Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޫސްވެރިންގެ ފޯނު ޗެކްކުރުން

ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި

11 މެއި 2026 | ހޯމަ 14:06

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މޯބައިލް ފޯނު ބޭނުންކުރުމާއި ވީޑިއޯ ކުރުން މަނާކުރާ ހަރުކަށި އުސޫލެއް އެކުލަވާލުމާ ގުޅިގެން، ނޫސްވެރިންގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައި. މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާއިރު، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް މިފަދަ ހުދުމުހުތާރު އުސޫލުތައް ގެންގުޅޭކަން ފާހަގަކުރެވޭ. މި އުސޫލުތަކުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި ނޫސްވެރިންނަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ.

މަޚްތޫމް
މަޚްތޫމް | 11 މެއި 2026 | ހޯމަ 14:06
ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. | ރައީސް އޮފީސް

ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، އެ އޮފީހުގެ އެމްއެންޑީއެފް ސެކިއުރިޓީން ނޫސްވެރިންގެ ފޯނު ޗެކްކުރަން އުޅެފި އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގެ ސެކިއުރިޓީން ޗެކްކުރަން އުޅުނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޝައިހާން ޒަރީރުގެ ފޯނެވެ. އޭނާގެ ފޯނު ޗެކްކުރަން އުޅުނީ ހޯމަ ދުވަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދުގެ ނޫސްވެރިޔާ ޝަހުޒާން ބޭރުކުރަން އުޅުމުން އެތަން ވީޑިއޯ ކުރިކަމަށް ބުނެ އެވެ. މިއީ މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެ އެވެ.

Advertisement - newsAdvertisement

މީގެ ކުރިން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިން ފޯނު ވެއްދުން ވެސް މަނާކުރި އެވެ. ނަމަވެސް ފަހުން އެކަން އުވާލި އެވެ. މި ވެރިކަން އައި ފަހުން ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހަރުކަށި އުސޫލުތައް ގެންގުޅެ އެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މުންދު ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ހާއްސަ ގަވާއިދެއް އޮންނަ ކަމަށާއި އެ ގަވާއިދުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް މިދިޔަ މާޗު ތިރީސް އެކެއްގައި ރައީސް އޮފީހުން ވަނީ ނެރެފަ އެވެ. މިއީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިނގާ އެހެނިހެން ކަންކަން އާންމުންނާ ހަމައަށް ގޮސްދާނެތީ ހަދާފައިވާ ހަރުކަށި އުސޫލެކެވެ.

އެ އުސޫލުގައި ބުނެފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ފޮޓޯ ނެގުމާއި، ވީޑިއޯ ކުރުމާއި، އޯޑިއޯ ރިކޯޑުކުރުމަށް މޯބައިލް ފޯނު ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި މޯބައިލް ފޯނު ބޭނުންކުރެވޭނީ ހަމައެކަނި ނަން ނޯޓުކުރުމަށް ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

މި އުސޫލުތައް ތަންފީޒުކުރުމުގައި ރައީސް އޮފީހުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް ނޫސްވެރިން ފާހަގަކުރެ އެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހަބަރު ފަތުރާ މިނިވަންކަމަށް އޮތް ހުރަހެއްކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަކީ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކާ ބެހޭ މައުލޫމާތު އާންމުންނާ ހަމައަށް ގެންދިއުމަށް ނޫސްވެރިންނަށް ލިބޭ މުހިންމު ފުރުސަތެކެވެ. މި ބައްދަލުވުންތަކުގައި ހުރަސްތައް ކުރިމަތިވުމަކީ ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުމެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.

ބޮޑެތި ގައުމުތަކުގައި މިގޮތަށް އަމަލު ނުކުރި ނަމަވެސް، ވެރިކަމުގެ އާރާއި ބާރުގައި އަދި ވެރިކަން ދަމަހައްޓަން މަސައްކަތް ކުރާ ހުދުމުހުތާރު ވެރިން ވަނީ މިފަދަ ކަންކަން ތަންފީޒު ކުރަން ފަށާފަ އެވެ. އެގޮތުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން، ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނޫސްވެރިން ސްމާޓްފޯން ވެއްދުން މަނާކޮށްފައިވާކަން ނޫސްވެރިންނަށް ވަނީ އަންގާފަ އެވެ. ނޫސްވެރިންގެ އިހުތިޖާޖުތަކާ ގުޅިގެން ވަގުތީ ގޮތުން ފޯނު ވެއްދުމުގެ ހުއްދަ ކުރިން ދިން ނަމަވެސް، ކުރިއަށް އޮތް ތަނުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފޯނު ބޭނުން ނުކުރެވޭނެ ކަމަށް އޮފިޝަލުން ވަނީ އިއުލާން ކޮށްފަ އެވެ. 

2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުގެ ރިޕޯޓްތައް ބުނާގޮތުން، އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއިގެ ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ނޫސްވެރިންގެ އެކްރެޑިޓޭޝަން ބާތިލްކޮށް، ރިޔާސީ ގަނޑުވަރު "ކާސާ ރޮސާޑާ" އަށް ނޫސްވެރިން ވަނުން ހުއްޓުވާފަ އެވެ.

2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ނޫސްވެރިންނަށް ހުރަސްތަކެއް ކުރިމަތިކުރުވާފަ އެވެ. އެގޮތުން ކުރިން އެޕޮއިންޓްމަންޓެއް ނުހަދައި ވައިޓް ހައުސްގެ "އަޕަރ ޕްރެސް" ސަރަހައްދަށް ނޫސްވެރިން ވަނުން މަނާކޮށްފައިވެ އެވެ. މި ފިޔަވަޅު އެޅީ ނޫސްވެރިން ސިއްރުން ވީޑިއޯ އާއި އޯޑިއޯ ރެކޯޑް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން އެރިޓްރިއާ އަދި އުތުރު ކޮރެއާ ފަދަ ގައުމުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑަށް ހަނިކޮށްފައިވާ ގައުމުތަކެވެ. މި ގައުމުތަކުގައި ނޫސްވެރިން އަމިއްލައަށް އެއްވެސް އެއްޗެއް ރެކޯޑްކުރުމަކީ މަނާކަމެކެވެ. 

ޑރ. މުޙައްމަދު މުޢިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޕްރެސް ފްރީޑަމް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

11 މެއި 2026

ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި

11 މެއި 2026
ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި
11 މެއި 2026

މި ސަރުކާރުގެ ދާޚިލީ ވަޒީރު ވިދާޅުވީ ކޯޓު އަމުރާ ޚިލާފުވި ކަމަށް ނިންމަން ޖެހޭނީ ކޯޓުން ކަމަށް

11 މެއި 2026
މި ސަރުކާރުގެ ދާޚިލީ ވަޒީރު ވިދާޅުވީ ކޯޓު އަމުރާ ޚިލާފުވި ކަމަށް ނިންމަން ޖެހޭނީ ކޯޓުން ކަމަށް
10 މެއި 2026

ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް

10 މެއި 2026
ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް
09 މެއި 2026

މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް

09 މެއި 2026
މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް
08 މެއި 2026

ޒަހަމްގައި މަލަން އަޅާނީ އެންގީމަތާ އެވެ.

08 މެއި 2026
ޒަހަމްގައި މަލަން އަޅާނީ އެންގީމަތާ އެވެ.
08 މެއި 2026

އާހިދުގެ ރައްދު މުންދު އަށް: ސަރުކާރުގެ 76 އިންސައްތަ މައްސަލަތަކަށް ޖަވާބެއް ނުދޭ

08 މެއި 2026
އާހިދުގެ ރައްދު މުންދު އަށް: ސަރުކާރުގެ 76 އިންސައްތަ މައްސަލަތަކަށް ޖަވާބެއް ނުދޭ
07 މެއި 2026

ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު

07 މެއި 2026
ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު
07 މެއި 2026

އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި

07 މެއި 2026
އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި
07 މެއި 2026

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

07 މެއި 2026
ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި
06 މެއި 2026

އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު

06 މެއި 2026
އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް