Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޝާ ޑޮކިއުމެންޓްރީގެ މައްސަލަ

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި

10 މެއި 2026 | އާދީއްތަ 19:15

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ސަމާލުވުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފްއަށް އަންގައިފި. ކޯޓުގެ އަމުރުގައިވަނީ މައްސަލައިގެ ޝަރީޢަތް ނިމެންދެން އެ ވީޑިއޯ ދައުރުނުކުރުމަށާއި، ކުށުގެ ޝިކާރައަކަށްވީ މީހާއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ނުދެއްކުމަށް. މުޖުތަމައުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށް ނެރުނު މި އަމުރާ ޚިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށްވެސް ކޮމިޝަނުން ވަނީ ހަނދާންކޮށްދީފަ.

މަޚްތޫމް
މަޚްތޫމް | 10 މެއި 2026 | އާދީއްތަ 19:15
އެމްޑީޕީ އިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން.

އެމްޑީޕީ އިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން. | ރާއްޖެ އެމްވީ

ކްރިމިނަލް ކޯޓުގެ އަމުރާ އެއްގޮތަށް "އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި އެވެ. 

"އައިޝާ" ޑޮކިއުމެންޓްރީ އާއި ގުޅިގެން ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ނެރުނު އަމުރާއެކު އިލެކްޝަންސް ކޮމިޝަނުން ދެ ޕާޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ގަޒިއްޔާގައި ދައުވާ ކުރެވިފައިވާ ހާދިސާއާއި ގުޅުން ހުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖްތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އެ ޑޮކިއުމެންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި އެ ޑޮކިއުމެންޓްރީއާ ގުޅުގައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އަދި މިގަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލިދާނެ އަމަލެއް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާތީ، އެމްޑީޕީ އަދި ޕީއެންއެފް އިން ހިންގާ ސިޔާސީ ހަރަކާތްތައް ހިންގުމުގައި މިކަމަށް ސަމާލުވެ ކޯޓު އަމުރުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތް ހިންގުމަށް އަންގާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސިޓީގައި ބުނެފައިވެ އެވެ. 

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި
Raajje.mv

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި "މުޅި ރާއްޖެ" އަށް އަމުރު ނެރެ ބުނެފައިވަނީ މި މައްސަލައިގައ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދަޢުވާ ކުރެވިފައިވާ ހާދިސާއާ (އައިޝާ ޑޮކިއުމެންޓްރީ) ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށާއި، މި ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި، ޝަރީޢަތަށް ހުށަހެޅިފައި މިވާ ޑޮކިއުމަންޓަރީ އާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާ ގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށްފައިވެ އެވެ. 

އަދި މިބާވަތުގެ މައްސަލަތަކަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖްތަމަޢުގެ އަޚްލާޤީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން، އާންމުކޮށް ހުޅުވާނުލައި ސިއްރު ކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީޢަތްތަކެއް ކަމުގައިވާއިރު، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތާއި ގުޅުންހުރި މަޢުލޫމާތުތައް ނުފެތުރުމަށް އަމުރުކޮށް. މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދޭނެ އަމަލެއްކަމުގައި އަންގާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ. 

ކްރިމިނަލް ކޯޓްއައިޝާ ޑޮކިއުމެންޓްރީއިލެކްޝަންސް ކޮމިޝަންއެމްޑީޕީޕީއެންއެފް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

10 މެއި 2026

"އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި ފިޔާޒާއި ޙަސަންގެ މައްޗަށް ދައުވާ އުފުލައިފި

10 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީ މައްސަލައިގައި ފިޔާޒާއި ޙަސަންގެ މައްޗަށް ދައުވާ އުފުލައިފި
10 މެއި 2026

"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި

10 މެއި 2026
"އައިޝާ ޑޮކިއުމެންޓްރީ" ގެ ވާހަކަ ސީދާކޮށް ވެސް ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް "މުޅި ރާއްޖެ" އަށް އަމުރެއް ނެރެފި
10 މެއި 2026

އެމްޑީޕީ ވުޖޫދަށް ގެނައުމަށް ގުރުބާންވީ އެންމެ މީހެއް ކަމަށް ބުނުމަކީ އެ މަސައްކަތުގައި ހަރަކާތްތެރިވި އެހެން މީހުންނަށް ވެވޭ ބޭއިންސާފެއް: މީކާއިލް

10 މެއި 2026
އެމްޑީޕީ ވުޖޫދަށް ގެނައުމަށް ގުރުބާންވީ އެންމެ މީހެއް ކަމަށް ބުނުމަކީ އެ މަސައްކަތުގައި ހަރަކާތްތެރިވި އެހެން މީހުންނަށް ވެވޭ ބޭއިންސާފެއް: މީކާއިލް
10 މެއި 2026

''އިތުބާރު ކެމްޕޭން މެނިފެސްޓޯ'' އަންނަ ބުރާސްފަތި ދުވަހު ރޭ ލޯންޗު ކުރަނީ

10 މެއި 2026
''އިތުބާރު ކެމްޕޭން މެނިފެސްޓޯ'' އަންނަ ބުރާސްފަތި ދުވަހު ރޭ ލޯންޗު ކުރަނީ
09 މެއި 2026

ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި

09 މެއި 2026
 ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި
07 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި މާލޭގައި 2 ފޮށި އައްޑޫ ސިޓީގައި 5 ފޮށި

07 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ގައި މާލޭގައި 2 ފޮށި އައްޑޫ ސިޓީގައި 5 ފޮށި
07 މެއި 2026

ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު

07 މެއި 2026
ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު
07 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި

07 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި
07 މެއި 2026

އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި

07 މެއި 2026
އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް މުއިއްޒުގެ ބަޔާނެއް ނެގިތޯ ކުރި ސުވާލަށް ޖަވާބު ދެއްވުމަށް މުންދު ދެކޮޅު ހައްދަވައިފި
07 މެއި 2026

"ސަރުކާރުން ފުލުހުންގެ މުއައްސަސާ ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސަން

07 މެއި 2026
"ސަރުކާރުން ފުލުހުންގެ މުއައްސަސާ ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ލީޑަރުން ފަހަތަށް ޖައްސަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް