Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑޮލަރުގެ ދަތިކަން

ބީއެމްއެލްއަށް އިތުރު ޑޮލަރު ބޭނުންވުމަކީ ''ނެޗުރަލް'' ކަމެއް: މިނިސްޓަރު ސައީދު

ވިޔަފާރިތައް ކުރިއަރައި ޑޮލަރަށް އޮތް ބޭނުން ބޮޑުވަމުންދާތީ، ބީއެމްއެލްއަށް އިތުރު ޑޮލަރު ބޭނުންވުމަކީ އާދައިގެ ކަމެއް ކަމަށާއި އެކަން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި. ވިޔަފާރިތަކުގެ ޓީޓީތަކަށާއި ކާޑު މުއާމަލާތްތަކަށް ބޭންކުން ދޫކުރާ ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ދެގުނަ އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި. ނަމަވެސް، ބޭންކުން ކާޑު ލިމިޓްތަކަށް ގެނައި ބަދަލުތަކާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެފައިވާއިރު، ޑޮލަރުގެ ކަޅު ބާޒާރުގެ އަގު ވަނީ 20 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 މެއި 2026 | ހުކުރު 08:36
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު ސައީދު.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު ސައީދު. | ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އިތުރު ޑޮލަރު ބޭނުންވުމަކީ 'ނެޗުރަލް' ކަމެއް ކަމަށާއި، ޑޮލަރު ބޭނުންވާނަމަ އެކަން ކޮށްދޭން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވަނީ ބީއެމްއެލްއާ ހަވާލާދީ، ވިޔަފާރިތަކުގެ ޓީޓީއަށް އެބޭންކުން ދޫކުރި އަދަދުތައް ކިޔައިދެއްވާފަ އެވެ.

Advertisement - newsAdvertisement

މިނިސްޓަރު ސައީދު ވިދާޅުވީ، ބައެއް ވިޔަފާރިތަކުން ތަފާތު ހަ ޓީޓީ އުފައްދާ ކަމަށެވެ. ނަމަވެސް، އެ މުއާމަލާތްތަކަށް ޑޮލަރު ދޫކުރެވޭނީ ބީއެމްއެލް އަށް ލިބޭ ވަރަކުން ކަމަށާއި، ސިޔާސަތަށް ބައެއް ބަދަލުތައް އައުން އެކަށީގެންވާ ކަމަށެވެ. 

ދެން ވިޔަފާރިތަކަށް ވިއްކޭ ބޭރު ފައިސާ ޓީޓީއަށް ދޫކުރި އަދަދުތަކަށް ބަލައިފި ކަމަށް ވަންޏާ، ބީއެމްއެލުން މައުލޫމާތު ދޭ ގޮތުގައި 2025 ވަނަ އަހަރު ޓީޓީއަށް ދޫކުރި އަދަދު، ފައިސާގެ އަދަދު 175 މިލިއަން ޑޮލަރަށް އެބަ އަރާ. 2026 ވަނަ އަހަރު، އެއީ ޓީޓީއަށް އެޕްރީލް މަހުގެ ނިޔަލަށް އިނގޭތޯ. 2026 ވަނަ އަހަރު އެއީ، މި އަހަރު އެޕްރީލް މަހުގެ ނިޔަލަށް މިހާހިސާބަށް 136 މިލިއަން ޑޮލަރު ޓީޓީއަށް ދޫކުރެވިފައި އެބައޮތް. މިދިޔަ އަހަރު، މުޅި އަހަރު ދޫކުރެވިފައިވަނީ 175 މިލިއަން. މިއަހަރުގެ މިހާހިސާބަށް 136 މިލިއަން ދޫކޮށްފި. 2025 ވަނަ އަހަރުގެ ކޮންމެ މަހަކު ޓީޓީއަށް ދޫކުރި އަދަދަށް ބަލައިފި ކަމަށް ވަންޏާ އެއީ، 15 މިލިއަން ޑޮލަރު އިނގޭތޯ. 2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ކޮންމެ މަހަކަށް ދޫކުރި އަދަދަށް ބަލައިފި ކަމަށް ވަންޏާ އެއީ، 34 މިލިއަން ޑޮލަރު. އެހެންވީމާ، މަހެއްގައި 2025 ވަނަ އަހަރު ޖެހިފައި މި އިންނަނީ ބީއެމްއެލުން މައުލޫމާތު ދެއްވި ގޮތުގައި 15 މިލިއަން ޑޮލަރު ކުދި ވިޔަފާރިތަކަށް ޓީޓީއޭ އިނގޭތޯ. މި އަހަރުގެ މިހާހިސާބަށް އައިއިރުގައި މަހަކަށް އެބަ ޖެހެއޭ 34 މިލިއަން ޑޮލަރު. އެހެންވީމާ، ގާތްގަނޑަކަށް ޑަބަލް އަށްވުރެވެސް ގިނަވެފައި މިހިރީ ޓީޓީ އެދި ފައިސާ އިނގޭތޯ. ބޭރު ފައިސާ އެ ދުވަސް އިނގޭތޯ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 

މިނިސްޓަރު ސައީދު ވިދާޅުވީ، ވިޔަފާރިތައް ކުރިއަރައި، ޑޮލަރު ބޭނުންވާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ޑޮލަރު ލިބޭ ފްލޯގައި ބީއެމްއެލްއަށް ގޮންޖެހުންތަކެއް ހުރި ކަމަށްވާނަމަ ނުވަތަ އިތުރު ޑޮލަރު ބޭނުންވާ ކަމަށް ވަންޏާ އެއީ ނެޗުރަލް ކަމެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. 

މިނިސްޓަރު ސައީދު ވިދާޅުވީ ބީއެމްއެލްއަށް އިތުރު ޑޮލަރު ބޭނުންވާ ކަމަށްވާނަމަ، އެ ބޭންކަށް އިތުރު ޑޮލަރު ހޯދައިދޭން ޖެހޭ ކަމަށެވެ. 

2026 ވަނަ އަހަރުގެ ޓީޓީ ޑޮލަރަށް ވިއްކި އަގުތަކުގެ ތަފްސީލަށް ބަލާއިރު، ހަމައެކަނި އެ މައުންޓުން ޖަނަވަރީ މަހު 35 މިލިއަން ޑޮލަރު. އެއީ، 10838 ޓީޓީގެ މުއާމަލާތް. ފެބްރުވަރީ މަހު 34 މިލިއަން ޑޮލަރު. އެއީ 10550 އެއް ޓީޓީ. މާރިޗު މަހު 37 މިލިއަން ޑޮލަރު. އެއީ، 10600 ޓީޓީ. އެޕްރީލް މަހުގެ މިހާތަނަށް އެޕްރީލް މަހު މާފުކުރައްވާ. 30 މިލިއަން ޑޮލަރު. އެއީ 80955 ޓީޓީ ޓެލެގްރެފިކް ޓްރާންސްފަރގެ މޫވްމަންޓެއް އައިސްފައިވަނީ. ދެން ޑެބިޓް ކާޑު، ކްރެޑިޓް ކާޑުތަކަށް ވިއްކި ޑޮލަރުގެ އަދަދަށް ބަލައިފި ކަމަށް ވަންޏާ ބީ.އެމް.އެލުން މަޢުލޫމާތު ދިން ގޮތުގައި، 2025 ވަނަ އަހަރު 390 މިލިއަން ޑޮލަރު. 2026 ވަނަ އަހަރުގެ މިހާހިސާބަށް 160 މިލިއަން 2025 ވަނަ އަހަރު ކޮންމެ މަހަކަށް ބަލައިފި ކަމަށް ވަންޏާ 33 މިލިއަން ޖެހުނުއިރުގައި ޑޮލަރު މި ދަންނަވަނީ. 33 މިލިއަން ޑޮލަރު ޖެހުނުއިރުގައި މި އަހަރުގެ މިހާހިސާބަށް ކޮންމެ މަހަކަށް 40 މިލިއަން ޑޮލަރު އެބަޖެހޭ. އެހެންވީމާ، ކުރިއަށް ވުރެ މުއާމަލާތްތައް އިތުރުވެފައި ނޫންތޯ މި ދެންނެވީ. އޭގެ މާނައަކީ ވިޔަފާރި އިތުރުވާތީ އެހެންއެވަނީ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 

މިނިސްޓަރު ސައީދު މިމޭރުމުން ވާހަކަ ދެއްކެވިއިރު، ބީއެމްއެލްއިން ރުފިޔާ ކާޑަށް ދެމުން ގެންދާ ޑޮލަރު ލިމިޓް މި ފަހުން ވަރަށް ބޮޑަށް ކުޑަކޮށްފައިވާތީ އާއްމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

02 މެއި 2026 ގައި ބީއެމްއެލްގެ ކާޑުތަކުން ބޭރު ފައިސާ ބޭނުންކުރެވޭ ލިމިޓް، ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުންނަ ވަގުތުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ހަމަޖައްސައި، އޮންލައިން ވިޔަފާރިތަކަށް މަހަކު ކުރެވޭނެ މުއާމަލާތުގެ އަދަދު 30 އަށް ވަނީ ކަނޑައަޅާފަ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޑޮލަރުގެ ކަޅު ބަޒާރު ނައްތާލައި، އަގު 15.45 ތިރިކުރާނެ ކަމުގެ ވައުދުފުޅާ އެކު އެވެ. ނަމަވެސް މިސަރުކާރުގައި ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރު އިތުރަށް ފުޅާވެ، މިހާރު ޑޮލަރުގެ އަގު ވަނީ 20 ރުފިޔާ އަށް ވުރެ މައްޗަށް އުފުލިފަ އެވެ. 

މިނިސްޓަރ މުޙައްމަދު ސަޢީދުޑޮލަރުކަޅު ބާޒާރުބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފި

07 މެއި 2026
ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު

ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު

07 މެއި 2026
ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

07 މެއި 2026
ބީއެމްއެލް އާއި އިމިގްރޭޝަންގެ ޑިޖިޓަލް އިންޓަގްރޭޝަނުން ކާޑާއި އެކައުންޓަށް އިތުރު ރައްކާތެރިކަން

ބީއެމްއެލް އާއި އިމިގްރޭޝަންގެ ޑިޖިޓަލް އިންޓަގްރޭޝަނުން ކާޑާއި އެކައުންޓަށް އިތުރު ރައްކާތެރިކަން

04 މެއި 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު