Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޒަހަމްގައި މަލަން އަޅާނީ އެންގީމަތާ އެވެ.

މި ސަރުކާރާއި ރައީސް ޔާމީނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ސަރުކާރަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، އެމަނިކުފާނަށް ހުށާމަދުކުރުމުގެ ސިޔާސަތެއް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ފަށްޓަވައިފި. މި މަސައްކަތުގެ ދަށުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރައީސް ޔާމީނަށް ތައުރީފުކުރައްވައި، އެމަނިކުފާނަކީ ރައީސް މުއިއްޒު އެންމެ ލޯބިވާ ބޭފުޅާގެ ގޮތުގައި ސިފަކުރައްވާފައި. ނަމަވެސް، މިއީ ސިޔާސީ މަގުސަދެއްގައި "ޑެމޭޖް ކޮންޓްރޯލް" ކުރުމަށް ކުރާ ކަމެއް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 8 މެއި 2026 | ހުކުރު 14:50
މި ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން

މި ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން | ސަން

މި ސަރުކާރު ވެރިކަމަށް އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ ފުޅާއި އެމަނިކުފާނުގެ ނަންފުޅު ޖަހާފައި ހުރި ހުސް ގޮނޑިއެއް ދައްކައިގެންނެވެ. އެއިރު އެއީ ޒައީމެވެ. އެއިރު އެއީ އެފަދަ ދެވަނައެއް ނެތް ބޭފުޅެކެވެ. ނަމަވެސް ވެރިކަން ލިބުނު ހިސާބުން އެމަނިކުފާނު ބާކީކޮށްލީ އެވެ. މިއީ ހަގީގަތެވެ. މި ވާހަކަ މާ ދިގުކޮށް ނުދެއްކި ނަމަވެސް އެކަން ދިވެހި ހުރިހާ ރައްޔިތުން ދަންނާނެ އެވެ. 

ރައީސް ޔާމީން މި ސަރުކާރާއި ދެކޮޅުވި ސަބަބު ވެސް މާ ތަފްސީލުކޮށް ކިޔައިދޭން ޖެހެނެހެން ހިއެއް ނުވެ އެވެ. ދެން ފެނުނީ އެމަނިކުފާނަށް މަލާމާތާއި ފުރައްސާރަ ކުރަން ފެށިތަނެވެ. ރަންގަނޑެއް ގުއިގަނޑަކަށް ވެއްޖެ އެވެ. މި ސަރުކާރުގެ ވެރިން އެމަނިކުފާނަށް ކުރުދޮށިން ދޭން ފެށީ އެވެ. ނަމަވެސް އެކަމުގެ ސަބަބުން މި ސަރުކާރަށް ލިބުނު ގެއްލުން ވަކި ކުޑައެއް ނޫނެވެ. ދެން މި ޖެހުނީ ޑެމޭޖް ކޮންޓްރޯލް ކުރާށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅާ ލަފާފުޅުގެ މަތިން ކަންކަން ކުރައްވާ ވެރިން ތިއްބެވި ސަރުކާރުން މުޅި މަންޒަރު ބަދަލުކުރަން ފަށައިފި އެވެ. ޒަހަމްތަކުގައި މަލަން އަޅާ ޒަހަމްތައް ފޮރުވަން ފަށައިފި އެވެ. ޖެހިތަނުގައި ރިހުން ފިލާވަރަށް ފިރުމަން ވެސް ފަށައިފި އެވެ. ހަމަ ޔަގީނުންވެސް އިރުޝާދުފުޅާ ލަފާފުޅުގެ މަތިން ނޫނީ މިފަދަ ކަމެއް ނުވާނެ އެވެ. ތުންތުން މަތިން އަޑުއިވޭ ވާހަކައެއް އެބައޮތެވެ. އެއީ ގަނޑުވަރުން ނެރުނު ރިޔާސީ އެންގެވުމެއްގެ ވާހަކަ އެވެ. އެއީ ޑެމޭޖް ކޮންޓްރޯލް ކުރަން ރައީސް ޔާމީނަށް ހުށާމަދު ކުރުމެވެ. 

މިކަން ހަވާލުކުރެވުނީ ވެސް ވަރަށް އެކަމަށް އެކަށޭނެ ބޭފުޅަކާއެވެ. އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާ އެވެެ. މިނިސްޓަރު ސައީދަކީ ހުށާމަދު ކުރަން އެފަދަ ދެވަނައެއް ނެތް ބޭފުޅެކެވެ. އެކަން ދިވެހި ރައްޔިތުންނަށް އެނގޭނެ އެވެ. މީގެ ކުރިން ވެސް ރައީސް ޔާމީން އަކީ ރަތް ފިނިފެންމަލަކަށް ހެއްދެވި އެވެ. އެހެންވީމާ ސައީދު ނޫން ދެން  އިތުރު ފަރާތެއް މިކަން ކުރަން އެހާ އައުލާކަންވެސް ބޮޑެއް ނޫނެވެ. 

އިހައްދުވަހަކު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރު ސައީދު ވިދާޅުވި އަޑުއެހީމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅާ ކަމަށެވެ. އެވާހަކަ އަޑު އިވިފައި ދެވަނަ ފަހަރަށް އޮޅަ އޮޅައިގެން ވެސް އެވާހަކަ އަޑު އެހީމެވެ. ޔަގީން ކުރާށެވެ. 

ހަމަވީ އެހެންވެ. ރައީސް ޔާމީނަށް ހުށާމަދު ކުރީ އެވެ. ސީދާ ލަފާފުޅާ އިރުޝާދު ފުޅުގެ ދަށުން ކަން ކަށަވަރެވެ. ފުރު ވިސްނުންފުޅާއި ޑެމޭޖް ކޮންޓްރޯލް ކުރާށެވެ. 

މިސުވާލަށް މިނިސްޓަރު ސައީދު ވިދާޅުވީ، ސިނަމާލެ ބްރިޖު މަޝްރޫއުގެ އެންމެ ބޮޑު ކްރެޑިޓެއް ލިބޭނީ ޔާމިނަށް ކަމަށާއި، ޔާމީނަށް ފުރިހަމަ އިހުތިރާމް އޮންނާނެ ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް މުއިއްޒަކީ ޔާމީނުގެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅާ ކަމަށާއި، ޔާމީން އަރިހުގައި ހުންނަން ބޭނުންފުޅުވާނެ އެއް ބޭފުޅާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ހިތްޕުޅުގައި ޔާމީންނާ ދޭތެރޭގައި އެއްވެސް ކަހަލަ ހިތްބުރަ ކަމެއް ނޯންނާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ ޔާމީންގެ އަރިހުގައި އުޅުއްވާ ދެތިން ބޭފުޅަކު އުޅުއްވަނީ ވަރަށް ހުތުރު ކޮށް ކަމަށާއި، އެބޭފުޅުން އެ ދައްކަވާ ވާހަކަތައް ވެސް ޔާމީން ގަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ. 

ހަމަ ހިތަށް އެރި އެވެ. މިއީ ހަމަ ސައީދު އަމިއްލަ އިހްތިޔާރުގައި ދައްކަވާ ވާހަކަ ހެއްޔެވެ. ނުވަތަ މިއީ މަޖުބޫރީއެއް ހެއްޔެވެ. ކޮނުނު ކޮނުނުހެން ފަސް ގިނަވާނެއޭ ބުނާ އުސޫލުން މިކަންވީ ހަމަ ހީކުރި ގޮތަށެވެ. ސައީދާއި މި ސަރުކާރުގެ ވެރިން ވިދާޅުވާ ރައީސް ޔާމީންގެ ސިޓިންގ ރޫމް ޖަލްސާއިންނާއި މަގުމަތީގައި 10 މީހުން ނުކުމެ ހިންގާ ހަރަކާތުން ސަރުކާރަށް ބޮޑެތި ގެއްލުން ވަނީ އެވެ. ކުރަން މިއުޅޭ ކަމަކީ ރައީސް ޔާމީނަށް ހުށާމަދުކޮށް ޑެމޭޖް ކޮންޓްރޯލް ކުރުމެވެ. ރިޔާސީ ގަނޑުވަރުގެ އެންމެ މަތީ އެންގެވުމަށެވެ. 

ނަމަވެސް ސުވާލަކީ ޒަހަމުގައި މަލަން އަޅައިގެން ޒަހަމް ފޮރުވިދާނެ ހެއްޔެވެ. 

އަބްދުﷲ ޔާމީންޑރ. މުޙައްމަދު މުޢިއްޒުމިނިސްޓަރ މުޙައްމަދު ސަޢީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލްއަށް އިތުރު ޑޮލަރު ބޭނުންވުމަކީ ''ނެޗުރަލް'' ކަމެއް: މިނިސްޓަރު ސައީދު

ބީއެމްއެލްއަށް އިތުރު ޑޮލަރު ބޭނުންވުމަކީ ''ނެޗުރަލް'' ކަމެއް: މިނިސްޓަރު ސައީދު

08 މެއި 2026
ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު

ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު

07 މެއި 2026
ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު

ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު

07 މެއި 2026
ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

07 މެއި 2026
މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

06 މެއި 2026

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު