Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ ތެޔޮ ޓޭންކަރު ތަކަށާއި، ވިޔަފާރީ އުޅަނދު ފަހަރަށް ދޭ ކޮންމެ ހަމަލާއަކާ ގުޅިގެން، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު ތަކުގެ ތެރެއިން މަރުކަޒަކަށާއި، ދުޝްމަނުންގެ އުޅަނދު ފަހަރަށް ފުޅާ ދާއިރާއެއްގައި ހަމަލާ ދޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މެއި 2026 | އާދީއްތަ 05:56
އެމެރިކާ އާއި އީރާންގެ ދިދަ.

އެމެރިކާ އާއި އީރާންގެ ދިދަ. | ރޮއިޓާސް

އީރާންގެ ތެޔޮ ޓޭންކަރު ތަކަށް، ނުވަތަ މުދާ އުފުލާ އާންމު އުޅަނދު ފަހަރަށް އެއްވެސް ފަރާތަކުން ހަަމަލާއެއް ދީފި ނަމަ، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި އެވެ.

މި އިންޒާރު ދީފައި ވަނީ އީރާާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކަނޑުގެ ސިފައިންނެވެ. 

އީރާާންގެ ދައުލަތުގެ މީޑިއާ، އައިއާރުބީސީ ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އައިއާރުޖީސީގެ ނޭވީ ކޮމާންޑުން ވަނީ އީރާންގެ ކަނޑު ދަތުރު ފަތުރަށް ހުރަސް އަޅާ ކޮންމެ ފަރާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެފަ އެވެ. އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ ތެޔޮ ޓޭންކަރު ތަކަށާއި، ވިޔަފާރީ އުޅަނދު ފަހަރަށް ދޭ ކޮންމެ ހަމަލާއަކާ ގުޅިގެން، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު ތަކުގެ ތެރެއިން މަރުކަޒަކަށާއި، ދުޝްމަނުންގެ އުޅަނދު ފަހަރަށް ފުޅާ ދާއިރާއެއްގައި ހަމަލާ ދޭނެ ކަމަށެވެ. 

މި އިންޒާރު ދީފައި ވަނީ ހޮރްމޫޒް ކަނޑު އޮޅި ސަރަހައްދުގައި އީރާން އާއި އެމެރިކާގެ އަސްކަރީ ބާރު ތަކުގެ މެދުގައި ނުތަނަވަސްކަން އިންތިހާ އަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިފަހަކަށް އައިސް ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ކޮންމެ ވެސް ވަރަކަށް ބަދަލު ކުރެވުނު ހަމަލާ ތަކާ އެކު، މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. 

މި ހަމަލާ ތަކަކީ މަދު ހާދިސާ ތަކެއްގެ ގޮތުގައި ފާހަގަ ކުރެވުނު ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ ދެ ޤައުމުގެ މެދުގައި އޮތް ހަަމަލާ ބަދަލު ކުރުން މެދު ކަނޑާލުމުގެ އެއްބަސްވުން އަދިވެސް ދެމި އޮތް ކަމަށެވެ. ނަމަވެސް، އީރާން އިން މިހާރު ދީފައިވާ އިންޒާރާ އެކު، ސަރަހައްދުގެ ސަލާމަތީ މަސްރަހަށް އިތުރު ބިރުވެރި ކަމެއް ވަނީ ކުރިމަތިވެފަ އެވެ. 

އީރާންގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާ ތެޔޮ އެކްސްޕޯޓު ކުރުމަށް ބޭނުން ކުރާ އުޅަނދު ފަހަރަށް ހިމާޔަތް ދިނުމަކީ އެ ޤައުމުގެ އަސްކަރިއްޔާ އިން އެންމެ އިސްކަން ދޭ އެއް ކަންތަކެވެ. އެހެންކަމުން، އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް އަމާޒުކޮށް މި ދިން އިންޒާރަކީ، ސަރަހައްދީ ހަމަނުޖެހުން ފެށިދާނެ ކަމުގެ ބިރު އޮތް ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އާންމުންގެ ތެރެއިން ނުފެނުނު ނަމަވެސް، އީރާންގެ ރޫހީ ލީޑަރު ދަނީ ހަނގުރާމައިގެ މުހިންމު ކަންކަން އެކުލަވާލަމުން: އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓު

އާންމުންގެ ތެރެއިން ނުފެނުނު ނަމަވެސް، އީރާންގެ ރޫހީ ލީޑަރު ދަނީ ހަނގުރާމައިގެ މުހިންމު ކަންކަން އެކުލަވާލަމުން: އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓު

09 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯލް އޮތުމަކީ، އެޓޮމިކް ބޮމެއް އޮތުން ކަހަލަ ކަމެއް: އީރާން

ހޮރްމޫޒް ކަނޑު އޮޅީގެ ކޮންޓްރޯލް އޮތުމަކީ، އެޓޮމިކް ބޮމެއް އޮތުން ކަހަލަ ކަމެއް: އީރާން

09 މެއި 2026
އެމެރިކާ އަށް ޖަވާބު ދޭން ވަގުތު ނަގާނެ، އެމީހުންގެ ސުން ގަޑި އަކީ އަހަރަމެންނަށް މުހިންމު އެއްޗެއް ނޫން: އީރާން

އެމެރިކާ އަށް ޖަވާބު ދޭން ވަގުތު ނަގާނެ، އެމީހުންގެ ސުން ގަޑި އަކީ އަހަރަމެންނަށް މުހިންމު އެއްޗެއް ނޫން: އީރާން

09 މެއި 2026
އެމެރިކާގެ ނައިބު ރައީސް އަށް ޤަތަރުގެ ބޮޑު ވަޒީރު ގޮވާލެއްވީ، އީރާން އާއެކު މަޝްވަރާތައް ފެށުމަށް

އެމެރިކާގެ ނައިބު ރައީސް އަށް ޤަތަރުގެ ބޮޑު ވަޒީރު ގޮވާލެއްވީ، އީރާން އާއެކު މަޝްވަރާތައް ފެށުމަށް

09 މެއި 2026
އީރާން އަށް އަސްކަރީ ގޮތުން އެހީތެރިވާ ކަމަށް ބުނެ، 10 ފަރާތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

އީރާން އަށް އަސްކަރީ ގޮތުން އެހީތެރިވާ ކަމަށް ބުނެ، 10 ފަރާތަކާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

09 މެއި 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު