Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ އިހުސާން

މި ސަރުކާރުގެ ދާޚިލީ ވަޒީރު ވިދާޅުވީ ކޯޓު އަމުރާ ޚިލާފުވި ކަމަށް ނިންމަން ޖެހޭނީ ކޯޓުން ކަމަށް

11 މެއި 2026 | ހޯމަ 06:51

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުގެ ނޫސްވެރިޔާ ކުރި ސުވާލަކާ ގުޅިގެން، އޭނާ ކޯޓު އަމުރާ ޚިލާފުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، އޭނާ ވަނީ ރައީސް އޮފީސް ގެ މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވި މާލަމުން ބޭރުކޮށްފަ. ނަމަވެސް، މީހަކު ކޯޓު އަމުރަކާ ޚިލާފުވިކަން ކަނޑައެޅުމަކީ ކޯޓުން ކުރަންޖެހޭ ކަމެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ ވިދާޅުވެފަ. ކޯޓު އަމުރާ ޚިލާފުވިކަމަށް ކަނޑައަޅައި، ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ކަނޑައެޅުން ފަދަ ކަންކަމަކީ ދައުލަތުގެ އަނެއް ބާރު ކަމުގައިވާ އަދުލު އިންސާފު ޤާއިމު ކުރުމުގެ ބާރުގެ ދަށުން ކުރާ ކަމެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 މެއި 2026 | ހޯމަ 06:51
ރައީސް އޮފީހުގެ ބޭރުގައި ހުންވާ ނޫސްވެރިން ކުރި ސުވާލުތަކަށް ދާޚިލީ ވަޒީރު އަލީ އިހުސާން ޖަވާބުދެއްވުން

ރައީސް އޮފީހުގެ ބޭރުގައި ހުންވާ ނޫސްވެރިން ކުރި ސުވާލުތަކަށް ދާޚިލީ ވަޒީރު އަލީ އިހުސާން ޖަވާބުދެއްވުން | ރާއްޖެއެމްވީ

ރައީސް އޮފީހުގެ ބައްދަލުވުމުގައި ސުވާލުކުރި އަދަދު ނޫހުގެ ނޫސްވެރިޔާ ކްރިމިނަލް ކޯޓުގެ އަމުރާ ޚިލާފުވެފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވިއިރު ނޫސްވެރިޔާ ކޯޓު އަމުރާ ޚިލާފުވި ކަން ނިންމާނީ ކޯޓުން ކަމަށް އެމަނިކުފާނުގެ ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ވަނީ އައިޝާ ޑޮކިއުމަންޓްރީގައި އަންހެން މީހާ ކޮށްފައިވާ ތުހުމަތުތަކަށް ރައީސް އިންކާރު ކުރައްވާފައިވާއިރު، ދަންވަރުގެ ވަގުތުތަކުގައާއި ނުގަޑިތަކުގައި ރައީސް އެ މުވައްޒަފަށް ގުޅާފައިވަނީ ކޮން ކަމަކުތޯ ސުވާލުކޮށްފަ އެވެ. ޝަހުޒާން ވަނީ އަދަދު ނޫހަށް ލިބިފައިވާ ކޯލް ލޮގްތަކުގެ ތަފްސީލުވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކޮށްފަ އެވެ.

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ނޫސްވެރިޔާ މިހާރު ކޯޓު އަމުރާ ޚިލާފުވެފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުން ނުކުތުމަށް ރައީސް ވަނީ އަންގަވާފަ އެވެ. އެއާއެކު ރައީސް އޮފީހުގެ ސެކިއުރިޓީ އިން ވަނީ ޝަހުޒާން ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލާފަ އެވެ. އޭރު ދާޚިލީ ވަޒީރު އަލީ އިޙުސާންވެސް ސެކިއުރިޓީންނާއެކު ހުންނަވާ މަންޒަރު ލައިވް ފީޑުން ފެނެ އެވެ.

އޭގެ ފަހުން ރައީސް އޮފީހުގެ ބޭރުގައި ހުންވާ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ މީހަކު ނުވަތަ ބަޔަކު ކޯޓު އަމުރަކާ ޚިލާފު ވެއްޖެ ކަމަށް ކަނޑައެޅުމަކީ ކޯޓުން ކުރާ ކަމެއް ކަމަށެވެ. އަދި އެކަން ކުރާނީ ކޯޓުން ކަމަށެވެ. 

ކޯޓުން ކޮށްފަ އޮތް އަމުރެއް އަޅުގަނޑުގެ ބެލުމުގެ ދަށުގަ އޮތް ތަނެއްގައި، އެ ތަނެއްގައި ގާނޫނާ ޚިލާފު ކަމެއް ހިނގާހެން އަޅުގަނޑަށް ހީވަންޏާ، އަޅުގަނޑު އެކަމެއް ހުއްޓުވާނަން. ކޯޓުން ނިންމަވާނީ އެއީ ގޯހެއް ތޯ ނޫން ތޯ. އެ މައްސަލައިގަ އެވާހަކަ ދައްކާ ކަމަށް ވަންޏާ އަޅުގަނޑު ގަބޫލު ކުރާގޮތުގައި އެއީ ކޯޓު އަމުރާ ޚިލާފުވުން. އެކަމު އެކަން ޑިސައިޑް ކުރާނީ ކޯޓުން. އެކަން ކުރަންޖެހޭނީ ކޯޓުން. އެ ޑިޒިޝަން ނަގާނީ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދާޚިލީ ވަޒީރު އަލީ އިހުސާން

ޝަހުޒާން ވަނީ ކޯޓު އަމުރަކާ ޚިލާފުވެފައި ކަމަށް ރައީސް ކަނޑައެޅުއްވި ނަމަވެސް ކޯޓު އަމުރާ ޚިލާފުވިކަމަށް ކަނޑައަޅައި، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައެޅުން ފަދަ ކަންކަމަކީ ދައުލަތުގެ އަނެއް ބާރު ކަމުގައިވާ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ ދަށުން ކުރާ ކަމެއްކަން ފާހަގަ ކުރެވެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއަލީ އިހުސާންމުޙައްމަދު ޝަހުޒާންއަދަދު ނޫސްކްރިމިނަލް ކޯޓްއައިޝާ ޑޮކިއުމެންޓްރީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

11 މެއި 2026

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަންގައިފި

11 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކޮންޓްރޯލް ކޮމިޝަނުން މީޑިއާތަކަށް އަންގައިފި
11 މެއި 2026

މެއި 6 ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ތަހުމީނާއި ހައިޝަމްގެ ޑީއެންއޭ މި މައްސަލައިގައި ގޮއްވާލާފައިވާ ބޮމުގެ ބައިތަކުން ފެނިފައިވޭ: ހެކިވެރިޔާ

11 މެއި 2026
މެއި 6 ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ތަހުމީނާއި ހައިޝަމްގެ ޑީއެންއޭ މި މައްސަލައިގައި ގޮއްވާލާފައިވާ ބޮމުގެ ބައިތަކުން ފެނިފައިވޭ: ހެކިވެރިޔާ
11 މެއި 2026

ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟

11 މެއި 2026
ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟
10 މެއި 2026

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި

10 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި
10 މެއި 2026

"އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި ފިޔާޒާއި ޙަސަންގެ މައްޗަށް ދައުވާ އުފުލައިފި

10 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި ފިޔާޒާއި ޙަސަންގެ މައްޗަށް ދައުވާ އުފުލައިފި
10 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

10 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި
10 މެއި 2026

ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް

10 މެއި 2026
ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް
09 މެއި 2026

މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް

09 މެއި 2026
މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް
09 މެއި 2026

ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި

09 މެއި 2026
 ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި
08 މެއި 2026

ޒަހަމްގައި މަލަން އަޅާނީ އެންގީމަތާ އެވެ.

08 މެއި 2026
ޒަހަމްގައި މަލަން އަޅާނީ އެންގީމަތާ އެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް