Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރުޓީއައި ގާނޫނު

އާހިދުގެ ރައްދު މުންދު އަށް: ސަރުކާރުގެ 76 އިންސައްތަ މައްސަލަތަކަށް ޖަވާބެއް ނުދޭ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަގަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވެއްޖެ. އާހިދު ފާހަގަކުރެއްވި ގޮތުގައި މައުލޫމާތު ދިނުމަށް އިންކާރުކުރުމުގެ ބަދަލުގައި، ގާނޫނުގައިވާ ގޮތަށް ލިޔުމުން ޖަވާބުދާރީވުމަކީ ދައުލަތުގެ އިދާރާތަކުގެ ޒިންމާއެއް. ނަމަވެސް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ގުޅުންހުރި ބައެއް ނާޒުކު މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 8 މެއި 2026 | ހުކުރު 11:31
76 އިންސައްތަ އާރުޓީއައި އަށް ސަރުކާރުން ޖަވާބެއް ނުދޭ.

76 އިންސައްތަ އާރުޓީއައި އަށް ސަރުކާރުން ޖަވާބެއް ނުދޭ. | ރާއްޖެ އެމްވީ

ސަރުކާރުގެ އެންމެ ވުޒާރާއަކުން ވެސް، އިސްވެ މައުލޫމާތު ހާމަކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑަށް ވެސް އަމަލުކޮށްފައެއް ނުވާ ކަމަށާއި، މިހާތަނަށް ސަރުކާރުގެ 76 އިންސައްތަ މައްސަލަތަކަށް ޖަވާބެއް ދީފައި ނުވާ ކަމަށް އިންފޮރމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ. 

އާރުޓީއައިތަކާއި ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ދެއްކެވި ވާހަކައާއި ގުޅިގެން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކުގެ ތަފާސްހިސާބުތަކުން ހަގީގަތުގައި ފެންނަން ހުރި ކަންކަން ސާފުކޮށްދެއްވަމުން، އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވީ، 2025 ވަނަ އަހަރުގެ މިހާތަނަށް އެ ކޮމިޝަނަށް 712 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ ތެރެއިން 541 މައްސަލައަކީ ނުވަތަ 76 އިންސައްތަ މައްސަލައަކީ، ދައުލަތުގެ އިދާރާތަކުން (މައުލޫމާތު އޮފިސަރު ނުވަތަ މުރާޖައާ ކޮމިޓީން) އެއްވެސް ޖަވާބެއް ދީފައި ނުވުމުގެ ސަބަބުން ހުށަހަޅާފައިވާ މައްސަލަތަކެވެ. މިއީ މައުލޫމާތު ދޭން އިންކާރުކުރުމެއް ނުވަތަ ލަސްވުމެއް ނޫނެވެ. މިއީ މުޅިން ހަނގީގަތެވެ. މިއީ ގާނޫނަށް އަމަލުކުރުމުގައި އޮތް ބޮޑު ގޮންޖެހުމެކެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮންނަ ގޮތުން، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ދޭންޖެހެނީ ހަމައެކަނި މީހަކު އެދުމުންނެއް ނޫނެވެ. އެ ގާނޫނު ލާޒިމުކުރާ ގޮތުގައި، ވަކި މައުލޫމާތުތަކެއް އިސްވެ އަމިއްލައަށް އާންމުކުރަން ޖެހެ އެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރު ސަރުކާރުގެ އެންމެ ވުޒާރާއަކުން ވެސް، އިސްވެ މައުލޫމާތު ހާމަކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑަށް ވެސް އަމަލުކޮށްފައެއް ނުވެއެވެ. ހުރިހާ ވުޒާރާތަކެއްގެ ތެރެއިން މި މިންގަނޑަށް ފެތެނީ ސުމެއް އިންސައްތަ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާ ތުހުމަތެއް ވަނީ ފެންމަތިކޮށްފަ އެވެ. އެއީ މައުލޫމާތަށް އެދޭ ބައެއް ފަރާތްތަކަކީ "އަސްލު މީހުން" ނޫން ކަމަށް ބުނާ ބުނުމެވެ. މިކަމާ ގުޅިގެން އާހިދު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، މައުލޫމާތު ދޭން އިންކާރު ކުރެވޭނެ ވަކި ހާލަތްތަކެއް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެކަން އެ ފަރާތަކަށް އަންގަން ޖެހެ އެވެ. މައުލޫމާތަށް އެދޭ ފަރާތާމެދު ސުވާލު އުފެދުނު ކަމުގައި ވިޔަސް، އެއްވެސް ޖަވާބެއް ނުދީ ހަނުހުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އާހިދު ވިދާޅުވި އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި އެހެނިހެން ވާހަކަތަކަށް ވެސް އާހިދު ވަނީ އަލިއަޅުވާފަ އެވެ. އެގޮތުން ފުރަތަމަ ކަމަށް ނުބައި އިދާރާއަކަށް މައުލޫމާތަށް އެދި ހުށަހެޅުމުގެ ކަންތަކުގައި އޭނާ ވިދާޅުވީ މިކަމުގައި ގާނޫނު ވަރަށް ސާފެވެ. އެފަދަ ހާލަތެއްގައި، އެ މައުލޫމާތެއް ހުރި ރަނގަޅު އިދާރާއަކަށް އެ ހުށަހެޅުން ބަދަލުކޮށްދިނުމަކީ އެ އިދާރާއެއްގެ ޒިންމާއެކެވެ. އެއީ ޖަވާބު ނުދީ ހުރުމަށް އޮތް އުޒުރެއް ނޫނެވެ. 

ދެވަނަ ކަމަކަށް އެއް މައުލޫމާތެއް ހޯދުމަށް ގިނަ އިދާރާތަކަކަށް ހުށަހެޅުމުގައި، މިއީ ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުމެއް ނޫން ކަމަށް ވިދާޅުވި އެވެ. މިއީ އެ މައުލޫމާތެއް އޮތީ ކޮން އިދާރާއެއްގައި ކަން ސާފުނުވާތީ މީހަކު ކޮށްފާނެ ކަމެކެވެ. މައުލޫމާތަށް އެދި ހުށަހެޅުން ލިބޭ ކޮންމެ އިދާރާއަކަށްމެ، ގާނޫނީ ގޮތުން ޖަވާބުދާރީވުމުގެ ޒިންމާ އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ތަފާތު މީހުން އެއް ސުވާލެއް ކުރުމުގެ ކަންތަކުގައި އާހިދު ވިދާޅުވީ މިއީ ވެސް ގާނޫނުގެ ނާޖާއިޒު ފައިދާ ނެގުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ މައުލޫމާތެއް އިސްވެ ހާމަކުރަން ޖެހިފައިވާ ކަމުގެ އެންމެ ވަރުގަދަ ހެއްކެވެ. ގިނަ ބަޔަކު އަމިއްލައަށް އެއް މައުލޫމާތެއް ހޯދަން ބޭނުންވުމަކީ އެކަމުގައި އާންމު މަސްލަހަތު އޮތް ކަމުގެ ހެއްކެކެވެ. އެއީ ރޭވުމެއްގެ ދަށުން ކުރާ ކަމެއް ނޫން ކަމަށް އާހިދު ވިދާޅުވި އެވެ. 

މީގެ އިތުރުން އަޑުއިވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް މައުލޫމާތަށް އެދުމުގެ ކަންތަކާއި ގުޅިގެން އާހިދު ވިދާޅުވީ މައުލޫމާތަށް އެދޭ ފަރާތުން އެ މައުލޫމާތެއް ބޭނުންވާ ސަބަބު ނުވަތަ އެކަމުގެ ފަހަތުގައިވާ ވިސްނުން ކިޔައިދިނުމަކީ ގާނޫނު ލާޒިމުކުރާ ކަމެއް ނޫނެވެ. ދައުލަތުގެ އިދާރާއިން ޖެހޭނީ ޖަވާބު ދޭށެވެ. މިއީ ވެސް ޖަވާބު ނުދީ ހުރުމަށް އޮތް ސަބަބެއް ނޫން ކަމަށް އާހިދު ފާހަގަ ކުރެއްވި އެވެ.

ޚާރިޖީ ގުޅުންތަކާއި، ވިޔަފާރީގެ ސިއްރުތަކާއި، ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތަށް އެދޭ މައްސަލައަށް އަލިއަޅުވާލާ އާހިދު ވިދާޅުވީ ގާނޫނުގެ ދަށުން މައުލޫމާތު ނުދީ ހިފެހެއްޓިދާނެ ހާލަތްތަކެއް ހުރި ނަމަވެސް، އެއީ ޖަވާބު ނުދީ ހުރުމަށް އޮތް އުޒުރެއް ނޫނެވެ. އެފަދަ ހާލަތްތަކުގައި ވެސް، ގާނޫނުގައިވާ ވަކި މާއްދާއަކާ ހަވާލާދީ، މައުލޫމާތު ނުދެވޭނެ ސަބަބު ބަޔާންކޮށް ލިޔުމުން ޖަވާބު ދޭންޖެހޭނެ އެވެ.

މައުލޫމާތު ހާމަކުރުމުގައި އާންމު މަސްލަހަތު އޮތްތޯ ބެލުމުގެ މައްސަލައިގައި އާހިދު ވިދާޅުވީ "އާންމު މަސްލަހަތު" ނުވަތަ "ކޮމަން ގުޑް" އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި މައުލޫމާތު ހިފެހެއްޓުމަށް އޮންނަ އުސޫލެއް ނޫނެވެ. ގާނޫނުގައި މައުލޫމާތު ނުދީ ހިފެހެއްޓޭނެ ހާލަތްތައް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. ގާނޫނުގައި ނެތް އިތުރު އުސޫލުތަކެއް އަމިއްލައަށް ހަދައިގެން މައުލޫމާތު ހިފެހެއްޓުމުގެ އިޚުތިޔާރެއް ދައުލަތުގެ އިދާރާތަކަކަށް ނޯންނާނެ ކަމަށް އާހިދު ވިދާޅުވި އެވެ. 

ބުރާސްފަތި ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރި ކޮންމެ ކަމަކަށް ވެސް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ގާނޫނީ ހައްލުތައް އެބަހުރި ކަމަށް އާހިދު ވިދާޅުވި އެވެ. އެ ހައްލަކީ ޖަވާބު ނުދީ ހުރުމެއް ނޫނެވެ. އެއީ ލިޔުމުން ރަސްމީ ޖަވާބެއް ދިނުމެވެ. އެއްވެސް ޖަވާބެއް ނުދީ ހުރުމަކީ ގާނޫނީ ގޮތުން ދިފާއު ކުރެވޭނެ ކަމެއް ކަމަށް ދެއްކޭނެ އެއްވެސް ހެއްކެއް ސަރުކާރަކަށް ނުދެއްކުނެ ކަމަށް އާހިދު ވިދާޅުވި އެވެ. 

އަންނަ ހުރިހާ އާރްޓީއައިއަކީ ސައްޙަ އެއްޗެތި ނޫންކަމަށް ވިދާޅުވެ ތަރުޖަމާނުވެސް އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވައިފި
Raajje.mv

އަންނަ ހުރިހާ އާރްޓީއައިއަކީ ސައްޙަ އެއްޗެތި ނޫންކަމަށް ވިދާޅުވެ ތަރުޖަމާނުވެސް އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވައިފި

މިފަދަ ތަފްސީލަކަށް އާހިދު ގޮސްފައިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ބުނެ ސަރުކާރުގެ ތަރުޖަމާނު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ އެފަދަ ކަމެއްގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. 

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އޭނާ އެ ވާހަކަ ދެއްކެވީ މައްސަލަ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދުގެ ވިސްނުމަށް އިހުތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް އާހިދުގެ ނިންމެވުމާ އެއްބަސްވެވަޑައިނުގަންނަވާ ކަމަށް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވި ގޮތުގައި، ބައެއް ފަރާތްތަކުން މައުލޫމާތަށް އެދި ހުށަހަޅަނީ އެ މައުލޫމާތަކާ އެއްވެސް ގުޅުމެއް ނެތް އިދާރާތަކަށެވެ. އަދި ތަފާތު ނަންނަމުގައި އެއް މައުލޫމާތެއް ހޯދުމަށް ތަކުރާރުކޮށް ހުށަހަޅަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން މިއަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ރައީސް އޮފީހަށް ހުށަހެޅި އާރްޓީއައި ހުށަހެޅުންތަކުގެ ތަފާސްހިސާބުތައް ވެސް މުންދު ހިއްސާކުރެއްވި އެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު 288 އާރްޓީއައި ހުށަހެޅުން ހުށަހެޅި 233 ހުށަހެޅުމަކަށް ޖަވާބު ދެވުނު 55 ހުށަހެޅުމެއް އަދިވެސް އޮތީ ނުނިމި މުންދު ވިދާޅުވީ ޖަވާބު ނުދެވި ހުރި ބައެއް ކަންކަމަކީ އަދިވެސް މައުލޫމާތު އެއްކުރަމުންދާ ކަންކަން ކަމަށާއި، އަނެއްބައި ކަންކަމަކީ ވަގުތުން ހާމަކުރެވެން ނެތް ނާޒުކު މައުލޫމާތުތައް ކަމަށެވެ.

އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު
Raajje.mv

އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު

"ރާއްޖޭގެ ޚާރިޖީ ގުޅުންތަކާ ގުޅޭ ކަންކަމާއި، މާލީ އެއްބަސްވުންތަކުގައި ހުންނަ ސިއްރު ހިފެހެއްޓުމުގެ މާއްދާތަކާއި، ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަން އެބަހުރި،" އޭނާ ވިދާޅުވިއެވެ. އަދި "ބައެއް ކަންކަމަށް ޖަވާބެއް ނުދެވޭނެ." ކަމަށް ވިދާޅުވި އެވެ. 

ބުދަ ދުވަހު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވެސް ވަނީ އާރްޓީއައި ގާނޫނުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ހުށަހެޅުންތައް އައުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް ބާރު ބޮޑުވަމުންދާ ކަމަށެވެ.

މިކަމަށް ރައްދު ދެއްވަމުން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ، ގާނޫނުގެ ނާޖާއިޒު ފައިދާ ނިޒާމީ ގޮތެއްގައި ނަގަމުންދާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި އެއަށްވުރެ ބޮޑު މައްސަލައަކީ މައުލޫމާތު ހާމަކުރުމަށް ދައުލަތުގެ އިދާރާތަކުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާތައް އަދާނުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަހްމަދު ޝަމާހު ރަޝީދުމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫމުހައްމަދު މުބާކްއަހްމަދު އުޝާމްރައީސުލްޖުމްހޫރިއްޔާގެ އޮފީސް އިންފޮމޭޝަން ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ ހުރިހާ އާރްޓީއައިއަކީ ސައްޙަ އެއްޗެތި ނޫންކަމަށް ވިދާޅުވެ ތަރުޖަމާނުވެސް އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވައިފި

އަންނަ ހުރިހާ އާރްޓީއައިއަކީ ސައްޙަ އެއްޗެތި ނޫންކަމަށް ވިދާޅުވެ ތަރުޖަމާނުވެސް އާރްޓީއައިތަކަށް ޖަވާބު ނުދިނުން ދިފާއު ކުރައްވައިފި

07 މެއި 2026
އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި

އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި

07 މެއި 2026
ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

07 މެއި 2026
ކުންފުންޏަށް އަލަށް ނެގި އަދި ވަކިކުރި މުވައްޒަފުންގެ ތަފްސީލު ހާމަކުރަން ނުޖެހޭކަމަށް ކަނޑައަޅަން ސްޓެލްކޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓު

ކުންފުންޏަށް އަލަށް ނެގި އަދި ވަކިކުރި މުވައްޒަފުންގެ ތަފްސީލު ހާމަކުރަން ނުޖެހޭކަމަށް ކަނޑައަޅަން ސްޓެލްކޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓު

07 މެއި 2026
އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު

އާރުޓީއައި ގާނޫނު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެއް ނެތް: އިންފޮމޭޝަން ކޮމިޝަނަރު

06 މެއި 2026

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު