Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޕަލްސް ނެޝަނަލް ފްރޮންޓް

ޕީއެންއެފް އިން ގާނޫނާ ހިލާފަށް މުޒާހަރާ ކުރަމުންދާ ކަމަށް ބުނެ، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

ގާނޫނާއި ގަވާއިދާ ހިލާފަށް ސިލްސިލާކޮށް މުޒާހަރާކުރަމުންދާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް އެއްލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައި. އެ ކޮމިޝަނުން ބުނީ މި ފިޔަވަޅު އެޅީ ނަސޭހަތްތެރިވުމުން ވެސް އިސްލާހުނުވުމާއި، ކޮމިޝަނާ ބައްދަލުކުރަން އެ ޕާޓީން އިންކާރުކުރުމާ ގުޅިގެން ކަމަށް. މީގެ އިތުރުން، ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކުރާނަމަ އެކަމުގައި ބައިވެރިވާ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އީސީން ވަނީ ދީފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 މެއި 2026 | ހޯމަ 08:35
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަނީ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަނީ. | ރާއްޖެއެމްވީ

ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ އުފައްދާފައިވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ޕްރަންޓް (ޕީއެންއެފް) އިން މާލޭގައި ކޮންމެ ރެއަކު ގާނޫނާ ހިލާފަށް މުޒާހަރާ ކުރަމުންދާ ކަމަށް ބުނެ، އެޕާޓީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ. 

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންއެފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (އ)ގައި އެއްވެސް ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަކަށް ތާއީދު ކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުން ގެންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ނުކުރުން އަދި ހަމަ މި މާއްދާގެ (މ) ގައި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި އެ ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތް ނުކުރުން ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެ މާއްދާގެ (ޅ) ގައި އެހެން ގާނޫނަކުން ހުއްދަ ކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި، އާއްމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާއްމު ބައްދަލުވުމެއް ބާއްވާނަމަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އަމަލު ކުރުން ބަޔާން ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ (ށ) ގެ (1) ގައި އާއްމު ބައްދަލުވުންތައް ބާއްވާ ތަނަކާއި، ވަގުތާއި، ބައްދަލުވުމުގެ ބާވަތް ބައްދަލުވުން ބޭއްވުމުގެ 24 ގަޑިއިރު ކުރިން ކޮމިޝަނަށް ލިޔުމުން އަންގަން ޖެހޭ ކަމަށް އީސީން ބުނެފައިވެ އެވެ. 

ނަމަވެސް ޕީއެންއެފް އާއި އެ ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުން މިދުވަސްވަރު ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނުތަކާއި، ގަވާއިދުތަކާއި ހިލާފަށް ތަކުރާރުކޮށް އަމަލު ކުރަމުން ގޮސްފައިވާތީ، ގާނޫނުތަކާއި ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް އީސީން ބުނެ އެވެ.

އީސީން ބުނީ، އެ ކޮމިޝަނުން ސިޓީ ފޮނުވައި، ކޮމިޝަނާއެކު ބައްދަލު ކުރުމަށް ދައުވަތު ދީފައިވާ ކަމަށެވެ. އަދި ޕީއެންއެފުން ސިޓީއަށް ވެސް ޖަވާބެއް ދީފައިނުވާ ކަމަށާއި، މިކޮމިޝަނާ ބައްދަލު ކުރުމަށް އިންކާރު ކޮށްފައިވާ ކަމަށް އީސީން ބުނެ އެވެ. 

އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއާ ތަކުރާރުކޮށް ހިލާފުވެފައިވާތީ އެ  ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީސީން ޕީއެންއެފަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން އީސީން ވަނީ، ޕީއެންއެފް އާއި، ޕީއެންއެފް އަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނާ ހިލާފު އަމަލުތައް ނުހިންގުމަށް އެދިފަ އެވެ. އަދި އިސްވެ ބަަޔާން ކުރެވުނު ފަދައިން ތަކުރާރުކޮށް ސިޔާސީ ޕާޓީން ގާނޫނާ ހިލާފަށް އަމަލު ކުރާނަމަ އެ އަމަލެއް ހިންގާ ފަރާތަކާމެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. 

ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު، 4 މެއި 2026 ގައި ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީސީން ދީފައިވެ އެވެ. އަދި އީސީން ކުރާ ތުހުމަތުތައް ޕީއެންއެފުން ދޮގުކޮށް ބުނެފައިވަނީ، އެ ކޮމިޝަނުން ތުހުމަތުކުރާ ފަދަ ގާނޫނާ ޚިލާފު އެއްވެސް ސިޔާސީ ހަރަކާތެއް އެ ޕާޓީން ކުރިއަށް ނުގެންދާ ކަމަށެވެ. 

އަބްދުﷲ ޔާމީންޕީޕަލްސް ނެޝަނަލް ފްރޮންޓްއިލެކްޝަންސް ކޮމިޝަންސިޔާސީ ޕާޓީތަކުގެ ޤާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން ހުށަހެޅި ގަރާރު ކޮމިޓީއަށް

އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން ހުށަހެޅި ގަރާރު ކޮމިޓީއަށް

11 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި

10 މެއި 2026
ޒަހަމްގައި މަލަން އަޅާނީ އެންގީމަތާ އެވެ.

ޒަހަމްގައި މަލަން އަޅާނީ އެންގީމަތާ އެވެ.

08 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި މާލޭގައި 2 ފޮށި އައްޑޫ ސިޓީގައި 5 ފޮށި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި މާލޭގައި 2 ފޮށި އައްޑޫ ސިޓީގައި 5 ފޮށި

07 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

07 މެއި 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު