Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުޙައްމަދު މުޢިއްޒު

ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތައް އަންނަ ޖޫން މަހުން ފެށިގެން އަލުން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. މި ބައްދަލުވުންތައް މަދުވެގެން ހަފުތާއަކު އެއް ފަހަރު ބޭއްވުމަށް ނިންމާފައިވާއިރު، މަސްވެރިކަމާއި ފަތުރުވެރިކަން ފަދަ އެކި ދާއިރާތަކުގެ ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ. ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއްކަމަށް ރައީސް ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 މެއި 2026 | ހޯމަ 08:26
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން | ރައީސް އޮފީސް

ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށްޓަކައި ރައްޔިތުންނާއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުންތައް އަލުން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ޖޫން މަހުން ފެށިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އެމަނިކުވާނު ސިލްސިލާކޮށް ބޭއްވި ބައްދަލުވުންތައް އަލުން ބާއްވަވާނެ ކަމަށެވެ.

މި ބައްދަލުވުންތައް ބާއްވަވާނީ ހަފުތާއަކު 1 ދުވަހު ނުވަތަ އެއަށްވުރެ ވެސް އަވަހަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އަޅުގަނޑު މަސައްކަތް ކުރާނީ ހަމަ ވަގުތު އޮތް މިންވަރަކުން އިރާދަކުރެއްވިއްޔާ މި ބައްދަލުކުރެއްވުންތައް ބޭއްވޭތޯ އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތު ނޯންނަކަހަލަ ކަމެއް ދިމާނުވާހާ ހިނދެއްގައި. ހަފުތާއަކު އެއް ދުވަހު ނޫނިއްޔާ ވީހާވެސް އަވަސްކޮށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާނަން. އަދި ރައްޔިތުންގެ ތެރޭގައި ހިމެނޭ ސެކްޓޯރަލް ބައްދަލުވުންތައްވެސް މިސާލަކަށް ޓޫރިޒަމް އިންޑަސްޓްރީ ވަކިން، މަސްވެރިކަމުގެ ދާއިރާ ވަކިން، ދެން މިހެންގޮސް ޕްރޮފެޝަންތަކާ ވަކިވަކިން ބައްދަލުކުރަން ނިންމާފަައިވޭ،
ރައީސް ޑރ. މުހައްމަދު މުއިއްޒު 

ރައީސް މުއިއްޒު ވިދާޅުވީ ބޭނުންފުޅު ވަނީ ރައްޔިތުންނާ ގާތުން، މަސައްކަތްކުރާ ގޮތަށް ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދެވުމަށް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެކަން ވަރަށް ބޮޑު ބާރަކަށް ވެގެންދާ ކަމަށް ވެސް ވިދާޅުވި އެވެ. 

ފާއިތުވި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ވަނީ  ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ. ދެ ވަނަ ބައްދަލުވުން އޮތީ މައްޗަންގޮޅީގަ އެވެ. ތިން ވަނަ ބައްދަލުވުން މާފަންނުގައި އޮތްއިރު، ހަތަރު ވަނަ ބައްދަލުވުން އޮތީ ހެންވޭރުގަ އެވެ. އެފަހުން ހުޅުމާލެ ފޭސް 1 އަދި 2 ގައި ވެސް އެ ބައްދަލުވުންތައް އެމަނިކުފާނު ބޭއްވެވި އެވެ. 

މި ހުރިހާ ބައްދަލުވުމެއްގައި ގިނަ އަދަދެއްގެ ރައްޔިތު ވަނީ ރައީސް މުއިއްޒު އާއި ސަރުކާރުގެ ނާގާބިލުކަން ފާހަގަކޮށް ފާޑުކިޔާފައިވެ އެވެ. ވައުދު ނުފުއްދާތީ އާއީ މާލީ ހާލަތު ދައްވަމުން ދާތީ އެ ކަންބޮޑުވުންތައް ރައްޔިތުން ވަނީ ހުރިހާ ބައްދަލުވުމެއްގައި ވެސް ފާހަގަކޮށްފަ އެވެ. ބައްދަލުވުންތަކުގައި ރައްޔިތުން އެތައް ބައިވަރު ސުވާލެއް ކުރި ނަމަވެސް ގިނަ ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމަށް ބައްދަލުވުންތަކަށް ދިޔަ މީހުން ވަނީ ބުނެފަ އެވެ. 

ގިނަ ބަޔަކު ފާހަގަ ކޮށްފައިވާ ގޮތުގައި މި ބައްދަލުވުންތަކުގައި އެމަނިކުފާނު "އެޓެންޑް" ވާނެ ކަމަށް ވިދާޅުވި އެއްވެސް ކަމެއް މިހާތަނަށް ބައްލަވާފައެއް ނުވެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުވިލިމާލެ މައްޗަންގޮޅިމާފަންނުހެންވޭރުހުޅުމާލެ

އިތުރަށް ކިޔާލަން

11 މެއި 2026

މި ސަރުކާރުގެ ދާޚިލީ ވަޒީރު ވިދާޅުވީ ކޯޓު އަމުރާ ޚިލާފުވި ކަމަށް ނިންމަން ޖެހޭނީ ކޯޓުން ކަމަށް

11 މެއި 2026
މި ސަރުކާރުގެ ދާޚިލީ ވަޒީރު ވިދާޅުވީ ކޯޓު އަމުރާ ޚިލާފުވި ކަމަށް ނިންމަން ޖެހޭނީ ކޯޓުން ކަމަށް
10 މެއި 2026

އިތުރުވަމުންދާ ޑިމާންޑާއެކު އުފަންވެލި ފިހާރަތަކަށް ބްރައުން އެގްސް ގެ އައު ޝިޕްމަންޓެއް!

10 މެއި 2026
އިތުރުވަމުންދާ ޑިމާންޑާއެކު އުފަންވެލި ފިހާރަތަކަށް ބްރައުން އެގްސް ގެ އައު ޝިޕްމަންޓެއް!
10 މެއި 2026

ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް

10 މެއި 2026
ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް
10 މެއި 2026

ރައީސް މުއިއްޒުގެ ސަރުކާރަށް ހުޅުމާލެ އަދި ގިރާވަރުފަޅުގައި އިމާރާތް ކުރާނެ ފްލެޓުގެ އަދަދު މިހާތަނަށް ކަނޑައެޅިފައިނުވޭ: ހައުސިންގ މިނިސްޓްރީ

10 މެއި 2026
ރައީސް މުއިއްޒުގެ ސަރުކާރަށް ހުޅުމާލެ އަދި ގިރާވަރުފަޅުގައި އިމާރާތް ކުރާނެ ފްލެޓުގެ އަދަދު މިހާތަނަށް ކަނޑައެޅިފައިނުވޭ: ހައުސިންގ މިނިސްޓްރީ
09 މެއި 2026

މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް

09 މެއި 2026
މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު