަށް އުވާލައި، ކުންފުނީގެ މުވައްޒަފުން ރާއްޖެ އިން ބޭރުކޮށްލިތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

Advertisement - newsAdvertisement

އިންޑިއާގެ ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ކުރީކޮޅު، ސިވިލް އޭވިއޭޝަން މިނިސްޓްރީން އޭ.އޭ.އައި.އަށް ފޮނުވި ސިޓީއެއް ގައި ބަޔާންކޮށްފައި ވަނީ މި ހުށަހެޅުން ހުށަހަޅާފައިވަނީ، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސް މުޙައްމަދު މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ސިވިލް އޭވިއޭޝަން މިނިސްޓަރ ކޭ. ރާމް މޯހަން ނައިޑޫ އަށް ކަމަށެވެ.

މިނިސްޓްރީގެ އިސް އޮފިޝަލަކު 'ދަ ހިންދޫ' ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެއާޕޯޓްގެ މެނޭޖްމަންޓަށް "އިންޑިއާގެ ކުންފުނިތައް ބައިވެރިކުރުމާބެހޭ ހުށަހެޅުން ދިރާސާކުރުމަށް" އޭ.އޭ.އައި.އަށް އިރުޝާދު ދީފައިވާ ކަމަށެވެ.

އޭ.އޭ.އައި.އަކީ އިންޑިއާގެ 113 އެއާޕޯޓް ހިންގުމުގެ އިތުރުން 26 ސްޓޭޓް ސަރުކާރުގެ އެއާޕޯޓް ހިންގާ ކުންފުންޏެކެވެ. އޭ.އޭ.އައި.އަށް ނިސްބަތްވާ 13 އެއާޕޯޓް މިހާރު ހިންގަމުންދަނީ ޖީ.އެމް.އާރ.، ޖީ.ވީ.ކޭ. އަދި އަދާނީ ގްރޫޕް ފަދަ އަމިއްލަ އޮޕަރޭޓަރުންނެވެ. އޭގެތެރެއިން ނާވީ މުމްބާއީ ފިޔަވައި ހަތް އެއާޕޯޓް ހިންގަނީ އަދާނީ ގްރޫޕުންނެވެ.

ހަނިމާދޫ އެއާޕޯޓަކީ 1986 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ އެއާޕޯޓެކެވެ. މި އެއާޕޯޓް ތަރައްޤީކޮށް ފުޅާކުރުމަށް އިންޑިއާ އިން ވަނީ އެގްޒިމް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދީފައެވެ. ތަރައްޤީކުރުމުގެ މަސައްކަތްތައް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖޭ.އެމް.ސީ. ޕްރޮޖެކްޓްސްއާ ހަވާލުކުރެވުނީ 136.6 މިލިއަން ޑޮލަރުގެ އަގަކަށެވެ. މި މަސައްކަތުގެ ތެރޭގައި 2,465 މީޓަރުގެ ރަންވޭއެއް ހެދުން ހިމެނެއެވެ. މި ރަންވޭއަށް އެއާ ބަސް އޭ320 މަރުކާގެ ބޯޓުތައް ޖެއްސޭނެ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ގާބިލްކަން ލިބިފައިވާ އާ ޕެސެންޖަރ ޓަރމިނަލް އިމާރާތެއް ވެސް ވަނީ ހަދާފައެވެ. 

ދަ ހިންދޫން ފާހަގަ ކޮށްފައިވާ ގޮތުގައި މުއިއްޒު ސަރުކާރުން މިކަން ހުށަހަޅާފައި މިވަނީ ޖީ.އެމް.އާރ.އަށް ރާއްޖެ އިން ފުރަން އަންގާ، އެ ކުންފުނި ބޭރުކޮށްލުމަށް ދިމާވި ހިތްދަތި ހާދިސާ އަށް ދިހަ އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑރ. ވަހީދު ގެ ވަޒީރުންގެ މަޖިލީހުން ވަނީ، 2010 ވަނަ އަހަރު ޖީ.އެމް.އާރ.އާ އެކު، ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ތަރައްޤީކޮށް ހިންގުމަށް ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައެވެ. އެއީ އެހާތަނަށް ދިވެހިރާއްޖެ އަށް ގެނައި އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓެވެ. އިންވެސްޓްމަންޓުގެ އެއްބަސްވުމުގެ އަގަކީ 511 މިލިއަން ޑޮލަރެވެ. މި އެއްބަސްވުން އުވާލަން އޭރުގެ ބަންޑާރަ ނައިބުގެ މަގާމުގައި ހުންނެވި އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ، އެއީ ގަނޫނީ ބާރެއް ނެތް އުފެދުމުގައި ވެސް ބާތިލު  (ވޮއިޑް-އަބް-އިނިޓިއޯ) އެއްބަސްވުމެއް ކަމަށެވެ. އެ ސަބަބު ދައްކާ، ޖީ.އެމް.އާރ.އަށް ރާއްޖެ އިން ފުރަން ދިނީ އެންމެ ހަތް ދުވަހުގެ މުއްދަތެކެވެ.

އިންޑިއާގެ ކުންފުނި ބޭރުކޮށްލުމަށް ފަހު 2014 ވަނަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރަން ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް ކިޔާ ޗައިނާ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރިއެވެ. އަދި ދިވެހި ސަރުކާރުން ބުނީ އެއާޕޯޓްގެ ހިންގުން ސަރުކާރު ހިއްސާވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކުރުމަށްފަހު ދެން އެއަރޕޯޓު ހިންގުން އަމިއްލަ ކުންފުންޏަކަށް ނުދޫކުރާނެ ކަމަށެވެ.

ފަހުން، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު، ސިންގަޕޫރު އާބިޓްރޭޝަން ސެންޓަރުގެ ޓްރައިބިއުނަލްއަކުން ވަނީ އެއްބަސްވުން ގޯސްކޮށް އުވާލިކަމަށް ކަނޑައަޅައި، ޖީ.އެމް.އާރ.އަށް 270 މިލިއަން ޑޮލަރުގެ ބަދަލު ދިނުމަށް ދިވެހި ސަރުކާރުގެ މައްޗަށް ހުކުމްކޮށްފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްއިންޑިޔާ-ދިވެހިރާއްޖެޖީއެމްއާރް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
ހަނިމާދޫ ރައްޔިތުން މުއިއްޒު ސަރުކާރަށް ''ދޮލަނގުން'' ރައްދު ދީފި!

ހަނިމާދޫ ރައްޔިތުން މުއިއްޒު ސަރުކާރަށް ''ދޮލަނގުން'' ރައްދު ދީފި!

10 ނޮވެމްބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން  ގޮވާލައިފި

ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ގޮވާލައިފި

16 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު